ހިޔާ ފްލެޓް: ވިއްސާރައިގައި ފެން ވަންނަ ސަބަބު ދެނެގަންނަނީ

ހިޔާ ފްލެޓެއް: ބައެއް ކުޑަދޮރުތަކާއި ބެލްކަނީ ދޮރުތަކުން ފެން ވަން ކަމަށް އެޗްޑީސީއަށް ޝަކުވާ ލިބުނު. -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

ހިޔާ ފްލެޓެއް: ބައެއް ކުޑަދޮރުތަކާއި ބެލްކަނީ ދޮރުތަކުން ފެން ވަން ކަމަށް އެޗްޑީސީއަށް ޝަކުވާ ލިބުނު. -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

ބޯކޮށް ވާރޭ ވެހޭ ގަޑީގައި ހިޔާ ފްލެޓުގެ ބައެއް އެޕާޓްމަންޓުތަކުގެ ތެރެއަށް ފެން ވަންނަ ސަބަބު ދެނެގަތުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފި އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އެއް ވީޑިއޯގައި، އެއްކޮށް ލައްޕާފައި ހުރި ކުޑަދޮރަކުން އެޕާޓްމަންޓެއްގެ ތެރެއަށް ބޯކޮށް ފެން ވަންނަ މަންޒަރު ފެނެ އެވެ. އަދި އެހެން ވީޑިއޯއެއްގައި ލައްޕާފައި ހުރި ބެލްކަނީ ދޮރުތަކާ ދިމާލުން ފެން ވަންނަ މަންޒަރު ފެނެ އެވެ.

ފްލެޓުތަކަށް ފެން ވަންނަ ކަމުގެ ޝަކުވާތަކާ ގުޅިގެން މިއަދު އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލު އަހުމަދާއި، ކުންފުނީގެ އިސްވެރިން ވަނީ އެ އެޕާޓްމަންޓްތަކަށް ވަޑައިގެން އިންސްޕެކްޓްކުރައްވައިފަ އެވެ. އަދި ފެން ވަންނަން ދިމާވީ ކީއްވެގެންތޯ އާއި އެކަން ހުއްޓުވާނެ ގޮތެއް ދެނެގަތުމަށް ޓެކްނިކަލް ޓީމުތަކުން ވަނީ އެސެސްމަންޓުތައް ހަދަން ފަށައިފަ އެވެ.

މިކަމާއި ގުޅިގެން ސުހައިލް "އަދަދު" އަށް ވިދާޅުވީ ޓެކްނިކަލް އެސެސްމަންޓަށް ފަހު އެކަމާ ގުޅިގެން އެޗްޑީސީން އަޅާނެ ފިޔަވަޅުތައް ވެސް ހިއްސާކުރައްވާނެ ކަމަށެވެ.

މި މައްސަލަ ދިމާވީ ޑިޒައިން ފޯލްޓަކާ ގުޅިގެންތޯ ސުވާލުކުރުމުން ސުހައިލު ވިދާޅުވީ އެގޮތަށް ވެސް ނިންމޭނީ ޓެކްނިކަލް ބޭފުޅުންގެ މަސައްކަތް ނިމުމުން ކަމަށެވެ. އެކަމަކު މީގެ ކުރިން އެފަދަ ކަމެއް ފާހަގަކުރެވިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއަދު އާދަޔާ ހިލާފަށް ވައި ގަދަވީމާ އެކަން މި ފާހަގަކުރެވުނީ. ކުރިން ފާހަގަކުރެވިފައެއް ނެތް. އަޅުގަނޑުމެންގެ ޓެކްނިކަލް ޓީމުން ބަލަމުން އެބަ ގެންދޭ" ސުހައިލު ވިދާޅުވި އެވެ.

މިހާރު ހިޔާ ފްލެޓުތަކުގައި ބާރު ސްޕީޑުގައި ފިނިޝިން މަސައްކަތް ކުރަމުން އަންނަ އިރު، ބައެއް އާއިލާތަކުން ވަނީ ދިރިއުޅެން ވެސް ފަށާފަ އެވެ. އެކަމަކު ސެކުއިރިޓީ އާއި ބައެއް އިންތިޒާމުތަކާ ގުޅޭ ޝަކުވާތައް އެބަހުއްޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox