މަލީހު، ލޯޔަރު ވައްޑޭ އަދި ރުކުމާ ޕީޕީއެމަށް

ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު އަބްދުލްކަރީމް (ރުކުމާ) މިރޭ ޕީޕީއެމްއަށް ސޮއި ކުރެއްވުމަށްފަހު ފޯމު ހަވާލުކުރައްވަނީ.

ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު އަބްދުލްކަރީމް (ރުކުމާ) މިރޭ ޕީޕީއެމްއަށް ސޮއި ކުރެއްވުމަށްފަހު ފޯމު ހަވާލުކުރައްވަނީ.

މިސަރުކާރުގެ ސައިންސް އެންޑް ޓެކްނޮލޮޖީ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލާއި ތުލުސްދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑޭ) އެނބުރި އިދިކޮޅު ޕީޕީއެމާ މިރޭ ގުޅިވަޑައިގެންފި އެވެ.

މަލީހް އާއި ވައްޑޭގެ އިތުރުން ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު އަބްދުލްކަރީމް (ރުކުމާ) ވެސް ޕީޕީއެމާ ގުޅިވަޑައިގެންފައިވަނީ އޮފީހުގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

މިހާތަނަށް ޖުމްހޫރީ ޕާޓީގައި ހުންނެވި ވައްޑޭ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މަޖިލީހުގެ ތެރެއިން ސަރުކާރާ ދެކޮޅަށް ނުކުންނެވި 12 މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ.

އޭރު އެ 12 މެމްބަރުންގެ ގޮނޑި ގެއްލުވާލުމުން، ވައްޑޭ ވަނީ ޔާމީނަށް ފާޅުގައި ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ކުރީގެ ސަރުކާރުގައި ޔޫތު މިނިސްޓަރު ކަމުގައި ހުންނަވަނިކޮށް ކުއްލި ގޮތަކަށް މަގާމުން ވަކި ކުރުމުން މަލީހް އަކީ ވެސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި ބޭފުޅެކެވެ.

އޭގެ ފަހުން، ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ގެންނަން އެ ކޯލިޝަނުގައި ހިމެނޭ ޖޭޕީގެ ތެރެއިން މަލީހް ވެސް ގިނަ މަސައްކަތްތަކެއް ކުރެއްވި އެވެ.

ނަމަވެސް، އެމްޑީޕީ ކޮންޓްރޯލްކުރާ މަޖިލީހަށް ނިސްބަތް ކުރައްވައި ދެއްކެވި ވާހަކަފުޅަކާ ގުޅިގެން އޭނާ ވަނީ އިތުބާރުނެތް ކަމަށް ފާސްކޮށް، މިނިސްޓަރު ކަމުގެ މަގާމުން ދުރުކޮށްފަ އެވެ.

އެއާއެކު ޖޭޕީން ވަކިވެވަޑައިގެން، މިރޭ ޕީޕީއެމާ ގުޅިވަޑައިގަތުމާ ހަމައަށް މަލީހް ގެންދެވީ މި ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ.

އެމްޑީޕީގެ އިސް ސަފުގައި ކުރިން ހަރަކާތްތެރިވި ރުކުމާ މި ފަހުން ގެންދަވަނީ އެމްޑީޕީއަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުކުރައްވަމުންނެވެ.

އަދި ނިމިދިޔަ ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރުކަމަށް ޑރ. މުހައްމަދު މުއިއްޒު އިންތިހާބު ކުރުމަށްޓަކައި ރުކުމާ ވަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވައިފަ އެވެ.

ޕީޕީއެމާ ގުޅިވަޑައިގެންނެވުމަށްފަހު އެ ތިން ބޭފުޅުން ވެސް ވިދާޅުވީ އެމްޑީޕީގެ ކިބައިން މި ގައުމު ސަލާމަތް ކުރަންޖެހޭ ކަމަށާއި، އެކަން ކުރެވޭނެ ހަމައެކަނި ބޭފުޅަކީ ރައީސް ޔާމީން ކަމަށެވެ.

އެހެންކަމުން، ޔާމީން ޖަލުން މިނިވަންކޮށް، އެމަނިކުފާނު އަނބުރާ ވެރިކަމަށް ގެންނަން ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރައްވާނެކަމަށް އެ ތިން ބޭފުޅުން ވެސް ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox