އިސްތިއުނާފް ފަނޑިޔާރުންގެ ކޮމިޓީ ހޮވަން ވަގުތު ދޭން ގައުމީ މަޖިލިސް ފަސްކޮށްފި

ކޮވިޑާ ގުޅިގެން ފަހަކަށް އައިސް އޮންލައިންކޮށް ބާއްވަމުން ގެންދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގެ ރިޔާސަތު ހަސަން ލަތީފް ބަލަހައްޓަވަނީ. -ފޮޓޯ: އެމްޑީޕީ

ކޮވިޑާ ގުޅިގެން ފަހަކަށް އައިސް އޮންލައިންކޮށް ބާއްވަމުން ގެންދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގެ ރިޔާސަތު ހަސަން ލަތީފް ބަލަހައްޓަވަނީ. -ފޮޓޯ: އެމްޑީޕީ

ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ބާރުގަދަ ގުނަވަނެއް ކަަމަށްވާ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހަށް މެމްބަރުން ހޮވަން ވަގުތު ދޭން، މިރެއަށް ތާވަލުކުރި ގައުމީ މަޖިލީހުގެ ބައްދަލުވުން ފަސްކޮށްފި އެވެ.

ނުވަ މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއަށް ކުރިމަތިލުމުގެ މުއްދަތު އިއްޔެއަށް ހަމަވެފައިވާއިރު، ހުސްވެފައިވާ މަގާމްތަކަށް 15 އަށް ވުރެން ގިނަ މެމްބަރުން ވަނީ ކުރިމަތިލައިފަ އެވެ.

އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ "މެއި6"ގެ ނަމުގައި ކޮމިޓީއެއް އުފައްދައި، އެ ތަހުގީގުގެ ކަންކަން ދާ ގޮތެއް ބެލުމުގެ މަސައްކަތް ފަށައިފަ އެވެ.

ހަފްތާއެކު އެއް ފަހަރު އެ ކޮމިޓީން ހޯދުނު މައުލޫމާތު ގައުމީ މަޖިލީހާ ހިއްސާކުރާ ގޮތަށް ގަރާރެއް ފާސްކޮށް، ކޮންމެ ހަފްތާއެއްގެ ބުދަ ދުވަހު ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ދަނީ ބާއްވަމުންނެވެ.

އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް މިރޭ "އަދަދު"އަށް ވިދާޅުވީ މެއި6 ކޮމިޓީން މައުލޫމާތު ދިނުމުގެ އިތުރުން، އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހަށް މެމްބަރުން ހޮވުން ވެސް މިރޭ 9:00 އަށް ބާއްވަން ހަމަޖެއްސި ބައްދަލުވުމަށް އެޖެންޑާ ކުރެވުނު ކަމަށެވެ.

ނަމަވެސް، އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހަށް މެމްބަރުން ހޮވުމަށް އިތުރު ވަގުތު ބޭނުންވާކަމަށް ގިނަ މެމްބަރުން އެދުމާ ގުޅިގެން، މިރޭ ބާއްވަން ތާވަލުކުރި ބައްދަލުވުން އަންނަ ހޮނިހިރު ދުވަހަށް ފަސްކޮށްފައިވާކަމަށް ހަސަން ވިދާޅުވި އެވެ.

އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުގެ ޒިންމާއަކީ އެމްޑީޕީގެ އަސާސީ ގަވާއިދުގެ އެއްވެސް ކަމަކާ މެދު މެމްބަރަކު ޝަކުވާއެއް އިސްތިއުނާފްކުރަން ބޭނުންވާ ނަމަ އެ ޝަކުވާ ބެލުމެވެ. މީގެ އިތުރުން އަސާސީ ގަވާއިދު މާނުކުރުމާ މެދު އުފެދޭ ހުރިހާ ދެބަސްވުންތަކުގެ ހައްލަށް ވެސް އެ މަޖިލީހަށް ހުށަހެޅިދާނެ ކަމަށް އަސާސީ ގަވާއިދުގައިވެ އެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުގައި ފަސް އަހަރުގެ ދައުރަކަށް ހޮވާ އެ މަޖިލިސް އެކުލެވިގެންވާނީ ރައީސާއި އަށް މެމްބަރުންގެ މައްޗަށެވެ.

ފަސް އަހަރުގެ ދައުރު ހަމަވުމުން، އިތުރު ދައުރަކަށް އެ މެމްބަރަކު އިންތިހާބު ވެސް ކުރެވެ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންނަށް އިސްތިއުނާފް ފަނޑިޔާރު މަޖިލީހުގައި ނުތިބެވޭނެ އެވެ. ގައުމީ މަޖިލީހަށް ހޮވިއްޖެ ނަމަ އެ މީހެއްގެ މަގާމް ގެއްލޭނެ އެވެ.

އެމްޑީޕީގެ މުހިއްމު ކޮމިޓީއަކަށް މެމްބަރުން ހޮވުން ކުރިއަށް އޮތް އިރު، ޕާޓީގެ ގައުމީ މަޖިލީހަށް މެމްބަރުން އިންތިހާބުކުރުން ސެޕްޓެމްބަރުގައި ބާއްވަން ނިންމައި ކެންޑިޑޭޓުންގެ ލިސްޓު އޮތީ އާއްމުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox