ބިން ވިއްކަނީ އިޖްތިމާއީ ކަންކަމަށް ހަރަދުކުރަން: އެޗްޑީސީ

ހުޅުމާލެ ދެވަނަ ފިޔަވަހި: މަންޒަރުގެ ކަނާތް ފަޅިން ފެންނަނީ އެޗްޑީސީން ކުރިން ވިއްކާފައި ހުރި ބިންތަކުގައި ހަދާފައި ހުރި އިމާރާތްތައް. -- ފޮޓޯ: ހުސެއިން ޝަޔާހް/އަދަދު

ހުޅުމާލެ ދެވަނަ ފިޔަވަހި: މަންޒަރުގެ ކަނާތް ފަޅިން ފެންނަނީ އެޗްޑީސީން ކުރިން ވިއްކާފައި ހުރި ބިންތަކުގައި ހަދާފައި ހުރި އިމާރާތްތައް. -- ފޮޓޯ: ހުސެއިން ޝަޔާހް/އަދަދު

ހުޅުމާލެއިން ބިން ވިއްކައިގެން ލިބޭ ފައިސާ ހަރަދުކުރަނީ ސްކޫލްތަކާއި، މަގުތަކާއި އެހެނިހެން އިޖްތިމާއީ އަދި އުމްރާނީ ބޭނުންތައް ފުރިހަމަކުރަން ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމަށް ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

ހުޅުމާލެއިން ބިން ވިއްކުމާ ދެކޮޅު މީހުން ބުނަނީ މިއީ ހުޅުމާލެ ހިއްކި ބޭނުން ކަމުގައިވާ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަގުސަދާ ހިލާފަށް ކުރާ ކަމެއް ކަމަށެވެ. އަދި ބިމުގެ ދަތިކަން އިންތިހާއަށް އޮތް މާލެ ސަރަހައްދުގައި މިހެން ބިން ވިއްކުމަކީ ކަންބޮޑުވުމެއްގެ ގޮތުގައި އެ މީހުން އަންނަނީ ބުނަމުންނެވެ.

މި ކަންބޮޑުވުންތަކާ ގުޅޭގޮތުން "އަދަދު" ގެ "ވިޔަ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެޗްޑީސީޑީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް ވިދާޅުވީ ހުޅުމާލެ ޑިޒައިންކުރީ އެކި ފަންތީގެ ރައްޔިތުން ގެދޮރުވެރިކުރުމަށް ވިސްނައިގެން ކަމަށެވެ. އަދި ސިޓީއެއްގެ ގޮތުގައި އެންމެ ފުރިހަމައަށް ތަރައްގީވާން ހުރިހާ ފަންތިއެއްގެ ރައްޔިތުން އެތަނެއްގައި ދިރިއުޅުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވި އެވެ.

Advertisement

އެހެންކަމުން ހުޅުމާލެއިން ވެސް ދިރިއުޅުމުގެ ބޭނުންތަކަށް ބިމާއި ގެދޮރު ގަތުމުގެ ފުރުސަތު އެންމެންނަށް ލިބެންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް އާތިފް ވިދާޅުވި އެވެ. އެގޮތުން ވަށާ ޖެހޭ ތަރައްގީގެ ބޭނުމަށް ބިން ވިއްކުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ފުރަތަމަ ފިޔަވަހީގެ ތަޖުރިބާއިން އެކަން ފާހަގަކުރެވޭ ކަމަށް ވެސް ވިދާޅުވި އެވެ.

އާތިފް ވިދާޅުވި ގޮތުގައި މިހެން ބޮޑު އަގުގައި ބިން ވިއްކުމުގެ އެންމެ ބޮޑު ބޭނުމަކީ އިޖުތިމާއީ ކަންކަމަށް ހޭދަ ކުރާނެ ފައިސާ ހޯދުމެވެ. އެގޮތުން އޯޕަން މާކެޓުގައި ބިން ވިއްކައިގެން ލިބޭ ފައިސާއިން ސޯޝަލް ހައުސިން ޕްރޮޖެކްޓުތައް ސަބްސިޑައިޒް ކުރުމަށާއި ކޮންމެހެން ބޭނުންވާ ޒަރޫރީ ވަސީލަތްތަކަށް ހަރަދުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިހާރު އެޗްޑީސީން މަސައްކަތް ކުރަމުންދަނީ ދެވަނަ ފިޔަވަހީގެ މާސްޓާޕްލޭނުގައި ރެޒިޑެންޝަލް ބޭނުމަށް ކަނޑައަޅާފައި ހުރި ބިންތައް ވިއްކަން ފަށަން ތައްޔާރުވަމުންނެވެ. އަދި އެކަމާ ގުޅޭ އިދާރީ ކަންކަމާއި އެހެނިހެން މަރުހަލާތައް ފުރިހަމަވުމުން އެ މައުލޫމާތު އާންމުންނާ ހިއްސާކުރާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ މާސްޓާޕްލޭންގެ ކުރެހުމެއް--
ހުޅުމާލެ ދެވަނަ ފިޔަވަހީގެ މާސްޓާޕްލޭންގެ ކުރެހުމެއް--

ހުޅުމާލެ ދެވަނަ ފިޔަވަހީގެ މާސްޓާޕްލޭންގެ ކުރެހުމެއް--

މިފަހަރު ބިން ވިއްކާއިރު، އެޗްޑީސީން ވަނީ ކުރިން ބިން ގަނެފައިވާ ފަރާތްތަކަށް ވުރެ ފުރަތަމަ ފަހަރަށް ބިމެއް ގަންނަ ފަރާތްތަކަށް އިސްކަން ދޭން ނިންމާފަ އެވެ. މިއީ ފަސްޓް ޓައިމް ލޭންޑް އޯނާސްއަށް ފުރުސަތު ދިނުމުގެ ގޮތުން ގެނައި ބަދަލެއް ކަމަށް އެޗްޑީސީން މައުލޫމާތު ދެ އެވެ.

މީގެ ކުރިން ވެސް ހުޅުމާލެ ދެވަނަ ފިޔަވަހިން ވަނީ ބިން ވިއްކައިފަ އެވެ. އެފަހަރު ވެސް ބިން ވިއްކީ ބީލަން އުސޫލުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީޖީއެސްޓީ މައްސަލައިގައި ޓޫރިޒަމް އިންޑަސްަޓްރީއާ ބައްދަލުކޮށްފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ބުކިން ޕްލެޓްފޯމްތަކުން ޓީޖީއެސްޓީ ނެގުމަށް ގާނޫނަށް ގެނައި ބަދަލުތަކާ ގުޅޭގޮތުން ސަރުކާރުގެ ވަޒީރުންނާއި ޓޫރިޒަމް ދާއިރާގެ އިސްވެރިން މަޝްވަރާކޮށްފި. މި ބައްދަލުވުމުގައި ދާއިރާގެ ގޮންޖެހުންތަކަށް ހައްލު ހޯދުމަށާއި މުހިންމު ލަނޑުދަނޑިތަކަކަށް އެއްބަސްވެވުނު ނަމަވެސް، ގާނޫނަށް ގެންނަ ބަދަލުތަކުގެ ތަފްސީލު ހިއްސާނުކުރޭ.

ޗައިތަންޔާގެ ލޮލުގެ ދެ ޑޮކްޓަރަކު އައިކެއަރގައި

އިންޑިއާގެ ޗައިތަންޔާ އައި ހޮސްޕިޓަލުގެ ދެ ކޮންސަލްޓަންޓުން، އޮކްޓޯބަރު 11 އިން 15 އަށް ރާއްޖޭގެ އައިކެއަރ ހޮސްޕިޓަލުގައި ބަލިމީހުން ބަލާގޮތަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުގައި ލޯ ޗެކްކުރުމާއި ކޮންސަލްޓޭޝަންގެ އިތުރުން، ރާއްޖެއިން ބޭރުން ފަރުވާ ހޯދަންޖެހޭ ފަރާތްތަކަށް އިންޑިއާއަށް ދިއުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި އައިކެއަރއިން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

އެމްއައިބީ ގެސްޓްހައުސް ސިމްޕޯސިއަމްގެ ކީނޯޓް ސްޕީކަރަކަށް ކިރުބާ

އެމް.އައި.ބީ ގެސްޓްހައުސް ސިމްޕޯސިއަމް 2026 ގެ ކީނޯޓް ސްޕީކަރަކަށް ބައިނަލްއަޤްވާމީ ބިޒްނަސް ސްޓްރެޓީޖިސްޓް ކިރުބާ ޝަންކަރު ވަނީ ހަމަޖައްސާފައެވެ. އަންނަ އޮކްޓޫބަރު 15 ގައި ބާއްވާ މި ސިމްޕޯސިއަމްގައި، ޑިޖިޓަލް ޒަމާނުގައި ގެސްޓްހައުސް ވިޔަފާރި ކުރިއަރުވައި އީޖާދީ ބަދަލުތައް ގެނައުމާ ގުޅޭގޮތުން އޭނާ މުހިންމު މަޢުލޫމާތުތަކެއް ހިއްސާކުރާނެއެވެ.

ޒެޑެކްސްގެ ރީބްރޭންޑިންއަށް ކާމިޔާބު އަހަރެއް

ޒެޑެކްސް ރީބްރޭންޑްކުރި ފަހުން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި، 200 އަށްވުރެ ގިނަ ދަރިވަރުންނަށް ރާއްޖެއިން ބޭރުން މަތީ ތައުލީމުގެ ފުރުސަތުތައް މުޅިން ހިލޭ ހޯދައިދީފައި. މި ކާމިޔާބީ ފާހަގަކުރުމަށް ޒެޑެކްސްއިން ހާއްސަ ގިވްއަވޭއެއް ކުރިއަށްގެންދާއިރު، ކުރިއަށް އޮތް އަހަރުތަކުގައި ދަރިވަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް ބުނޭ.

އައިކެއާ އިން އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންއެއް

ބައިނަލްއަޤްވާމީ ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ވިލިމާލެ ޕޮލިހުން ބޭއްވި "إސްރަށްވެހިންގެ އުފާ" ހަރަކާތުގައި، އައިކެއާ ހޮސްޕިޓަލުން ވަނީ އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންގއެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގެ މަގްސަދަކީ ދުވަސްވީ މީހުންގެ ލޮލުގެ ސިއްހަތަށް ހޭލުންތެރިކަން އިތުރުކުރުމާއި، ގަވާއިދުން ލޯ ޗެކްކުރުމުގެ މުހިންމުކަން އަންގައިދިނުމެވެ.

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފްތިތާހުކޮށްފި

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފުތިތާހުކޮށް، ވިޔަފާރިތަކަށް ހޯލްސޭލްކޮށް މުދަލަށް އޯޑަރު ދިނުމާއި ލައިވް ސްޓޮކް ބަލައިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ. މި ވެބްސައިޓް މެދުވެރިކޮށް އޯޑަރުކުރާ މުދާ މާލެ އާއި ހުޅުމާލެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، އަތޮޅުތެރޭގެ ބޯޓުފަހަރަށް ވެސް ޑެލިވަރީކޮށްދޭ.

ޓީޖީއެސްޓީ އުސޫލު ބަދަލުކުރާތީ މަޓާޓޯއިން މަރުހަބާކިޔައިފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް އޮތް އުސޫލު ބަދަލުކުރަން ސަރުކާރުން ނިންމުމުން މަޓާޓޯއިން މަރުހަބާ ކިޔައިފި. މި ބަދަލަކީ ޓޫރިޒަމް ދާއިރާގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ރާއްޖެއަކީ ބައިނަލްއަގުވާމީ މާކެޓުގައި ވާދަވެރި މަންޒިލެއްގެ ގޮތުގައި ބޭއްވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ޖަމިއްޔާއިން ދެކޭ.

Newsletter

Get the latest news delivered straight to your inbox