މަސްތުވާތަކެއްޗާ ހެދި އިކުއެޑޯގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފި

ކޮލޮމްބިއާ އާއި އިކުއެޑޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ބަރުކޮށްފައި އޮތް ފްލައިޓެއް ހުއްޓުވާފައި. -- ފޮޓޯ: އޭއެފްޕީ

ކޮލޮމްބިއާ އާއި އިކުއެޑޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ބަރުކޮށްފައި އޮތް ފްލައިޓެއް ހުއްޓުވާފައި. -- ފޮޓޯ: އޭއެފްޕީ

ކުއިތޯ، އިކުއެޑޯ (އޮކްޓޯބަރު 19) - މަސްތުވާތަކެއްޗާ ހެދި ކުރާ ކުށްތައް ވަރަށް ބޮޑަށް އިތުރުވެފައި ވާތީ އިކުއެޑޯގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ފުލުހުންނާއި ސިފައިން މަގުތަކަށް ނުކުންނަން އަންގައިފި އެވެ.

"މި ވަގުތުން ފެށިގެން ފުލުހުންނާއި ސިފައިން ހަތިޔާރާ އެކު މަގުތަކުގައި އުޅޭނެ. މުޅި އިކުއެޑޯގެ ސަރަހައްދުގައި އަޅުގަނޑުމެން މި އިއުލާނު ކުރަނީ ކުއްލި ނުރައްކަލުގެ ހާލަތު،" ރައީސް ގިލޭމޯ ލާސޯ ޓީވީ މެދުވެރިކޮށް ވިދާޅުވި އެވެ.

"އިކުއެޑޯގެ މަގުތަކުގައި ވަނީ އެންމެ ދުޝްމަނެއް. އެއީ މަސްތުވާތަކެތީގެ ވިޔަފާރި. މަސްތުވާތަކެތި ޓްރެފިކް ކުރާ ގައުމެއްގެ ގޮތުގައި އޮތް އިކުއެޑޯ އަކީ މިހާރު މަސްތުވާތަކެތި ބޭނުން ވެސް ކުރާނެ ގައުމެއް."

Advertisement

އިކުއެޑޯގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރިއިރު، އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކެން މި ވަގުތު އެ ގައުމުގައި ހުންނެވީ ރަސްމީ ދަތުރެއްގަ އެވެ. ކޮލޮމްބިއާ އާއި އިކުއެޑޯ އަށް ކުރައްވާ ދަތުރުގެ ބޭނުމަކީ ގުޅުން ރަނގަޅު ކުރުމެވެ.

މި ދަތުރުގައި ބްލިންކެން އާއި ލާސޯ މަޝްވަރާ ކުރައްވާނީ ސެކިއުރިޓީ އާއި ޑިފެންސް އަދި ވިޔަފާރިއާ ގުޅޭ ކަންކަމުގަ އެވެ.

މި އަހަރުގެ ތެރޭގައި އިކުއެޑޯގައި ކުށް ކުރާ މިންވަރު ވަރަށް ބޮޑަށް ވަނީ އިތުރުވެފަ އެވެ. އެގޮތުން ޖެނުއަރީ އިން އޮކްޓޯބަރާ ހަމައަށް 1،900 މަރުގެ މައްސަލަ ރިޕޯޓު ކުރި އެވެ. ނަމަވެސް 2020 ވަނަ އަހަރު އައީ އެފަދަ 1،400 މައްސަލަ އެވެ.

ފަސްދޮޅަސް ދުވަސް ވަންދެން ތަންފީޒު ކުރާ ކުއްލި ނުރައްކަލުގެ ހާލަތުގައި 3،600 ސިފައިންނާއި ފުލުހުން މަގުތަކުގައި އުޅޭނެ އެވެ. އަދި އެ ގައުމުގައި ހުންނަ 65 ޖަލުގެ ސެކިއުރިޓީ ވެސް އިތުރަށް ވަރުގަދަ ކުރާނެ އެވެ.

ޖަލުތަކުގެ މައްސަލަ ވަރަށް ގޯސްވެފައި ވަނިކޮށް، އިއްޔެ އިކުއެޑޯގެ ޑިފެންސް މިނިސްޓަރު ކަމަށް މުޅިން އާ ބޭފުޅަކު އައްޔަނުކުރި އެވެ.

ރިޓަޔާޑް ޖެނެރަލް ލުއިސް ހެނަންޑޭޒް އެ މަގާމަށް އައްޔަނު ކުރީ "އެކަށީގެންވާ ވަރަށް އާއްމު ރައްކާތެރިކަން ނެތް މައްސަލަ" ހައްލު ކުރަން ކަމަށް ސަރުކާރުން ބުންޏެވެ.

އޭގެ ކުރިން ޑިފެންސް މިނިސްޓަރު ކަމުގައި ހުންނެވީ ފެނަންޑީ ޑޮނޯސޯ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައެއް ނުވެ އެވެ.

މި އަހަރުގެ މިހާތަނަށް އިކުއެޑޯގެ ޖަލުތަކުގައި ހަމަނުޖެހުން ބޮޑުވެ 238 ގައިދީން މަރުވެފައި ވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމެރިކާގެ ހުރިހާ ފްލައިޓްތަކެއް ހުއްޓުމަކަށް

އެމެރިކާގެ އެއާ ޓްރެފިކް ކޮންޓްރޯލްގެ މުއާސަލާތީ ނިޒާމަށް ދިމާވި މައްސަލައަކާ ގުޅިގެން، އެ ގައުމުގެ ހުރިހާ ފްލައިޓްތަކެއް ހުއްޓުމަކަށް އައިސް ގިނަ އަދަދެއްގެ ދަތުރުތައް ވަނީ ކެންސަލްވެފައެވެ. މިއީ ސައިބާ ހަމަލާއެއް ނޫން ކަމަށާއި، މިއީ ނިޒާމަށް ދިމާވި ފަންނީ މައްސަލައެއް ކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ.

ޓްރަމްޕް، ޝީ އަދި ޕުޓިން އަންނަ ހަފުތާގައި ބައްދަލުކުރަނީ

އަންނަ ހަފުތާގައި ޗައިނާގައި ބާއްވާ އޭޕެކް ސަމިޓުގެ ހަވާސާގައި އެމެރިކާ، ޗައިނާ އަދި ރަޝިޔާގެ ރައީސުން ބައްދަލުކުރައްވައި ނިއުކްލިއާ ހަތިޔާރު މަދުކުރުމާ ގުޅޭގޮތުން ތާރީޚީ މަޝްވަރާތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި ނިއުކްލިއާ މައްސަލައިގެ އިތުރުން އީރާނުގެ މައްސަލައާ ގުޅޭގޮތުން ވެސް ވާހަކަދެއްކުމަށް ހަމަޖެހިފައިވާއިރު، މިއީ މި ތިން ގައުމުގެ އިސްވެރިން އެކުގައި ބާއްވާ މިފަދަ ފުރަތަމަ ބައްދަލުވުމެވެ.

މައިކްރޯސޮފްޓްގެ ހިދުމަތްތަކަށް ބުރޫ އަރައިފި

މައިކްރޯސޮފްޓްގެ އިންފްރާސްޓްރަކްޗާއަށް ބާރުބޮޑުވުމުގެ ސަބަބުން، އައުޓްލުކް އާއި ޓީމްސް ހިމެނޭހެން އެ ކުންފުނީގެ ގިނަ ހިދުމަތްތަކަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި ބުރޫތަކެއް އަރައިފިއެވެ. މި މައްސަލަ ހައްލުކޮށް ހިދުމަތްތައް އާންމު ހާލަތަށް ގެނައުމަށްޓަކައި އެ ކުންފުނިން ދަނީ އަވަސް ފިޔަވަޅުތަކެއް އަޅަމުންނެވެ. ބައެއް ސަރަހައްދުތަކަށް މިހާރު ހިދުމަތް ލިބުނު ނަމަވެސް، މައްސަލަ އެއްކޮށް ހައްލުކުރުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.

ގާޒާގެ ހޮސްޕިޓަލަކަށް ހަމަލާދީ ޑޮކްޓަރަކާއި ކުއްޖަކު މަރާލައިފި

ގާޒާގެ ނާސިރު ހޮސްޕިޓަލަށް އިޒްރޭލުން ދިން ވަރުގަދަ ހަމަލާއެއްގައި ޑޮކްޓަރަކާއި ކުޑަކުއްޖަކު ހިމެނޭހެން ހަ މީހަކު ޝަހީދުވެ، 40 މީހުންނަށް އަނިޔާވެއްޖެއެވެ. އެމެރިކާގައި އުފައްދާފައިވާ ބޮން ބޭނުންކޮށްގެން ދިން މި ހަމަލާގައި ހޮސްޕިޓަލުގެ ސާޖަރީ ޔުނިޓަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އިޒްރޭލުން ބުނަނީ މިއީ ހަމާސްގެ ކޮމާންޑަރަކަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށެވެ.

އެންވީޑިއާގެ ސީއީއޯ އިސްތިއުފާ ދެއްވައިފި

އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއާން ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވީ، އޭނާ ބޭއްވި ނަހަމަ ގުޅުންތަކެއްގެ ތެރޭގައި ޗައިނާގެ ޖާސޫސަކު ހިމެނޭ ކަމަށް ތުހުމަތު ކުރެވި ގައުމީ ސަލާމަތަށް ނުރައްކާވުމާ ގުޅިގެންނެވެ. މި ހާދިސާއާ އެކު ކުންފުނީގެ ބާޒާރުގެ އަގުން 550 ބިލިއަން ޑޮލަރު އުނިވެފައިވާއިރު، ވަގުތީ ގޮތުން ކުންފުނި ހިންގުމާ ހަވާލުވެވަޑައިގަތީ ސީއެފްއޯ ކޮލެޓް ކްރެސް އެވެ. އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން މިހާރު ދަނީ މި މައްސަލަ ތަހުގީގުކޮށް، ޖެންސަން ކޮންގްރެސްއަށް ހާޒިރުކުރުމަށް މަސައްކަތް ކުރަމުންނެވެ.

އޭއައި ފޮތްތަކެއް ގަތް މައްސަލަ އިންޑިއާގައި ތަހުގީގު ކުރަނީ

އިންޑިއާގެ ޓެމިލް ނާޑޫގައި އަލަށް ހުޅުވި ކުތުބުޚާނާއަކަށް އޭއައި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ، ސައްހަ ނޫން މައުލޫމާތު ހިމެނޭ ފޮތްތަކެއް ގަތް މައްސަލަ ތަހުގީގުކުރަން އެ ގައުމުގެ ކޯޓުން އަމުރުކޮށްފިއެވެ. "އޭއައި ސްކޭމް" އެއްގެ ގޮތުގައި ސިފަކުރެވޭ މި މައްސަލައިގައި، ފޮތްތައް ސަޕްލައިކުރި ފަރާތުގެ އެކައުންޓްތައް ހިފެހެއްޓުމަށާއި މި ތަހުގީގު އެހެން ކުތުބުޚާނާތަކަށް ފުޅާކުރުމަށް ވަނީ ނިންމާފައެވެ.

ދެކުނު އޭޝިއާގެ އާބާދީ ހަލުވިކަމާއެކު މުސްކުޅިވަނީ

ދެކުނު އޭޝިއާގެ އާބާދީ ހަލުވިކަމާއެކު މުސްކުޅިވަމުންދާތީ، ކުރިއަށް އޮތް ދިހަ އަހަރުގެ ތެރޭގައި މަސައްކަތްކުރާ އުމުރުގެ އާބާދީ ދަށްވާން ފަށާނެ ކަމުގެ އިންޒާރު ވޯލްޑް ބޭންކުން ވަނީ ދީފައެވެ. މި ބަދަލުގެ ސަބަބުން ސަރަހައްދުގެ އިގްތިސާދީ ކުރިއެރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، އުފެއްދުންތެރިކަން ދަށްވާނެ ކަމަށް އެ ބޭންކުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox