މަންދީ އަށް ދިން ހަމަލާއާ ސިޔާސީ ކަމަކާ ގުޅުމެއް ނެތް: މީކާއީލް

Sep 2, 2021, 12:41 PM
މަންދީ (ކ) އާއި އޭނާގެ ދަރިފުޅު މީކާއީލް.

މަންދީ (ކ) އާއި އޭނާގެ ދަރިފުޅު މީކާއީލް.

އެމްޑީޕީގެ ވަރުގަދަ ހަރަކާތްތެރިޔާ އަދި އެ ޕާޓީގެ އިދާރީ ހިންގުންތެރިޔާ މަރިޔަމް ޒުބައިރު (މަންދީ) އަށް މިއަދު ޕާޓީ އޮފީސް ތެރެއިން މީހަކު ދިން ހަމަލާއަކީ ސިޔާސީ ކަމެއް ނޫން ކަމަށާއި އަދި އެއީ އޭނާ އަށް އަމާޒުކޮށް ދިން ހަމަލާއެއް ނޫން ކަމަށް އޭނާގެ ދަރިފުޅު ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު މީކާއީލް ނަސީމް ވިދާޅުވެއްޖެ އެވެ.

އެ ހަމަލާގައި، ޗޭނުގަނޑަކުން ޖަހައި މަންދީގެ ބޯ ފަޅާލީ ޕާޓީ އޮފީހުގެ މުވައްޒަފެކެވެ. އަދި ހަމަލާ ދިނީ އިދާރީ ނިންމުމަކާ ހިތްހަމަނުޖެހިގެން ކަމަށް އެނގިފައިވެ އެވެ. ތަފްސީލް ހޯދުމަށް އެމްޑީޕީ އަށް ގުޅުމުން ބުނީ ނޫސް ބަޔާނެއް ނެރޭނެ ކަމަށެވެ. އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.

އެމްޑީޕީ އޮފީސް ކައިރީގައި ހުންނަ އޭޑީކޭ ހޮސްޕިޓަލަށް މަންދީ ދިޔައީ ޕާޓީގެ ދެ މުވައްޒަފުންގެ އެހީގައި ހިނގާލަފަ އެވެ. އޭނާގެ ހާލު މިހާރު ރަނގަޅެވެ.

Advertisement

މި ހަމަލާއާ، އެމްޑީޕީގައި މިހާރު އުފެދިފައިވާ ދެ ފެކްޝަނުގެ ހިޔާލު ތަފާތުވުންތަކާ ގުޅުވައި ޓްވިޓާގައި އަންނަނީ އަޑުފަތުރަމުންނެވެ. އެ ވާހަކަތައް ދޮގުކުރައްވައި މީކާއީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ ވަކި މީހަކަށް އަމާޒުނުވާ ގޮތަށް، މަސްތުގެ ހާލަތުގައި ހުރި މީހަކު ހިންގި އަމަލެއް ކަމަށެވެ.

"މި ހަމަލާއަކީ އޭނާ (މަންމަ) އަށް އަމާޒުކޮށްދިން ހަމަލާއެއް ނޫން އަދި މި ހަމަލާއާ ސިޔާސީ ކަމަކާ އެއްވެސް ގުޅުމެއް ނެތް،" މީކާއީލް ވިދާޅުވި އެވެ.

މަންދީ (މ) މިއަދު ހޮސްޕިޓަލަށް ގެންދަނީ. --ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު
މަންދީ (މ) މިއަދު ހޮސްޕިޓަލަށް ގެންދަނީ. --ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

މަންދީ (މ) މިއަދު ހޮސްޕިޓަލަށް ގެންދަނީ. --ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ޕާޓީގެ އޮފީހުގައި މާރާމާރީ ހިންގުން ބަލައިނުގަނެވޭނެ ކަމަށެވެ.

"އެކަންކުރި މީހުން ހައްޔަރުކޮށް އަނިޔާ އާއި ގެއްލުންވި ފަރާތްތަކަށް އިންސާފު ލިބެން ޖެހޭނެ،" ނަޝީދު ޓްވީޓްކުރެއްވި އެވެ.

މަންދީ އަކީ ފެށުނީއްސުރެ އެ ޕާޓީގެ ހަރަކާތްތަކުގެ ކުރީ ސަފުން ފެންނަ މީހެކެވެ. ހާއްސަކޮށް އެމްޑީޕީގެ ވެރިކަން 2012 ވަނަ އަހަރު ވައްޓާލުމުން އެ ޕާޓީގެ އަންހެނުންގެ ރޫހުން ކުރިއަށް ގެންދިޔަ މުޒާހަރާތަކުގައި މަންދީ ފެނުނީ ވަރަށް ހަރަކާތްތެރިކޮށެވެ. ނަޝީދު ޖަލަށް ލުމުން އެމަނިކުފާނު ދޫކޮށްލަން ގޮވާލައި ކުރި މަޝްހޫރު އެއާޕޯޓް މުޒާހަރާގައި ބައިވެރިވެ މަންދީގެ މައްޗަށް ސަސްޕެންޑެޑް ޖަލު ހުކުމެއް އިއްވާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox