އެމްޑީޕީ އެތެރޭގެ އިންތިހާބު އަންނަ މަހު 25ގައި ބާއްވަނީ

އެމްޑީޕީ ގައުމީ ހިންގާ ކޮމެޓީގެ ބައްދަލުވުމެއްގެ ތެރެއިން:

އެމްޑީޕީ ގައުމީ ހިންގާ ކޮމެޓީގެ ބައްދަލުވުމެއްގެ ތެރެއިން:

ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ދާއިރާތަކުގެ އިންތިހާބު އަންނަ ސެޕްޓެމްބަރު 25، ގައި ބޭއްވުމަށް އެ ޕާޓީން ނިންމައިފި އެވެ.

އެ އިންތިހާބު ބާއްވަން ކުރިން ހަމަޖައްސާފައި އޮތީ މެއި 29، ގަ އެވެ. ނަމަވެސް ޕާޓީގެ ރައީސް މުހަައްމަދު ނަޝީދު އަވަހާރަކޮށްލަން މެއި 6، ގައި ދިން ބޮމުގެ ހަމަލާއަށްފަހު އެމަނިކުފާނު ޒަހަމްވެވަޑައިގަތުމުން އިންތިހާބު ފަސް ކުރީ އެވެ.

އެ ޕާޓީގެ އިންތިހާބުގެ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޕާޓީގެ ޗެއާޕާސަން ހަސަން ވިދާޅުވީ އިންތިހާބުގައި އެކި ދާއިރާތަކަށާއި، އެކި މަގާމުތަކަށް 730 ކެނޑިޑޭޓުން ވާދަކުރާ ކަމަށެވެ. ވާދަކުރުމަށް ކުރިމަތިލާފައިވާ މެމްބަރުންގެ ފައިނަލް ލިސްޓު މިއަދު އާންމު ކުރާނެކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

Advertisement

"އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނާއި ގުޅިގެން މިހާތަނަށް ލިބިފައިވަނީ 17 ޝަކުވާ. އެކަންކަން ބެލުމަށްފަހު ވާދަކުރެވޭނެ ކެނޑިޑޭޓުންނަކީ ކޮބައިކަން މިހާރު ވަނީ ކަނޑައަޅާފައި. އެކަމާ އިތުރު ޝަކުވާއެއް އޮތްނަމަ އިސްތިއުނާފުކޮށް ޕާޓީގެ އުސޫލުތައް ހަމަޖެހިފައިވާ ގޮތުން އެކަން ބެލުމުގެ ފުރުސަތު ދެވިގެންދާނެ،" ހަސަން ވިދާޅުވި އެވެ.

އިންތިހާބުގައި ވޯޓުލުމުގެ ފުރުސަތު ދޭނީ އެހެން އިންތިހާބުތަކުގައި ވެސް އަމަލުކުރާ އުސޫލުން ޕާޓީގެ ދަފްތަރުގައި ހިމެނޭ މީހުންނަށެވެ. ދަފްތަރުގައި ހިމެނޭ މީހުންގެ ތެރެއިން ވޯޓުލާން ފުރުސަތު ނުދޭނީ ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ކަމަށް ހަސަން ވިދާޅުވި އެވެ.

ދާއިރާތަކުގެ އިންތިހާބު ބޭއްވުމަށް އެމްޑީޕީން މިހާރު ވަނީ ނުވަ މެމްބަރުންގެ ކޮމިޓީއެއް އެކުލަވާލާފަ އެވެ. އެ މެންބަރުންގެ ތެރޭގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް، ހެލްތް މިނިސްޓަރު އަހްމަދު ނަސީމް އަދި އެޑިޔުކޭޝަން މިނިސްޓަރި ޑރ. އައިޝަތު އަލީ ހިމެނެ އެވެ. އިންތިހާބު ކުރިއަށް ގެންދާނީ އެ ކޮމެޓީންނެވެ.

އެމްޑީޕީއަކީ ރާއްޖޭގައި އެންމެ ބޮޑު ސިޔާސީ ޕާޓީ އެވެ. އެޕާޓީގެ ދަފްތަރުގައި 93،354 މެމްބަރުން އެބަތިއްބެވެ. މި އިންތިހާބަކީ އެމްޑީޕީގެ އެތެރޭގައި ބޭއްވޭ އެންމެ ބޮޑު އިންތިހާބަށްވާއިރު، އިންތިހާބުގައި 300 ވޯޓު ފޮށި އެކި ދައިރާތަކުގައި ބަހައްޓަ އެވެ.

މި އިންތިހާބުގައި 900 އެއްހާ އޮފިޝަލުން ހަރަކާތްތެރިވާނެކަމަށާއި އޮފިޝަލުން ހޯދުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ކުރެވޭނެކަމަށް އެ ޕާޓީން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox