ބްލެޓާއާ އެއްކޮޅަށް ކޯޓުން މައްސަލައެއް ނިންމައިފި

Aug 2, 2021, 2:06 PM
ބްލެޓާއާ އެއްކޮޅަށް ކޯޓުން މައްސަލައެއް ނިންމައިފި

ޒިއުރިކް (އޮގަސްޓް 2) - ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާގެ ބައިވެރިވުމާ އެކު ނުއަގުގައި ފީފާ ވޯލްޑް ކަޕްތަކެއްގެ ބްރޯޑްކާސްޓިން ރައިޓްސް ވިއްކާލި މައްސަލައެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ސްވިޒަލެންޑްގެ ފެޑެރަލް ކޯޓަކުން ނިންމައިފި އެވެ.

ސްވިޒަލެންޑްގެ އެޓާނީ ޖެނެރަލް އޮފީހުން މިދިޔަ އަހަރު ބަލަން ނިންމި އެއް މައްސަލަ އަކީ 2010 އާއި 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ބްރޯޑްކާސްޓިން ރައިޓްސް ފީފާ އިން މެދުވެރިވެގެން ކެރީބިއަން ފުޓްބޯލް ޔޫނިއަން (ސީއެފްޔޫ) އަށް ނުއަގުގައި ވިއްކި މައްސަލައެކެވެ. އެ މައްސަލަ އެންމެ ފުރަަތަމަ ހުށަހެޅި ސަބަބަކީ ބްލެޓާ އަށް ފައިދާވާ ގޮތަށް 600،000 ޑޮލަރަށް މި ޑީލް ކުރިއަށް ގެންދިޔައީ އެހެނިހެން ގޮތްގޮތުން ފައިސާ ލިބޭ ގޮތަށް ކަމަށް ބުނެ އެވެ.

މި މައްސަލައިގައި ސްވިޒަލެންޑްގެ އެޓާނީ އޮފީހުން މިދިޔަ އަހަރު ނިންމީ ކޯޓަށް މި ކަން ބެލޭނެ ފަދަ ހެކިތަކެއް ލިބިފައި ނެތް ކަމަށެވެ. މި ކަމުގައި ދޫނުދޭން ނިންމައި، ފީފާ އިން ދާދި ފަހުން ވަނީ މި މައްސަލަ އަލުން ބަލަން ހުށަހަޅައިފަ އެވެ. އެކަމަކު، ސްވިޒަލެންޑްގެ ފެޑެރަލް ކްރިމިނަލް ކޯޓުން އެންގީ މި މައްސަލައިގައި އެންމެ ފުރަތަމަ ސްވިޒަލެންޑްގެ އެޓާނީ އޮފީހުން ނިންމާފައި އޮތީ ރަނގަޅަށް ކަމަށެވެ.

Advertisement

މިއީ ފަހަކަށް އައިސް ކޯޓެއްގައި ފީފާގެ ކުރީގެ ރައީސް އުމުރުން 85 އަހަރުގެ ބްލެޓާ ކޮޅަށް މައްސަލައެއް ނިމުނު ފުރަތަމަ ފަހަރެވެ.

ބްލެޓާ ވަނީ 17 އަހަރު ފީފާ ރައީސްގެ މަގާމު ފުރުއްވައިފަ އެވެ. އެއީ 1998 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން 2015 ވަނަ އަހަރުގެ ޑިސެމްބަރާ ހަމައަށެވެ.

ކޮރަޕްޝަންގެ މައްސަލައެއްގައި ފީފާ އިން 2015 ވަނަ އަހަރުގެ ޑިސެމްބަރު 21 ވަނަ ދުވަހު ބެލްޓާ އާއި ޔޫއޭފާގެ ކުރީގެ ރައީސް މިޝެލް ޕްލެޓިނީ ފުރަތަމަ ސަސްޕެންޑްކުރީ އަށް އަހަރަށެވެ. އެހެން ނަމަވެސް ފީފާ އެތިކްސް ކޮމިޓީން ވަނީ އެ ސަސްޕެންޝަން ހަ އަހަރަށް ކުޑަކޮށްދީފަ އެވެ.

މި އަހަރު މާޗް މަހު ބްލެޓާގެ އިތުރު މައްސަލައެއް ނިންމައި، ފީފާ އިން ވަނީ އޭނާ އަށް އިތުރު ސަސްޕެންޝަނެއް ދީފަ އެވެ. އެ ސަސްޕެންޝަންގެ މުއްދަތު ހަމަވާނީ 2028 ވަނަ އަހަރު އެވެ.

ބްލެޓާ އެންމެ ފަހުން ސަސްޕެންޑްކުރަން ނިންމީ ފީފާގެ މުބާރާތްތަކަކާ ގުޅޭ ބޯނަސްތަކެއްގެ މައްސަލައިގަ އެވެ. ފީފާ އިން ކުރި ތަހުގީގަށް ސާބިތުވި ގޮތުގައި ބްލެޓާ އަށް ވަނީ ބޯނަސްތަކެއްގެ ގޮތުގައި 18 މިލިއަން ޕައުންޑް (24 މިލިއަން ޑޮލަރު) ލިބިފަ އެވެ. ބްލެޓާގެ އިތުރުން މި ކަމުގައި ބައިވެރިވި ފީފާގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ޖެރޯމް ވަލްކޭ ވެސް ވަނީ ސަސްޕެންޑްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox