ކޮލޮމްބިއާގެ އެންމެ ބޮޑު ޑްރަގް ލޯޑު ހައްޔަރުކޮށްފި

ކޮލޮމްބިއާގެ ޑްރަގް ވިޔަފާރީގެ އެންމެ ކުރީގައި އުޅޭ އޮޓޯނިއެލް ހައްޔަރުކޮށްގެން ގެންދަނީ.

ކޮލޮމްބިއާގެ ޑްރަގް ވިޔަފާރީގެ އެންމެ ކުރީގައި އުޅޭ އޮޓޯނިއެލް ހައްޔަރުކޮށްގެން ގެންދަނީ.

ބޮގޯޓާ، ކޮލޮމްބިއާ (އޮކްޓޯބަރު 24) - ކޮލޮމްބިއާގެ މަސްތުވާތަކެތީގެ ވިޔަފާރިއާ ގުޅިގެން ހޯދަމުންދާ އެ ގައުމުގެ އެންމެ ބޮޑު ކުށްވެރިންގެ ގޭންގުގެ ލީޑަރު ހައްޔަރުކޮށްފި އެވެ.

ޑައިރޯ އެންޓޯނިއޯ އުސުގާ ނުވަތަ އޮޓޯނިއެލް ހައްޔަރު ކުރީ ހޮނިހިރު ދުވަހު ސިފައިންނާއި، ވައިގެ ފައުޖާއި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގަ އެވެ.

އޭނާ އުޅޭ ތަނަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭ މީހަކަށް 800،000 ޑޮލަރު ކޮލޮމްބިއާ ސަރުކާރުން ހުށަހަޅާފައި ވެ އެވެ. އެމެރިކާ އިން ވެސް ވަނީ އޭނާ ހައްޔަރު ކުރަން އެހީވާ ބަޔަކަށް ފަސް މިލިއަން ޑޮލަރު ދޭނެ ކަމަށް ބުނެފަ އެވެ.

Advertisement

ޓީވީ މެދުވެރިކޮށް ދެއްވި ހިތާބެއްގައި ރައީސް އިވާން ޑުކޭ ވިދާޅުވީ މިއީ ކޮލޮމްބިއާގައި މަސްތުވާތަކެތީގެ ވިޔަފާރި އަށް ދެވުނު ބޮޑު ގެއްލުމެއް ކަމަށާއި މި ގަރުނުގައި ވެސް މަސްތުވާތަކެއްޗާ ދެކޮޅަށް އެ ގައުމުން ހޯދި އެންމެ ބޮޑު ކާމިޔާބު ކަމަށެވެ.

"މިއީ 1990 ގެ އަހަރުތަކުގައި ޕަބްލޯ އެސްކޯބާ ވެއްޓިގެން ދިޔަ ފަދަ ހާލަތެއް،"

އޮޓޯނިއެލް ހައްޔަރު ކުރީ ކޮލޮމްބިއާ އާއި ޕެނެމާ ގުޅޭ ބޯޑަރު ސަރަހައްދުން އެންޓިއޯކިއާ ޕްރޮވިންސްގައި މީހުން މަދު ހިސާބެއްގައި ފިލައިގެން އުޅެނިކޮށެވެ. އެ އޮޕަރޭޝަނާ ގުޅޭ ތަފްސީލް އަދި ހާމަކޮށްފައި ނުވާއިރު، އެއް ފުލުހަކު މަރުވެފައި ވެ އެވެ.

އޮޓޯނިއެލްގެ އަތުގައި ބިޑި އަޅުވައި ހައްޔަރުކޮށްފައި ހުރި މަންޒަރު ފެންނަ ފޮޓޯ އާއްމު ކުރީ ސިފައިންނެވެ.

އުމުރުން 50 އަހަރުގެ ޑްރަގުގެ ބޮޑު ހައްޔަރު ކުރަން އެތައް ހާސް ސިފައިން ބައިވެރިކޮށްގެން ގިނަ އޮޕަރޭޝަންތަކެއް މީގެ ކުރިން ވެސް ހިންގާފައި ވެ އެވެ. ނަމަވެސް މިއީ އޮޕަރޭޝަނެއް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ.

ގަލްފް ކްލޭންގެ ގޮތުގައި މަޝްހޫރު ގޭންގުގެ ލީޑަރު ކަމަށް އޮޓޯނިއެލް އައީ މީގެ 10 އަހަރު ކުރިންނެވެ. އެ ގޭންގުގެ ލީޑަރުގެ ގޮތުގައި ކުރިން ހުރި އޭނާގެ ބޭބެ މަރުވީ ފުލުހުން ދިން ހަމަލާއެއްގަ އެވެ.

ކޮލޮމްބިއާގެ އެންމެ ބާރުގަދަ ކުށްވެރިންގެ ގޭންގުގެ ގޮތުގައި ގަލްފް ކްލޭން ލޭބަލްކޮށްފައި ވާއިރު، އެމެރިކާ އިން އެ ގޭންގު ސިފަކުރީ ގިނަ ހަތިޔާރުތަކާ އެކު އަނިޔާވެރި އަމަލު ހިންގާ ބަޔެއްގެ ގޮތުގަ އެވެ.

ކޮލޮމްބިއާގެ ގިނަ ޕްރޮވިންސްތަކުގައި އޮޕަރޭޓުކޮށް، ބައިނަލްއަގްވާމީ ގުޅުންތައް ހުރި އެ ގޭންގު ގުޅިފައި ވަނީ މަސްތުވާތަކެއްޗާއި އިންސާނުން ޓްރެފިކް ކުރުމާއި، ގަވާއިދާ ހިލާފަށް ރަން މައިނު ކުރުމާއި، މަކަރު ހަދައިގެން ފައިސާ ހޯދުމާ އެވެ.

ގޭންގުގެ މެމްބަރުންގެ ގޮތުގައި ހަތިޔާރާ އެކު 1،800 މީހުން އުޅޭއިރު، އޭގެ ތެރެއިން ގިނަ މީހުންނަކީ އަސްކަރީ ތަމްރީން ލިބިފައި ތިބި މީހުންނެވެ. އާޖެންޓީނާ، ބްރެޒިލް، ހޮންޑިއުރަސް، ޕެރޫ އަދި ސްޕެއިން އިން ވެސް އެ ގޭންގުގެ މެމްބަރުން ހައްޔަރުކޮށްފައި ވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމެރިކާގެ ހުރިހާ ފްލައިޓްތަކެއް ހުއްޓުމަކަށް

އެމެރިކާގެ އެއާ ޓްރެފިކް ކޮންޓްރޯލްގެ މުއާސަލާތީ ނިޒާމަށް ދިމާވި މައްސަލައަކާ ގުޅިގެން، އެ ގައުމުގެ ހުރިހާ ފްލައިޓްތަކެއް ހުއްޓުމަކަށް އައިސް ގިނަ އަދަދެއްގެ ދަތުރުތައް ވަނީ ކެންސަލްވެފައެވެ. މިއީ ސައިބާ ހަމަލާއެއް ނޫން ކަމަށާއި، މިއީ ނިޒާމަށް ދިމާވި ފަންނީ މައްސަލައެއް ކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ.

ޓްރަމްޕް، ޝީ އަދި ޕުޓިން އަންނަ ހަފުތާގައި ބައްދަލުކުރަނީ

އަންނަ ހަފުތާގައި ޗައިނާގައި ބާއްވާ އޭޕެކް ސަމިޓުގެ ހަވާސާގައި އެމެރިކާ، ޗައިނާ އަދި ރަޝިޔާގެ ރައީސުން ބައްދަލުކުރައްވައި ނިއުކްލިއާ ހަތިޔާރު މަދުކުރުމާ ގުޅޭގޮތުން ތާރީޚީ މަޝްވަރާތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި ނިއުކްލިއާ މައްސަލައިގެ އިތުރުން އީރާނުގެ މައްސަލައާ ގުޅޭގޮތުން ވެސް ވާހަކަދެއްކުމަށް ހަމަޖެހިފައިވާއިރު، މިއީ މި ތިން ގައުމުގެ އިސްވެރިން އެކުގައި ބާއްވާ މިފަދަ ފުރަތަމަ ބައްދަލުވުމެވެ.

މައިކްރޯސޮފްޓްގެ ހިދުމަތްތަކަށް ބުރޫ އަރައިފި

މައިކްރޯސޮފްޓްގެ އިންފްރާސްޓްރަކްޗާއަށް ބާރުބޮޑުވުމުގެ ސަބަބުން، އައުޓްލުކް އާއި ޓީމްސް ހިމެނޭހެން އެ ކުންފުނީގެ ގިނަ ހިދުމަތްތަކަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި ބުރޫތަކެއް އަރައިފިއެވެ. މި މައްސަލަ ހައްލުކޮށް ހިދުމަތްތައް އާންމު ހާލަތަށް ގެނައުމަށްޓަކައި އެ ކުންފުނިން ދަނީ އަވަސް ފިޔަވަޅުތަކެއް އަޅަމުންނެވެ. ބައެއް ސަރަހައްދުތަކަށް މިހާރު ހިދުމަތް ލިބުނު ނަމަވެސް، މައްސަލަ އެއްކޮށް ހައްލުކުރުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.

ގާޒާގެ ހޮސްޕިޓަލަކަށް ހަމަލާދީ ޑޮކްޓަރަކާއި ކުއްޖަކު މަރާލައިފި

ގާޒާގެ ނާސިރު ހޮސްޕިޓަލަށް އިޒްރޭލުން ދިން ވަރުގަދަ ހަމަލާއެއްގައި ޑޮކްޓަރަކާއި ކުޑަކުއްޖަކު ހިމެނޭހެން ހަ މީހަކު ޝަހީދުވެ، 40 މީހުންނަށް އަނިޔާވެއްޖެއެވެ. އެމެރިކާގައި އުފައްދާފައިވާ ބޮން ބޭނުންކޮށްގެން ދިން މި ހަމަލާގައި ހޮސްޕިޓަލުގެ ސާޖަރީ ޔުނިޓަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އިޒްރޭލުން ބުނަނީ މިއީ ހަމާސްގެ ކޮމާންޑަރަކަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށެވެ.

އެންވީޑިއާގެ ސީއީއޯ އިސްތިއުފާ ދެއްވައިފި

އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއާން ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވީ، އޭނާ ބޭއްވި ނަހަމަ ގުޅުންތަކެއްގެ ތެރޭގައި ޗައިނާގެ ޖާސޫސަކު ހިމެނޭ ކަމަށް ތުހުމަތު ކުރެވި ގައުމީ ސަލާމަތަށް ނުރައްކާވުމާ ގުޅިގެންނެވެ. މި ހާދިސާއާ އެކު ކުންފުނީގެ ބާޒާރުގެ އަގުން 550 ބިލިއަން ޑޮލަރު އުނިވެފައިވާއިރު، ވަގުތީ ގޮތުން ކުންފުނި ހިންގުމާ ހަވާލުވެވަޑައިގަތީ ސީއެފްއޯ ކޮލެޓް ކްރެސް އެވެ. އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން މިހާރު ދަނީ މި މައްސަލަ ތަހުގީގުކޮށް، ޖެންސަން ކޮންގްރެސްއަށް ހާޒިރުކުރުމަށް މަސައްކަތް ކުރަމުންނެވެ.

އޭއައި ފޮތްތަކެއް ގަތް މައްސަލަ އިންޑިއާގައި ތަހުގީގު ކުރަނީ

އިންޑިއާގެ ޓެމިލް ނާޑޫގައި އަލަށް ހުޅުވި ކުތުބުޚާނާއަކަށް އޭއައި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ، ސައްހަ ނޫން މައުލޫމާތު ހިމެނޭ ފޮތްތަކެއް ގަތް މައްސަލަ ތަހުގީގުކުރަން އެ ގައުމުގެ ކޯޓުން އަމުރުކޮށްފިއެވެ. "އޭއައި ސްކޭމް" އެއްގެ ގޮތުގައި ސިފަކުރެވޭ މި މައްސަލައިގައި، ފޮތްތައް ސަޕްލައިކުރި ފަރާތުގެ އެކައުންޓްތައް ހިފެހެއްޓުމަށާއި މި ތަހުގީގު އެހެން ކުތުބުޚާނާތަކަށް ފުޅާކުރުމަށް ވަނީ ނިންމާފައެވެ.

ދެކުނު އޭޝިއާގެ އާބާދީ ހަލުވިކަމާއެކު މުސްކުޅިވަނީ

ދެކުނު އޭޝިއާގެ އާބާދީ ހަލުވިކަމާއެކު މުސްކުޅިވަމުންދާތީ، ކުރިއަށް އޮތް ދިހަ އަހަރުގެ ތެރޭގައި މަސައްކަތްކުރާ އުމުރުގެ އާބާދީ ދަށްވާން ފަށާނެ ކަމުގެ އިންޒާރު ވޯލްޑް ބޭންކުން ވަނީ ދީފައެވެ. މި ބަދަލުގެ ސަބަބުން ސަރަހައްދުގެ އިގްތިސާދީ ކުރިއެރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، އުފެއްދުންތެރިކަން ދަށްވާނެ ކަމަށް އެ ބޭންކުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox