މެންބަރުގެ ރައްދު: "ކިތަންމެ ޒާތީ ވިޔަސް އަލިފުށީ އެއާޕޯޓް ގެންނާނަން"

އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) މަޖިލީހުގެ ޖަލްސާއެއްގައި. -ފައިލް ފޮޓޯ: މަޖިލިސް

އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) މަޖިލީހުގެ ޖަލްސާއެއްގައި. -ފައިލް ފޮޓޯ: މަޖިލިސް

ރ. އަލިފުށީގައި ދައުލަތުގެ ބަޖެޓުގައި ހިމެނިފައި ނުވާ އެއާޕޯޓް ޕްރޮޖެކްޓެއް އަޅާކަމަށް ބުނެ އަމާޒުކުރަމުންދާ ފާޑުކިޔުންތަކާއި ތުހުމަތުތަކަށް އެ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ވަރުގަދަ ރައްދެއް މިރޭ ދެއްވައިފި އެވެ.

އެ އަތޮޅުގެ އިފުރުގައި މިހާރު ވެސް އެއާޕޯޓެއް އޮއްވައި، އަލިފުށީގައި އެއާޕޯޓެއް އަޅަން ކުއްލި އަކަށް ނިންމި ނިންމުމަށް ބިގޭ ވެސް ނިސްބަތްވާ އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ ނުރުހުން ވެސް ވަނީ އަމާޒުވެފަ އެވެ.

އަދި ބިގޭއަށް ނުސީދާކޮށް އަމާޒުކޮށް، ސަރުކާރުން އެގޮތަށް ނިންމީ ވަކި މީހަކު ރުއްސަންކަމަށް ވެސް ދަނީ ތުހުމަތުކުރަމުންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރ. އަތޮޅަށާއި ށ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އަލިފުށީގައި ޖޮބް ސެންޓަރެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބިގޭ ވަނީ އެ ތުހުމަތުތަކަށް ވަރަށް ސާފުކޮށް ރައްދު ދެއްވައިފަ އެވެ.

އެގޮތުން، އޭނާ ވިދާޅުވި ގޮތުގައި އެ އަތޮޅުގެ އެހެން ރަށްތަކާ ވަކިން އޮންނަ އަލިފުއްޓަކީ ޒަމާނުއްސުރެ، ދަތުރުފަތުރު ކުރުމުގައި ގިނަ ދަތިތަކެއް ކުރިމަތިވެފައިވާ ރަށެއް ކަމަށެވެ.

އެކަމަކު އެއާޕޯޓު އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރެވި، 2023 ގައި އެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު މިރޭ ދަންނަވާލަން އޮތީ ކިތަންމެ ވަރަކަށް ޒާތީ ގޮތުން އިނގިލި ދިއްކުރި ނަމަވަސް އަޅުގަނޑު ފަހަތަށް ނުޖެހޭނަން. އަޅުގަނޑާ ރައްޔިތުން ހަވާލުކުރި ޒިންމާ އަމާނާތްތެރިކަމާއެކު އަދާކޮށް ތަރައްގީ ގެނެސްދޭނަން،" ބިގޭ ވިދާޅުވި އެވެ.

އެ އެއާޕޯޓަކީ ބަޖެޓުގައި ނުހިމެނޭ މަޝްރޫއުއެއް ކަމަށް ބުނެ ކުރެވޭ ތުހުމަތުތަކަށް ވެސް އޭނާ މިރޭ ޖަވާބު ދެއްވި އެވެ.

ބިގޭ ވިދާޅުވި ގޮތުގައި ބަޖެޓުގައި ހިމެނޭ ޕީއެސްއައިޕީގެ ދަށުން ވަކި ރަށްތަކެއް ބަޔާންނުކޮށް އެއާޕޯޓު ގާއިމުކުރުމުގެ މަޝްރޫއުތައް ބަޖެޓުގައި ހިމެނިފައި ވެ އެވެ.

އެހެންކަމުން، މިއީ ބަޖެޓުގައި ނެތް މަޝްރޫއުއެއް ކަމަށް ބުނެ، ސޯޝަލް މީޑިޔާގެ އިތުރުން ނޫސްތަކުގައި އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން އިސްވެ ދައްކަވަނީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންވެސް ތަރައްގީއަށް އެދޭނެ ކަމަށާއި، ކޮންމެ ރަށެއްގައި ގާއިމުކުރެވިގެންދާ ހިދުމަތަކީ މުޅި ރާއްޖެއަށް ލިބޭ ހިދުމަތެއް ކަމަށެވެ.

އަލިފުށީގައި އެއާޕޯޓު އަޅާތީ ހިތްހަމަނުޖެހެނީ ކީއްވެ؟

ރ. އަތޮޅަށް ދެ ވަނަ އެއާޕޯޓެއް ބޭނުންވާ ވާހަކަ ކުރީ ސަރުކާރާއި މި ސަރުކާރުން ވެސް ދައްކާފައިވެ އެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރ. ފައިނުގައި އެއާޕޯޓެއް ތަރައްގީކުރަން ނިންމި އެވެ. ނަމަވެސް، އެއްވެސް ހިސާބެއްގައި އަލިފުށީގެ ނަން އައިސްފައެއް ނެތެވެ.

މިހާރު ވެސް ރ. އިފުރުގައި އެއާޕޯޓެއް އޮތް ނަމަވެސް އެ އަތޮޅުގެ ބައެއް ރަށްރަށާ މި އެއާޕޯޓު މާދުރުކަމަށް އެ ރަށްރަށުގެ ރައްޔިތުން އައީ ބުނަމުންނެވެ. އަދި އިތުރު އެއާޕޯޓެއް އަޅާނެ ކަމަށް ސަރުކާރުން ވައުދުވީ ވެސް ރައްޔިތުންގެ އެ ކަންބޮޑުވުންތަކާ ގުޅިގެންނެވެ.

ކޮންމެ ރަށަކުން ފުރައިގެން 20 މިނެޓުން އެއާޕޯޓަކަށް ދެވޭ ސިޔާސަތުގެ މައްޗަށް ހިސާބު ޖަހާއިރު، އަލިފުށިން ފުރައިގެން، މިހާރު ވެސް އެ އަތޮޅުގައި އޮތް އިފުރު އެއާޕޯޓަށް 20 މިނެޓުގެ ދަތުރަކުން ދެވެ އެވެ. ނަމަވެސް އަތޮޅުގެ ދެކުނު ބިތުގައި ރަށްރަށުން ފުރައިގެން އިފުރަށް 20 މިނެޓުން އެއާޕޯޓަކަށް ނުދެވެ އެވެ. އެހެންވެ، އަތޮޅުގެ އެންމެ އުތުރުގައި، ވަކިން އޮތް އަލިފުށީގައި އެއާޕޯޓެއް ހެދިޔަސް، ސަރުކާރުގެ ސިޔާސަތުގެ މިންގަނޑަށް ނުފެތޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox