މަންދީގެ ބޯ ފަޅާލި މީހާ އަމުރެއްގެ ދަށުން ހައްޔަރުކޮށްފި

މަންދީއަށް ހަމަލާދިން މީހާ--

މަންދީއަށް ހަމަލާދިން މީހާ--

ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މީކާއިލް ނަސީމްގެ މަންމަ މަރިޔަމް ޒުބައިރު (މަންދީ) އަށް އެމްޑީޕީ އޮފީހުގެ ތެރޭގައި ހަމަލާދީ ބޯ ފަޅާލި މައްސަލާގައި މީހަކު ހައްޔަރުކޮށްފި އެވެ.

ހައްޔަރު ކޮށްފައި ވަނީ އެމްޑީޕީ އޮފީހުގައި މަސައްކަތް ކުރާ އަހުމަދު ޖަޒީލް، 39، އެވެ. ޗޭނުގަނޑަކުން ޖަހައި މަންދީގެ ބޯ ފަޅާލުމުގެ އިތުރުން އޮފީހުގެ ބައެއް އެހެން މީހުންނަށް ހަމަލާދިން ކަމަށް އެއްބަސްވެ އޭނާ ވަނީ ބައެއް މީޑިޔާތަކަށް އިންޓަވިއު ދީފަ އެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޖަޒީލްއަކީ ނަފްސާނީ ބައެއް މައްސަލަތައް ހުންނަ މީހެކެވެ. އެ ވާހަކަ އެމްޑީޕީ އޮފީހުގައި މަސައްކަތް ކުރާ ބައެއް މީހުން ބުނެފައިވެ އެވެ. އަދި އޭނާއަށް ހައްޔަރު ކުރުމުގެ ބަދަލުގައި ދޭންޖެހޭނީ އެހީތެރިކަން ކަމަށް ޒަހަމްވި މަންދީ ވެސް ބުނެފައިވެ އެވެ.

Advertisement

"އަޅުގަނޑު ނޭދެން ޖަޒީލް ގެންގޮސް ގޮޅިއަކަށްލާ އެތައްދުވަހެއްވަންދެން ބޭއްވުމަށްފަހު ޖަލު ގޮަޅިއަކަށް ހުކުމް ކުރާކަށް. އޭނައަށް ފަރުވާބޭނުންވޭ. މިކަހަލަ ކުއްޖެއްނެތް އާއިލާއެއް މަދުވާނެ. މިކުދިންގެ މައިންބަފައިންނާ އާއިލާތަކުން ސަފަރ ކުރާވަރު އަޅުގަނޑަށްފެނޭ," ޓުވިޓާގައި މަންދީ ލިޔެފައިވެ އެވެ.

އެ މައްސަލައިގައި ވާހަކަ ދައްކަވަމުން މީކާއީލް ބުނެފައި ވަނީ އެއީ ވަކި މީހަކަށް ބަލައިގެން ދިން ހަމަލާއެއް ނޫން ކަމަށާއި އެއީ އެކަންކޮށްފައި ޖަޒީލް މަސްތުހެ ހާލުގައި ހުރެގެން ކަމަށެވެ.

"މި ހަމަލާއަކީ އޭނާ (މަންމަ) އަށް އަމާޒުކޮށްދިން ހަމަލާއެއް ނޫން އަދި މި ހަމަލާއާ ސިޔާސީ ކަމަކާ އެއްވެސް ގުޅުމެއް ނެތް،" އޭނާ ބުނެފައިވެ އެވެ.

މަންދީ އަކީ ކުރީއްސުރެ އެ ޕާޓީގެ ހަރަކާތްތަކުގެ ކުރީ ސަފުން ފެންނަ މީހެކެވެ. ހާއްސަކޮށް އެމްޑީޕީގެ ވެރިކަން 2012 ވަނަ އަހަރު ވައްޓާލުމުން އެ ޕާޓީގެ އަންހެނުންގެ ރޫހުން ކުރިއަށް ގެންދިޔަ މުޒާހަރާތަކުގައި މަންދީ ފެނުނީ ވަރަށް ހަރަކާތްތެރިކޮށެވެ. ނަޝީދު ޖަލަށް ލުމުން އެމަނިކުފާނު ދޫކޮށްލަން ގޮވާލައި ކުރި މަޝްހޫރު އެއާޕޯޓް މުޒާހަރާގައި ބައިވެރިވެ މަންދީގެ މައްޗަށް ސަސްޕެންޑެޑް ޖަލު ހުކުމެއް އިއްވާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox