ގައްޒާފީގެ ދަރިކަލުން ޖަލުން މިނިވަންކޮށްފި

ސާދީ ގައްޒާފީ.-- ފޮޓޯ: އޭއެފްޕީ

ސާދީ ގައްޒާފީ.-- ފޮޓޯ: އޭއެފްޕީ

ޓްރިޕޮލީ، ލީބިޔާ (ސެޕްޓެމްބަރު 6) - ލީބިޔާގެ ކުރީގެ ލީޑަރު މުއައްމަރު ގައްޒާފީގެ ދަރިކަލުން ސާދީ ގައްޒާފީ ޖަލުން މިނިވަންކޮށްފި އެވެ.

ލީބިޔާގެ ޖަސްޓިސް މިނިސްޓްރީގެ އޮފިޝަލަކު އޭއެފްޕީ އަށް ބުނީ މީގެ އަހަރުތަކެއް ކުރިން ކޯޓުން ނިންމި ނިންމުމަކާ ގުޅިގެން ސާދީ މުއައްމަރް ގައްޒާފީ ޖަލުން މިނިވަންކޮށްފައިވާ ކަމަށެވެ.

ބައެއް ރިޕޯޓުތައް ބުނާ ގޮތުން އޭނާ ވަނީ ތުރުކީ އަށް ފުރާވަޑައިގެންފަ އެވެ. ނަމަވެސް ލީބިޔާގެ އެއްވެސް އިދާރާއަކުން އެކަން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.

މިހާރު އުމުރުން 47 އަހަރުގެ ސާދީ ވަނީ 2011 ވަނަ އަހަރު ލީބިޔާގައި އިންގިލާބު ހިންގަން ފެށުމުން ނައިޖާ އަށް ވަޑައިގެންފަ އެވެ. ނަމަވެސް ފަހުން 2014 ވަނަ އަހަރު ނައިޖާގެ ކަމާ ބެހޭ ފަރާތްތަކުން ލީބިޔާ ފުލުހުންނާ އޭނާ ހަވާލުކުރި އެވެ.

އިޓަލީގައި ކުރިން ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުނު ސާދީގެ މައްޗަށް ތުހުމަތު ކުރެވުނީ މުޒާހަރާ ކުރި ބަޔަކާ ދެކޮޅަށް ލާއިންސާނީ އަމަލު ހިންގި ކަމަށާއި 2005 ވަނަ އަހަރު ލީބިޔާގެ ފުޓްބޯޅަ ކޯޗު ބަޝީރު އަލް ރަޔާނީ މަރާލި ކަމަށެވެ.

ނަމަވެސް އޭޕްރިލް 2018 ގައި އިސްތިއުނާފު ކޯޓުން ނިންމީ ރަޔާނީގެ މަރުގައި ސާދީގެ ބައިވެރިވުމެއް ނެތް ކަމަށެވެ. ސާދީއަކީ ގައްޒާފީގެ ތިން ވަނަ ފިރިހެން ދަރިކަލުންނެވެ.

ގައްޒާފީ އަވަހާރަކޮށްލި އިންގިލާބަށް ފަހު ލީބިޔާގައި އަދިވެސް ހަމަޖެހުމެއް ނެތެވެ. ވެރިކަމުގެ ބާރުތައް ހޯދަން ހަތިޔާރު އެޅި ގްރޫޕުތަކުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.

މިދިޔަ އަހަރު ހަމަލާ ބަދަލު ކުރުން ހުއްޓާލަން އެއްބަސްވުމާ އެކު މި އަހަރުގެ މާޗް މަހު އިންތިގާލީ ސަރުކާރެއް ވަނީ ގާއިމްކޮށްފަ އެވެ. އަންނަ ޑިސެމްބަރު މަހު އާއްމު އިންތިހާބު އޮންނާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސެލް ބްރޭންޑް 10 އަހަރަށް ޖަލަށް

އިނގިރޭސި އެކްޓަރު ރަސެލް ބްރޭންޑްގެ މައްޗަށް ރޭޕް ކުރުމާއި ޖިންސީ ގޯނާގެ ކުށް ސާބިތުވެ، 10 އަހަރާއި 6 މަސް ދުވަހަށް ޖަލަށްލުމަށް ލަންޑަނުގެ ކޯޓަކުން ހުކުމްކޮށްފިއެވެ. ފަނޑިޔާރު އޭނާ ސިފަކުރެއްވީ އަންހެނުންގެ ހައްގުތަކަށް އިހުތިރާމްނުކުރާ "ޖިންސީ ޝިކާރަވެރިއެއް"ގެ ގޮތުގައެވެ. މި ހުކުމުގެ ތިންބައިކުޅަ ދެބައި ފުރިހަމަކުރުމުން އޭނާއަށް މިނިވަންވުމުގެ ފުރުސަތު އޮތް ނަމަވެސް، އެއީ ހަރުކަށި އުސޫލުތަކެއްގެ ދަށުންނެވެ.

އެންވީޑިއާގެ ސީއީއޯއާގެ މައްސަލަ އެފްބީއައި އިން ތަހުގީގުކުރަނީ

އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއަންގް އާއި ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތުކުރެވޭ އަންހެނަކާ އޮތް ގުޅުން އެފްބީއައި އިން ތަހުގީގު ކުރަން ފެށުމާ ގުޅިގެން، އެ ކުންފުނީގެ ބާޒާރުގެ އަގުން 250 ބިލިއަން ޑޮލަރު ވެއްޓިއްޖެއެވެ. މި މައްސަލައިގައި ރައީސް ޓްރަމްޕް ހުއަންގްއާ ވާހަކަދައްކަވާފައިވާއިރު، އެންވީޑިއާ އިން ބުނަނީ މިކަމުގެ ސަބަބުން ކުންފުނީގެ ސިއްރުތަކަށް ނުރައްކަލެއް ނެތް ކަމަށާއި ނަމަވެސް މިނިވަން ތަހުގީގެއް ކުރިއަށްދާ ކަމަށެވެ.

މިސްރުގައި ދެ ރޭލު ޖެހި މަރުވި މީހުންގެ އަދަދު ހަތަކަށް

މިޞްރުގެ ޖީޒާ ކައިރީގައި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހަތް މީހުން މަރުވެ، 100 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. މި ހާދިސާއާ ގުޅިގެން ރައީސް އަލް-ސީސީ ވަނީ މައްސަލަ ތަހުގީގުކޮށް އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް އަމުރުކުރައްވާފައެވެ. އެ ސަރަހައްދުގެ ހޮސްޕިޓަލްތައް މިހާރު ވަނީ ހައި އެލާޓަށް ގެނެސްފައެވެ.

ރިޔާދުގެ މެދުތެރޭގައި ހުންނަ އަރަމްކޯ ޓަވަރަށް ހަމަލާދީފި

ސައުދީ އަރަބިއްޔާގެ ރިޔާދުގެ މަރުކަޒީ ސަރަހައްދުގައި ހުންނަ އަރަމްކޯ ޓަވަރަށް ހޫތީން ދިން ވައިގެ ހަމަލާއެއްގައި އެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. ސައުދީ ސަރުކާރުން މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާނުވާކަމަށް ބުނި ނަމަވެސް، ހޫތީން ވަނީ ރިޔާދުގެ އެއާޕޯޓަށާއި ތެޔޮ ރައްކާކުރާ މަރުކަޒުތަކަށްވެސް ހަމަލާދީފައިވާކަމަށް ބުނެފައެވެ. މި ހަމަލާތަކަކީ ޔަމަނަށް ސައުދީން ދިން ހަމަލާއެއްގެ ބަދަލުހިފުމެއްގެ ގޮތުން ދިން ހަމަލާތަކެކެވެ.

އިމިގްރޭޝަން ސިޔާސަތު "މާ ހަރުކަށި" ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އެމެރިކާގެ މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ކުރިމަތިވި ނާކާމިޔާބީއަށްފަހު، ސަރުކާރުގެ އިމިގްރޭޝަން ސިޔާސަތުތަކަކީ "މާ ހަރުކަށި" ސިޔާސަތުތަކެއް ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ފުރަތަމަ ފަހަރަށް އެއްބަސްވެވަޑައިގެންފިއެވެ. ބޯޑަރު ބެލެހެއްޓުމުގައި ކާމިޔާބީތަކެއް ލިބުނު ނަމަވެސް، ގިނަ އަދަދެއްގެ ބަޔަކު ގައުމުން ބޭރުކުރުމުގެ ސަބަބުން ސިޔާސީ ގޮތުން ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެންވީޑިއާ ސީއީއޯއާއި ޗައިނާ ޖާސޫސަކާ އޮތް ގުޅުން ތަހުގީގު ކުރަނީ

ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތުކުރެވޭ އަންހެނަކާ ގާތް ގުޅުމެއް ބޭއްވި މައްސަލައިގައި، އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއަންގްގެ މައްސަލަ އެ ކުންފުނިން މިނިވަންކަމާއެކު ތަހުގީގު ކުރަން ފަށައިފިއެވެ. މި މައްސަލައިގައި ޖެންސަން އާއިލާގެ ކިބައިން މައާފަށް އެދިފައިވާއިރު، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައުލޫމާތެއް ބޭރުވެފައިވާކަމުގެ ހެއްކެއް އަދި ފެންނަން ނެތް ކަމަށް އެ ކުންފުނީގެ ބޯޑުން ބުނެއެވެ.

ޓައިޓޭނިކްގެ އިންޝުއަރެންސް ޕޮލިސީ ފުރަތަމަ ފަހަރަށް ނީލަމަށް

ޓައިޓޭނިކް ބޯޓު އަޑިއަށް ދިއުމުގެ 19 ދުވަސް ކުރިން އެ ބޯޓުގެ ހަލް އިންޝުއަރެންސް ކުރި ލިޔުމުގެ ކޮޕީއެއް ފުރަތަމަ ފަހަރަށް ނީލަމެއްގައި ވިއްކާލަން ވަނީ ނިންމާފައެވެ. އަންނަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ބާއްވާ މި ނީލަމުގައި، މި ތާރީޚީ ލިޔުން 30،000 އާއި 50،000 އިނގިރޭސި ޕައުންޑާ ދެމެދުގެ އަގަކަށް ވިކޭނެ ކަމަށް ބެލެވެއެވެ.

Newsletter

Get the latest news delivered straight to your inbox