ތެޔޮ ލީކުވި ގޮތެއް ނޭނގޭ، ރަސްފަންނު ހުޅުވޭނެ ދުވަހެއް ވެސް ނޭނގޭ

ރަސްފަންނަށް ލީކުވި ތެޔޮ، ގޮނޑުދޮށަށް ޖަމާވެފައި: ތެޔޮތައް ލީކުވި ސަބަބެއް އަދި ނޭނގޭ. -- ފޮޓޯ: ހުސެއިން ސަޔާހު

ރަސްފަންނަށް ލީކުވި ތެޔޮ، ގޮނޑުދޮށަށް ޖަމާވެފައި: ތެޔޮތައް ލީކުވި ސަބަބެއް އަދި ނޭނގޭ. -- ފޮޓޯ: ހުސެއިން ސަޔާހު

މޫދަށް އެރުމަށާއި އަރާމު ކުރުމަށް މާލޭގައި ހަދާފައި ހުރި ރަސްފަންނަށް ތެޔޮ ލީކުވެގެން އުޅޭ ސަބަބު މިހާތަނަށް ދަނެގަނެވިފައިނުވާ ކަމަށާއި އަދި ވެސް ގޮނޑުދޮށާ ހަމައަށް ތެޔޮ އަންނަމުންދާތީ ތަން ހުޅުވޭނެ ދުވަހެއް ނޭނގޭ ކަމަށް އެންވަރަމަންޓް ޕްރޮޓެކްޝަން އެޖެންސީން ބުނެފި އެވެ.

ކުއްލިއަކަށް، ގިނަ އަދަދެއްގެ ތެޔޮ ލީކުވުމާ ގުޅިގެން ރަސްފަންނު ބަންދު ކުރީ މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރު ވަރަށް ކުއްލި ގޮތަކަށެވެ. އެވަގުތު މޫދަށް އެރި ތިބި މީހުން ބާލުވައި، ފުލުހުންނާއި ސިފައިން ވަނީ އެއްގަމާއި މޫދު ބަލައި ފާސްކޮށްފަ އެވެ.

މި ނޫހާ ވާހަކަ ދައްކަވަމުން އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް މިއަދު ވިދާޅުވީ މިހާރު ރަސްފަންނުގެ ގޮނޑުދޮށަށް ޖަމާވަމުންދަނީ ތޮށިގަނޑާއި ގާތަކުގެ ތެރޭގައި ތާށިވެފައި ހުރި ތެޔޮ ކަމަށެވެ.

"އަދި ހަމަ އެއްގޮތަކަށް ވެސް ނޭނގެ ތެޔޮ ލީކުވި ސަބަބެއް. އަޅުގަނޑުމެން ބަލަމުން މި ދަނީ،" އޭނާ ވިދާޅުވި އެވެ.

ނައީމް ވިދާޅުވީ މޫދުގައި ހުރި ތެޔޮތައް ނަގަނީ ސޯބެންޓް ނަމަކަށް ކިޔާ، މޫދުން ތެޔޮ ނެގުމަށް ހާއްސަ އާލާތެއް ބޭނުންކޮށްގެން ކަމަށެވެ. އަދި ގޮނޑުދޮށް ސާފު ކުރަނީ ތެލުގެ އަސަރުކޮށްފަ ހުރި ވެލި ނެގުމަށްފަހު ބަދަލުގައި ވެލި އަޅައިގެން ކަމަށް ވެސް ނައީމް ވިދާޅުވި އެވެ.

ރަސްފަންނުގެ ގުދުރަތީ ދިރުންތަކަށް ގެއްލުން ލިބޭ މިންވަރަށް ތެޔޮ ލީކުވެފައިނުވާ ކަމަށް ވެސް ނައީމް ވިދާޅުވި އެވެ. އެކަމަކު ވިދާޅުވީ "ހިތްހަމަޖެހުން ހޯދަން ރަސްފަންނަށް ނުދެވުމަކީ" އަގު ނުކުރެވޭނެ ފަދަ ބޮޑު ގެއްލުމެއް ކަމަށެވެ.

ރަސްފަންނަނީ މާލެ ވަށައިގެން ޖަހާފައި ތޮށިގަނޑު ތަޅާލުމަށްފަހު މޫދުން ބައެއް ހިއްކައިގެން ހަދާފައިވާ ތަނެކެވެ. ގާތްގަނޑަކަށް 150،000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ތޮއްޖެހިފައިވާ މާލޭގައި ދިރިއުޅޭ ވަރަށް ގިނަ ބަޔަކު ރަސްފަންނު ބޭނުން ކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox