މިޝްކާގެ މަރު: އިހުމާލުވި ފަރާތްތަކަށް ފިޔަވަޅެއް އެޅިތޯ ބަލަން އެޗްއާރުސީއެމުން ކުރާ ތަހުގީގު ނިިމުމަކަށް

މިޝްއާއަށް އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އެޅިތޯ ބަލަން ކުރާ ތަހުގީގު ނިމުމަކާއި ހަމައަށް ---

މިޝްއާއަށް އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އެޅިތޯ ބަލަން ކުރާ ތަހުގީގު ނިމުމަކާއި ހަމައަށް ---

ކޮވިޑަށް ޕޮޒިޓިވްވެ، ފަރުވާ ދިނުމުގައި އިހުމާލުވުމުގެ ސަބަބުން މަރުވި އުމުރުން 10 އަހަރުގެ ފާތުމަތު މިޝްކާއަށް ބޭސްފަރުވާ ދިނުމުގައި އިހުމާލުވި ފަރާތްތަކަށް ފިޔަވަޅެއް އަޅާފައިވޭތޯ ބަލުމަށްޓަކައި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ކުރަމުންދާ ތަހުގީގު ނިމުމަކާއި ހަމައަށް ގޮސްފި އެވެ.

މި މައްސަލާގައި އެޗްއާރުސީއެމްއަށް ގާނޫނުން މަތިކޮށްފައިވާ ޒިންމާއަކީ، ހެލްތު މިނިސްޓްރީއާއި ފުލުހުން ކުރަމުންދާ ތަހުގީގަށް ފާރަވެރިވުމެވެ. އަދި ހައްގުތައް ކަށަވަރު ކުރުމުގައި އިހުމާލުވި ފަރާތަށް ފިޔަވަޅު އެޅިތޯ ނުވަތަ ނޫންތޯ އެޗްއާރުސީއެމުން ކަށަވަރު ކުރާނެ އެވެ.

އެޗްއާރުސީއެމުން "އަދަދު" އަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ އެ މައްސަލައަކީ އެ ކޮމިޝަނުން ވަރަށް ކައިރިން ބަލަމުންދާ މައްސަލައެއް ކަމަށެވެ. އަދި ގާނޫނީ ތަރަހައިގެ ތެރެއިން އެ ކޮމިޝަނަށް ލިބޭ ބާރުވެރިކަމުގެ ދަށުން މިހާރު އެ މައްސަލައިގެ ތަހުގީގު ނިމުމަކާއި ހަމައަށް ގޮސްފައިވާ ކަމަށެވެ.

Advertisement

"މިހާރު ހެލްތު މިނިސްޓްރީއަށް އަންގާފައި ވާނެ، މިޝްކާއަށް އިހުމާލުވި ފަރާތްތައް ކަމަށް އެ އިދާރާގެ ތަހުގީގީ ރިޕޯޓުން ފާހަގަކުރެވިފައިވާ ފަރާތްތަކަށް ފިޔަވަޅު އެޅިފައިވާ ގޮތުގެ ތަފްސީލު މި ކޮމިޝަނަށް ހިއްސާ ކުރަން. ދެ ހަފްތާ ތެރޭގައި ލިބޭނެ ކަމަށް މި ބަލަނީ. ފިޔަވަޅު އަޅާފައި ނެތް ނަމަ އިންސާނީ ހައްގެއް ގެއްލިގެން ދިޔަކަން މި ކޮމިޝަނުން ދައުލަތުގެ ސަމާލުކަމަށް ގެންނާނެ." އެޗްއާރުސީއެމް މެމްބަރު މުއުމިނާ ވަހީދު ވިދާޅުވިއެވެ.

މުއުމިނާ ވިދާޅުވި ގޮތުގައި އެޗްއާރުސީއެމްގެ މަސްއޫލިއްޔަތަކީ މި މައްސަލާގައި ދައުލަތުން ކުރާ ތަހުގީގުގެ މައްޗަށް ފާރަވެރިވެ، ފިޔަވަޅު އެޅުމުގައި އިހުމާލުވެފައިވާ ކަމަށް ކޮމިޝަނަށް ފެނިއްޖެނަމަ، އެމައްސަލައެއް ބެލުމެވެ.

މި މައްސަލައާއި ގުޅިގެން ލިބިފައިވާ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު، ދައުވާ ނުކުރެވި ލަސްވަނީ ޑިއުޓީ ޕްރޮސެކިއުޝަންގެ މަރުހަލާ ދިގުލައިގެން ދާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

މި މަރުހަލާއަކީ ފުލުހުން އެ މައްސަލަ ތަހުގީގުކޮށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވާ ހިސާބުން ދައުވާ ކުރުމާއި މެދު ގޮތެއް ނިންމުމާއި ހަމައަށް ވޭތުވާ މުއްދަތެވެ. މި މުއްދަތުގެ ތެރޭގައި މައްސަލައިގެ ތަހުގީގުގައި އުނިކަމެއް ހުރިނަމަ އެކަމެއް ފާހަގަކޮށް އިސްލާހުކުރަން އެންގުމާއި، ތަހުގީގު ފުރިހަމަ ކުރުމަށް ޕީޖީ އޮފީހުން އިރުޝާދު ދޭނެ އެވެ.

މިޝްކާގެ މަރުގެ މައްސަލަ ތަހުގީގުކޮށް ޕީޖީ އޮފީހުން ފޮނުވުމުން، އިރުޝާދުތަކާއެކު މިހާތަނަށް ދެ ފަހަރެއްގެ މަތިން އަނބުރާ ފުލުހަށް ފޮނުވާލާފައިވާ ކަމަށް މި ނޫހަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

މި މައްސަލައިގައި މިޝްކާގެ އާއިލާގެ ފަރާތުން ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަނީ ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ ކުރީގެ ރައީސް އަހްމަދު ޝިފާއު އެވެ. އޭނާ މި ނޫހާއި ވާހަކަދައްކަވަމުން ވިދާޅުވީ ތަހުގީގު ދިގުލައިގެން ދިއުމާއި، އިހުމާލުވި ފަރާތްތަކަށް ދައުވާ ނުކުރެވި، އެ ފަރާތްތަކަށް ފިޔަވަޅު ނޭޅި ގިނަ ދުވަސްވެގެން ދިއުމަކީ އާއިލާއިން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.

މައްސަލަ ގޮސްފައިވާ ހިސާބު

ފަރުވާ ލިބުމުގައި ލަސްތަކެއް ދިމާވެގެން ކޮވިޑްގެ ބަލީގައި ނިޔާވި މިޝްކާގެ މަރުގެ މައްސަލާގައި ކަން ހިނގާ ދިޔަ ގޮތުގެ ޓައިމްލައިނެއް ތައްޔާރު ކުރުމަށްފަހު އެ ހާދިސާއާއި ގުޅޭ ރިޕޯޓެއް ހެލްތު މިނިސްޓްރީއިން ވަނީ ފުލުހަށް ފޮނުވާފަ އެވެ.

ޖުލައި މަހުގެ ތެރޭގައި ފޮނުުވި އެ ރިޕޯޓުގައިވާ ކަންކަން ތަހުގީގު ކުރުމަށްފަހު ސިއްހީ އިދާރާއިން މިޝްކާއަށް އިހުމާލުވެފައިވާ މިންވަރު ދެނެގަތުމަށް ކުރަމުންދާ ތަހުގީގަށް ދެމަހަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އަދިވެސް އެ މައްސަލާގައި ތަހުގީގު އެއްކޮށް ފުރިހަމަ ކުރެވި ދައުވާކުރުމާމެދު ގޮތެއް ނިންމުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވިފައި ނުވާކަމަށް ފުލުސް އޮފީހުން ވިދާޅުވި އެވެ.

މި ނޫހާއި ވާހަކަދައްކަވަމުން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވިދާޅުވީ އަދިވެސް އެ މައްސަލައިގެ އޮތީ ތަހުގީގު މަރުހަލާގައި ކަމަށާއި، ދައުވާ ކޮށްދިނުމަށް އެދި ޕީޖީއަށް ފޮނުވޭނެ ތާރީހެއް ނޭނގޭ ކަމަށެވެ.

މިޝްކާ މަރުވީ ފަރުވާ ދިނުމުގައި ލަސްތަކެއް ވެގެން

މިޝްކާގެ އަށް ފަރުވާ ދިނުމުގައި ލަސްތަކެއްވެ، އިހުމާލުވެފައިވާ ކަމަށް ހެލްތު މިނިސްޓްރީގެ ތަހުގީގު ރިޕޯޓުން އެނގޭ އިރު، އެ ތަހުގީގު ހިންގަން ފެށީވެސް މިޝްކާ އަށް ފަރުވާ ދިނުމުގައި އިހުމާލުވެފައިވާ ކަމަށް އާއިލާ އިން ތުހުމަތުކޮށްފައި ވަނިކޮށެވެ.

އާއިލާ އިން ބުނި ގޮތުގައި ކުއްލިއަކަށް މިޝްކާގެ ހާލު ގޯސްވެ، ނޭފަތުން ލޭ އައިސް ނޭވާލާން އުނދަގޫވާތީ އެމްބިއުލާންސެއް ފޮނުވައިދިނުމަށް އެދި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އެމަޖެންސީ ނަންބަރުގައި އެދުމުން އެމްބިއުލެންސް ފޮނުވީ ދެ ގަޑިއިރު ފަހުންނެވެ. މިދިޔަ މެއި 31 ވަނަ ދުވަހުގެ ރޭ މިޝްކާ އައިޖީއެމްއެޗަށް ގެންގޮސް ވެންޓިލޭޓަރުގައި ފަރުވާދޭން ފެށިއެވެ. ނަމަވެސް ފަރުވާ ދިނުން ލަސްވުމުގެ ސަބަބުން މިޝްކާ ވަނީ ޖޫން މަހުގެ އެއް ވަނަ ދުވަހުގެރޭ ނިޔާވެފަ އެވެ.

މިޝްކާގެ މަރުގައި އިހުމާލެއްވޭތޯ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިންނާއި މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީއިންވެސް ދަނީ ބަލަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox