ސުއަރޭޒްގެ ދެ ގޯލާ އެކު މޮޅުވެ އެތުލެޓިކޯ އެއް ވަނަ އަށް

Sep 21, 2021, 9:29 PM
ސުއަރޭޒްގެ ދެ ގޯލާ އެކު މޮޅުވެ އެތުލެޓިކޯ އެއް ވަނަ އަށް

މެޑްރިޑް (ސެޕްޓެމްބަރު 21) - ސްޕެނިޝް ލީގުގައި މިރޭ ލުއިސް ސުއަރޭޒްގެ ދެ ގޯލާ އެކު ފަހަތުން އަރައި 2-1 އިން ގެޓަފޭ ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑް ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

އެތުލެޓިކޯ އެއް ވަނަ އަށް އެރީ ހަ މެޗުން 14 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑަށް ފަސް މެޗުން ވަނީ 13 ޕޮއިންޓް ލިބިފަ އެވެ. މާދަމާރޭ ރެޔާލް މަޔޯކާ އަތުން މޮޅުވެގެން ރެއާލަށް އަލުން އެއް ވަނަ އަށް އެރޭނެ އެވެ.

ގެޓަފޭ ދަނޑުގައި މިރޭ ކުޅުނު މެޗުގެ 45 ވަނަ މިނިޓްގައި އެ ޓީމަށް ލީޑުނަގައިދިނީ ފަހަތަށް ކުޅޭ ސްޓެފަން މިޓްރޮވިޗް އެވެ. އޭނާ މި ގޯލު ޖެހީ ބޮލުންނެވެ. އޭގެ ފަހުން އެތުލެޓިކޯ އަށް އެއްވަރުކޮށްދޭން ސުއަރޭޒާއި އެންޓޮއިން ގްރީޒްމަން އަށް ލިބުނު ފުރުސަތުތަކުން ގޯލަށް ބޯޅަ ޖެހޭގޮތެއްނުވި އެވެ.

ގެޓަފޭ އަށް މި މެޗުގައި މައްސަލަ ދިމާވީ މެޗުގެ 74 ވަނަ މިނިޓްގަ އެވެ. އެ ޓީމުގެ އަލޭނާ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދެއްކުމުން ގެޓަފޭ ޕްރެޝަރަށް ވެއްޓުނެވެ. ގެޓަފޭގެ ކުޅުންތެރިއަކު މަދުވިތާ ހަަތަރު މިނިޓް ތެރޭ މާރިއޯ ހާމޯސޯ ނަގައިދިން ބޯޅައަކުން ސުއަރޭޒް ވަނީ ލަނޑު ޖަަހައި އެތުލެޓިކޯ އަށް އެއްވަރުކޮށްދީފަ އެވެ. ސުއަރޭޒް އެތުލެޓިކޯ މޮޅުކޮށްދިން ގޯލު ޖެހީ މެޗުގެ އިތުރު ވަގުތުގަ އެވެ. ސީމް ވިސާއިކޯ ދިން ބޯޅަ ސުއަރޭޒް ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

ސުއަރޭޒް ވަނީ ލީގުގައި މިހާތަނަށް އެތުލެޓިކޯގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ތިން މެޗުގައި ތިން ގޯލު ޖަހައިފަ އެވެ. އަލުން އެތުލެޓިކޯ އަށް ބަދަލުވި ގްރީޒްމަން އަށް އަދިވެސް އެ ޓީމަށް ގޯލެއް ޖަހައިދެވޭ ގޮތެއް ނުވެ އެވެ.

އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ ބުނީ ފުރަަތަމަ ހާފު ދިޔައީ ވަރަށް ދަށްކޮށް ކަމަށާއި ދެ ވަަނަ ހާފްގައި އެތުލެޓިކޯ އިން ރަނގަޅަށް ކުޅެ ނަތީޖާ ނެރެވޭވަރަށް މަސައްކަތް ކުރި ކަމަށެވެ. މެޗުގެ ނަތީޖާ އެނބުރުނީ ހަަމައެކަނި ރަތް ކާޑުގެ ސަބަބުން ކަމަށް ބުނުމަކީ އެންމެ ރަނގަޅު ގޮތަށް ނުވާނެ ކަމަށް ސިމިއޯނީ ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox