ނ. އަތޮޅުން ރިސޯޓް ހަދަން ރަށްތައް ވިއްކި ގޮތުގެ ތަފްސީލު ހޯދަން އިންތިގާލީ އިންސާފަށް

ނ. އަތޮޅުގެ ރައީސް ބަޝީރު، އެ އަތޮޅު ރަށެއްގެ ގޮނޑުދަށުގައި: އަތޮޅުގެ ތަރައްގީގެ ޕްލޭނުގައި އިންތިގާލީ އިންސާފަށް މައްސަލަތަކެއް ހުށަހަޅަން ވަނީ ހިމަނާފައި

ނ. އަތޮޅުގެ ރައީސް ބަޝީރު، އެ އަތޮޅު ރަށެއްގެ ގޮނޑުދަށުގައި: އަތޮޅުގެ ތަރައްގީގެ ޕްލޭނުގައި އިންތިގާލީ އިންސާފަށް މައްސަލަތަކެއް ހުށަހަޅަން ވަނީ ހިމަނާފައި

ނ. އަތޮޅުން ރިސޯޓް ހަދަން ބޮޑެތި ކުންފުނިތަކަށް ރަށްތައް ވިއްކާލާފައިވާ ގޮތާއި އަގުގެ ތަފްސީލު ހޯދުމަށް އެ އަތޮޅު ކައުންސިލުން އިންތިގާލީ އިންސާފުގެ އޮފީހަށް މައްސަލަ ހުށަހެޅުމަށް ނިންމައިފި އެވެ.

އަލަށް އުފައްދާފައިވާ އިންތިގާލީ އިންސާފުގެ އޮފީހުން ބަލަނީ 1 ޖެނުއަރީ 1953 ން ފެށިގެން 17 ނޮވެމްބަރު 2018 އާ ހަމައަށް ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގާފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފު އަމަލުތަކާ ގުޅޭ މައްސަލަތަކެވެ.

އިންތިގާލީ އިންސާފުގެ ގާނޫނުގައި ބުނެފައިވާ ގޮތުން ނިޒާމީ ގޮތުން ރާވައިގެން އިންސާނީ ހައްގުތައް ގެއްލުވާލާފައިވާ މައްސަލަތައް "ދެނެގަނެ، އެކަމުގައި ޒިންމާވާ ދައުލަތުގެ މުއައްސަސާތަކާއި އެކަންކުރި ފަރާތްތަކުގެ މައްސަލަތައް ބަލައި، ހަގީގަތާ ހަމައަށް ވާސިލުވުމަކީ" އެ އޮފީހުގެ ޒިންމާއެކެވެ.

Advertisement

އޮފީހަށް މައްސަލަ ހެށުހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، އެންމެ ފަހުން ބޭއްވި ނ. އަތޮޅު ކައުންސިލްގެ ބައްދަލުވުމުގައި އިންތިގާލީ އިންސާފުގެ އޮފީހަށް މައްސަލަ ހުށަހަޅަން ނިންމައި، އެކަން ވަނީ ފާސްކޮށްފަ އެވެ.

އެކަމާ ގުޅޭ ގޮތުން ތަފްސީލް ދެއްވަމުން ނ. އަތޮޅުގެ ރައީސް މުހައްމަދު ބަޝީރު (ބައްޓޭ) ވިދާޅުވި ގޮތުގައި، ނ. އަތޮޅުން ދިގު މުއްދަތަކަށް ވިއްކާލާފައިވާ ރަށްތަކުގެ މުއާމަލާތްތައް ހިނގާފައިވާ ގޮތް ރައްޔިތުންނަށް ސާފެއް ނޫނެވެ. ނަމަވެސް، އެއީ ރައްޔިތުންނަށް އެނގެން ޖެހޭނެ މައުލޫމާތުތަކެއް ކަމަށެވެ.

"އިންތިގާލީ އިންސާފުގެ އޮފީހަށް މި ހުށަހަޅައިގެން ނެރެން ބޭނުންވާ ނަތީޖާއަކީ އެ ރަށްތައް ވިއްކާލި އަގު އެނގުން، ވިއްކާލުމުގެ މުއާމަލާތްތައް ހިންގީ ގާނޫނާއި ގަވައިދުތަކާ އެއްގޮތަށްތޯ ކަށަވަރުކުރުން، އެތަނުން ލިބޭ އާމްދަނީގެ މިންވަރު ހޯދުން،" ބަޝީރު "އަދަދު"އަށް ވިދާޅުވި އެވެ.

އޭގެއިތުރުން، އެ ރަށްތަކުގައި ތިމާވެއްޓަށް ގެއްލުންވާ ގޮތަށް ދީފައިވާ ހުއްދަތައް ބެލުމަކީ ވެސް އިންތިގާލީ އިންސާފަށް މައްސަލަ ހުށަހެޅުމުގެ އެއް ބޭނުން ކަމަށް ބަޝީރު ވިދާޅުވި އެވެ.

ރިސޯޓަށް ދޫކޮށްފައިވާ ބައެއް ރަށްރަށުގައި ހުރި ކަނޑޫފާތައް މިހާރު ވެސް ހިއްކައި، ބަންދުކޮށްފައިވާ ކަމަށް ބަޝީރު ފާހަގަ ކުރެއްވި އެވެ.

ނ. އަތޮޅުގައި މި ވަގުތު މަޝްހޫރު ހަތް ރިސޯޓެއް ހިންގަމުންދެ އެވެ. މިއީ ޖުމްލަ 350 ހެކްޓަރުގެ ބިމެވެ. މި ރިސޯޓްތަކުގެ ތެރޭ ސޮނެވާޖާނީ، ދަ ސަން ސިޔާމް އިރުފުށި ރިސޯޓް އަދި ވެލާ އައިލެންޑް ފަދަ ހައި ކްލާސް ރިސޯޓްތައް ވެސް ހިމެނެ އެވެ.

އޭގެއިތުރުން ނ. އަތޮޅުގެ އެހެން 12 ރަށެއްގައި ރިސޯޓް ހެދުމުގެ މަސައްކަތް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުން ފެށިގެން ކުރިއަށްދެ އެވެ.

"އަޅުގަނޑުމެން އެ ރަށްތަކާ ގުޅޭ މައްސަލަ މި ހުށަހަޅަނީ ކޮންމެހެން ބަދަލެއް ހޯދާކަށް ނޫން، އެކަމަކު އިންސާފުން ބޭރުން ކަމެއް ކޮށްފައިވާނަމަ، އެކަމެއް ބެލުމުގެ ޒިންމާ އިންތިގާލީ އިންސާފުގެ އޮފީހަށް އޮތީމަ އޭގެ ދަށުން މައްސަލަ މި ހުށަހަޅަނީ،" ބަޝީރު ފާހަގަ ކުރެއްވި އެވެ.

ސަން ސިޔާމް އިރުފުށި ރިސޯޓް
ސަން ސިޔާމް އިރުފުށި ރިސޯޓް

ސަން ސިޔާމް އިރުފުށި ރިސޯޓް

ބަޝީރު ފާހަގަ ކުރެއްވި ގޮތުގައި، އެ ރިސޯޓްތަކުން ލިބޭ އާމްދަނީ ހޯދައި، އެކަން ބެލުމަކީ ނ. އަތޮޅުގެ ތަރައްގީގެ ޕްލޭނުގައި ހިމަނާފައިވާ ކަމެކެވެ. އެ ޕްލޭނުގައި ދެން ބާކީ ހުރި ފަޅު ރަށްރަތަކުން ވެސް ރައްޔިތުންނަށް ފައިދާވާނެ ގޮތްތައް ހެދުމަށް ހިމަނާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ދަނޑުވެރިކަމަށް މިހާރު ވެސް ބައެއް ފަޅު ރަށްތައް މީހުންނަށް ދޫކޮށްފައިވާއިރު، އެއީ ބަޝީރު ފާހަގަ ކުރެއްވި ގޮތުގައި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތެއް ނޫނެވެ. ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ، ރަށްރަށުގައި ދަނޑުވެރިންނަށް، އެ ރަށްތަކުގައި ހައްދާ ދަނޑުތަކާ ވާދަ ކުރަން ޖެހުމެވެ. ފަޅު ރަށްތަކުގައި ދަނޑު ހައްދައި، އެ ތަކެތި ރިސޯޓްތަކަށް ވިއްކާތީ، އާންމު ރައްޔިތުންނަށް އެ މާކެޓް ގެއްލެ އެވެ.

އެހެންވެ، ކައުންސިލްގެ ވިސްނުމަކީ ބަޝީރު ވިދާޅުވާ ގޮތުގައި ފަޅު ރަށްތަކުގައި ދަނޑު ހައްދަން އާންމު ރައްޔިތުންނަށް ބިން ދޫކުރުމެވެ. ނަމަވެސް، އެގޮތަށް އެކަންކަން ފާސްކުރާނީ ރައްޔިތުންގެ ހިޔާލު ހޯދައިގެން ކަމަށް ވިދާޅުވި އެވެ.

"ފަޅު ރަށްރަށް އާންމު ރައްޔިތުންނަށް ބޭނުން ކުރެވޭނެ ގޮތަށް ބާއްވައިގެން މަންފާ ހޯދާނެ ގޮތްތަކެއް ނިންމާނީ މި އަތޮޅުގައި ރައްޔިތުންގެ ވޯޓެއް ބާއްވައިގެން،" ބަޝީރު ވިދާޅުވި އެވެ.

ބައެއް އަތޮޅުތަކުގެ ހުރިހާ ފަޅު ރަށްތަކެއް ރިސޯޓް ހަދަން ދޫކުރުމަކީ ރައްޔިތުން ކަންބޮޑުވަމުން އަންނަ ކަމެކެވެ. އެގޮތުން، މިފަހުން ވ. އަތޮޅުގެ ރައްޔިތުން ވެސް ވަނީ އެ އަތޮޅު އަންބާރާގައި ރިސޯޓް ހެދުމާ ދެކޮޅަށް ޕެޓިޝަނެއް ހަދާފަ އެވެ.

އަދި، ބައެއް އަތޮޅުތަކުގައި ހިންގާ ރިސޯޓްތަކުން އަމަލު ކުރަމުންދާ ގޮތުން ވެސް ބައެއް ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދެ އެވެ. އެގޮތުން މިފަހުން ވަނީ އއ. ރަސްދޫ ފަޅަށް ގެއްލުންވާ ގޮތަށް ވެލިގަނޑު ރިސޯޓު ހިއްކާ މައްސަލަ ވެސް ބޮޑުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox