އެމްޑީޕީ އޮފީސް ތެރޭގައި މާރާމާރީއެއް ހިންގައި އެ ޕާޓީގެ މުވައްޒަފަކު ޒަހަމް ކޮށްލައިފި އެވެ.
މިއަދު މެންދުރުގެ ވަގުތެއްގައި ހިންގި އެ މާރާމާރީގައި ޒަހަމު ވެފައިވަނީ އެމްޑީޕީގެ އިދާރީ މުވައްޒަފެއް ކަމަށްވާ މަންދީ ޒުބައިރު އެވެ. އޭނާގެ ބޯ ވަނީ ފަޅައިގެން ގޮސްފަ އެވެ.
އެކަމަކު އެ ހާދިސާ ހިނގަން މެދުވެރި ސަބަބެއް އަދި ސާފެއް ނުވެ އެވެ.
އެހެން ދެ މުވައްޒަފެއްގެ އެހީގައި މަންދީ އޭޑީކޭ ހޮސްޕިޓަލަށް ގޮސް ވަނީ ފަރުވާ ހޯދައިފަ އެވެ.
މަންދީ އަކީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމްގެ މަންމަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.













