ކުނި ފުނި ސާފުކޮށް، ހިޔާ ފްލެޓު ސަރަހައްދު ނަލަކޮށްލައިފި

ހިޔާ ފްލެޓުތައް ކައިރިޔަށް އަޅާފައި ހުރި ކުނިތައް: މިތަނުގައި ގިނައީ ފިނިޝިން މަސައްކަތް ކުރަމުން ދިޔަ މީހުން އަޅާފައި ހުރި ކޮންސްޓްރަކްޝަން ކުނި. -- ފޮޓޯ: އަދަދު

ހިޔާ ފްލެޓުތައް ކައިރިޔަށް އަޅާފައި ހުރި ކުނިތައް: މިތަނުގައި ގިނައީ ފިނިޝިން މަސައްކަތް ކުރަމުން ދިޔަ މީހުން އަޅާފައި ހުރި ކޮންސްޓްރަކްޝަން ކުނި. -- ފޮޓޯ: އަދަދު

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓުތަކުގެ ކައިރިއަށް މީހުން ޖަމާކޮށްފައި ހުރި ކުނިތައް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އެއްކޮށް ސާފުކޮށްފި އެވެ.

މީގެ ހަފުތާއެއް ކުރިން އެޗްޑީސީން މި ސަރަހައްދު ސާފުކުރަން ފެށީ، ކުނީގެ މައްސަލަ ބޮޑުވެ އާންމުންގެ ޝަކުވާތައް ލިބެމުން ދިޔުމާ ގުޅިގެން އެ މައްސަލަ ހައްލުކުރުމުގެ ގޮތުންނެވެ.

މި ފްލެޓުތައް ކައިރީގައި ޖަމާކޮށްފައި ހުރި ކުންޏަކީ ފިނިޝިން މަސައްކަތުގައި އުޅުނު މީހުން އެތަނަށް އަޅާފައި ހުރި ކުންޏެވެ.

Advertisement

މި ކުނީގެ ތެރޭގައި ގިނައީ ކޮންސްޓްރަކްޝަނު މަސައްކަތުގެ ތެރެއިން އުފެދުނު ކުންޏެވެ. އެކަމަކު މަދުން ނަމަވެސް، ކުނިވާ ޒާތުގެ އެއްޗެހި ވެސް އުކާލާފައި ހުއްޓެވެ.

ހިޔާ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ނިންމާލިކަން ހާމަކޮށް އެޗްޑީސީން ކުރި ޓުވީޓެއްގައި ބުނީ ހަފުތާއެއްގެ މަސައްކަތުން ހިޔާ ސަރަހައްދުގައި ހުރި ކުނިތައް އެއްކޮށް ނަގާ ސާފުކޮށްފައިވާ ކަމަށެވެ. އަދި ކުނި އިތުރު ވިޔަ ނުދިނުމުގެ ގޮތުން މިއަދުން ފެށިގެން ދުވާލަކު އެއް ފަހަރު އެ ސަރަހައްދުން ކުނި ނަގާނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

މި ސަރަހައްދު ސާފުކުރަން ފެށުމުގެ ކުރިން ފްލެޓުތަކުން އުފެދޭ ކުނި އުކާލަން ސަރަހައްދުތަކެއް ހާއްސަކޮށް އެޗްޑީސިން ވަނީ ޑަސްބިން ބަހައްޓާފަ އެވެ. އަދި ބުނީ އެތަނުގައި މަސައްކަތް ކުރާ މީހުންނާއި ދިރިއުޅޭ މީހުން ވެސް ކުނި އަޅަން ބޭނުން ކުރާނީ މި ޑަސްބިންތައް ކަމަށެވެ.

ވެމްކޯއިން މި ސަރަހައްދުގައި ކުނި އުކާލުމުގެ ހިދުމަތް ދޭން ފަށަން ދެން، އެ މަސައްކަތް ކުރާނީ އެޗްޑީސީންނެވެ.

މިހާރު ވެމްކޯއިން އަންނަނީ ފްލެޓުތަކުގެ ތިރީގައި އެ ކުންފުނިން ހިދުމަތް ދޭން ބޭނުންވާ ވޭސްޓް ކަލެކްޝަން ސެންޓަރުތައް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެކަމަކު ސީދާ ހިދުމަތް ދޭން ފެށޭނެ ތާރީހެއް އެ ކުންފުނިން ނުބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox