ހޯމަ ދުވަހު ލަންކާގެ ހުރިހާ ސްކޫލެއްގައި ޕްރައިމަރީ ކްލާސްތައް ފަށަނީ

ލަންކާގެ ސްކޫލެއްގެ ދަރިވަރުން: ލަންކާގެ އެކި ސްކޫލްތަކުގައި ގިނަ އަދަދެއްގެ ދިވެހި ދަރިވަރުންވެސް ދަނީ ކިޔަވަމުން. -- ފޮޓޯ: ކޮލަމްބޯ ޕޭޖް

ލަންކާގެ ސްކޫލެއްގެ ދަރިވަރުން: ލަންކާގެ އެކި ސްކޫލްތަކުގައި ގިނަ އަދަދެއްގެ ދިވެހި ދަރިވަރުންވެސް ދަނީ ކިޔަވަމުން. -- ފޮޓޯ: ކޮލަމްބޯ ޕޭޖް

ހޯމަ ދުވަހުން ފެށިގެން ސްރީ ލަންކާގެ ހުރިހާ ސްކޫލަތަކެއްގައި ޕްރައިމަރީ ގްރޭޑްތަކުގެ ދަރިވަރުންނަށް ކިޔަވައިދޭން ފަށާނެ ކަމަށް އެގައުމުގެ ސަރުކާރުން ބުނެފި އެވެ.

ކޮވިޑް-19ގެ ތިން ވަނަ ކްލަސްޓާއެއް ފެނުމާއެކު ލަންކާގެ ސްކޫލްތައް ބަންދުކޮށްފައި ވަނީ އޭޕްރިލް 27 ވަނަ ދުވަހު އެވެ. އޭގެ ފަހުން ސްކޫލްތައް ހުޅުވަން ފަށާފައި ވަނީ އޮކްޓޫބަރު މަހު އެވެ.

ލަންކާގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދޭން ފަށާފައިވާ އިރު، އެންމެ ފުރަތަމަ ޕްރައިމަރީ ގްރޭޑްތަކަށް ކިޔަވައިދިނުމުގެ ހުއްދަ ދިނީ އެ ގްރޭޑްތަކުގައި ކިޔަވަމުންދާ ދަރިވަރުންގެ އަދަދު 200 އަށް ވުރެ މަދު ސްކޫލްތަކުގަ އެވެ.

އޮކްޓޫބަރު 21 ވަނަ ދުވަހުން ފެށިގެން 200 އަށް ވުރެ މަދު ކުދިން ޕްރައިމަރީ ގްރޭޑްތަކުގައި ކިޔަވަމުންދިޔަ ސްކޫލްތަކުގައި ވަނީ ކިޔަވައިދޭން ފަށާފަ އެވެ.

ހޯމަ ދުވަހު ލަންކާގެ ހުރިހާ ސަރަހައްދެގައު ހުރި ސްކޫލްތަކުން ޕްރައިމަރީ ގްރޭޑްތަކުގެ ދަރިވަރުންނަށް ކިޔަވައިދޭން ފަށާނެ ކަމަށް އެގައުމުގެ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އޭގެ ތެރޭގައި ސަރުކާރުގެ ސްކޫލްތަކާއި ސަރުކާރުގެ ހުއްދަ ލިބިގެން އެގައުމުގައި ހިންގާ އަމިއްލަ ސްކޫލްތައް ވެސް ހިމެނެ އެވެ.

އެގައުމުގެ ޓީޗަރުންނާ ޕްރިންސިޕަލުންގެ ޔޫނިއަނުންވެސް ވަނީ ހޯމަ ދުވަހު ހުރިހާ އެންމެން ވަޒީފާއަށް ނުކުންނާނެ ކަމަށް ބުނެފަ އެވެ.

ލަންކާ އަކީ ގިނަ އަދަދެއްގެ ދިވެހި އާއިލާތައް ދިރިއުޅެމުންދާ ގައުމެކެވެ. ލަންކާގައި ދިރިއުޅޭ ގިނަ ދިވެހިންނަކީ ތައުލީމު ހާސިލުކުރުމަށް އެގައުމަށް ގޮސް ތިބި މީހުންނެވެ.

ލަންކާގެ ހުރިހާ ސްކޫލެއްގައި ޕްރައިމަރީން ފެށިގެން މައްޗަށް ކިޔަވައިދޭން ފަށަން ނިންމާފައި ވީނަމަވެސް އެގައުމުގައި އެއް ޕްރޮވިންސުން އަނެއް ޕްރޮވިންސަށް ދަތުރުނުކުރެވޭ ގޮތަށް ނިންމާފައިވާ ނިންމުން ވަނީ މިމަހުގެ ނިޔަލަށް އިތުރުކޮށްފަ އެވެ.

ލަންކާއިން މިހާތަނަށް ފަސް ލައްކަ އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވާއިރު، 13،000 އަށް ވުރެ ގިނަ މީހުން ވަނީ ބަލިޖެހިގެން މަރުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox