ރައީސް ދެއްވީ ތަރައްގީން ކުމުންދޫ އެކަހެރި ނުކުރާނެ ކަމުގެ ޔަގީންކަން

ކުމުންދޫ ސްކޫލްގައި ރައީސާއި ވަޒީރުން: ރައްޔިތުން އެންމެ އެދޭ އެއްކަމަކީ ސްކޫލުގެ ވަށާފާރު ރޭނުން ކަަމަށް ކައުންސިލުން ބުނޭ. -- ފޮޓޯ: ރައީސް އޮފީސް. --

ކުމުންދޫ ސްކޫލްގައި ރައީސާއި ވަޒީރުން: ރައްޔިތުން އެންމެ އެދޭ އެއްކަމަކީ ސްކޫލުގެ ވަށާފާރު ރޭނުން ކަަމަށް ކައުންސިލުން ބުނޭ. -- ފޮޓޯ: ރައީސް އޮފީސް. --

ކޮވިޑުގެ އުނދަގޫ ހާލަތަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަތޮޅުތަކަށް ފެއްޓެވި ދަތުރުގައި, ހދ. ކުމުންދުއަށް ވަޑައިގަތުމަކީ ތަރައްގީގައި އެ ރަށަށް އެކަހެރި ނުކުރާނެ ކަމަށް ދެއްވި ޔަގީންކަމެއް ކަމަށް ކައުންސިލުން މިއަދު ބުނެފި އެވެ.

ރައީސުން އަތޮޅުތަކަށް ކުރައްވާ ދަތުރުތަކުގައި އާބާދީ މަދު ރަށްތަކަކަށް މާބޮޑު ސަމާލުކަމެއް ނުދެއްވަ އެވެ. ތަރައްގީގެ މަޝްރޫއުތައް ވެސް ފަސޭހަ ވަނީ އަތޮޅުގެ މައި ރަށްތަކަށެވެ. ކުދި އާބާދީތަކުން ކައުންސިލަރުން ދަތުރު ހަދާފައި މާލެ އައިސް ޖެހެނީ ރައްޔިތުން ބޭނުންވާ ކަންކަން ސަރުކާރަށް ހުށަހަޅާށެވެ.

Advertisement

ރައީސް ސޯލިހްގެ ދެކަނބަލުން ކުމުންދޫ ކައުންސިލްގައި: ރައްޔިތުން އެދުނު ކަންކަން ބަޖެޓުގައި ހިމަނައިގެން ފުރިހަމަކޮށްދެއްވާނެ ކަަމަށް ކައުންސިލަށް ޔަގީންކަން ދެއްވި. -- ފޮޓޯ/ރައީސް އޮފީސް

އާބާދީގައި 1400 މީހުން ހިމެނޭ ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުހައްމަދު "އަދަދު"އަށް ވިދާޅުވީ އުތުރުން އާބާދީ ބޮޑު ދެ ރަށް ކަމަށްވާ ހދ. ކުޅުދުއްފުއްޓާއި ހދ. ހަނިމާދޫގެ އިތުރުން ކުމުންދުއަށް ރައީސް ސޯލިހް ވަޑައިގަތުމަކީ އެ ރަށުގެ ރައްޔިތުންގެ އުއްމީދުތައް އާވި ކަމެއް ކަމަށެވެ. އެންމެ ބޮޑު ހިތްހަމަޖެހުމަކީ ކުރީ ދައުރުގައި ކައުންސިލަރުން ރައީސަށް ހުށަހެޅުއްވި ރައްޔިތުން ބޭނުންވާ މުހިއްމު ތިން ކަމެއްގެ މަސައްކަތް ހިނގަން ފަށާފައި އޮތުން ކަމަށް ވިދާޅުވި އެވެ.

"އެއީ ނަރުދަމާ އެޅުމާއި ބަނދަރާއި ކުނީގެ މައްސަލަ ހައްލުކޮށްދިނުން. ރައްޔިތުން ބޭނުންވާ މިކަންކަން ކުރިއަށް އެބަދޭ," އޭނާ ވިދާޅުވި އެވެ.

"ރައްޔިތުން ހުށަހެޅި ކަންކަން ކުރިއަށް ދިއުމާއި ރައީސްގެ ދަތުރުގައި ކުޑަކުޑަ މި ރަށަށް ވަޑައިގަތުމަކީ މި ރަށް ބާކީކޮށް އެކަހެރިނުކުރާނެ ކަމަށް ދިން ޔަގީންކަމެއްގެ ގޮތުގައި ދެކެނީ."

ރައީސްގެ ދެކަނބަލުން ކުމުންދޫގައި: އާބާދީގައި 1400 މީހުން ހިމެނޭ ރަށުގެ އަސާސީ ބައެއް ހިދުމަތްތަކުގެ މަޝްރޫއުތައް ފެށީ މި ސަރުކާރުގައި. -- ފޮޓޯ: ރައީސް އޮފީސް

ކުމުންދޫގެ ބަނދަރާއި ނެރުގެ މައްސަލަ އަށް ހައްލެއް ހޯދުމަށް ފައިނަލް ކޮންސެޕްޓް ހަދައި ކުރިއަށް އެބަދާ ކަމަށް ކައުންސިލުން ބުންޏެވެ. އެ ރަށުގެ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރަން އާ އިމާރާތެއް އެޅުމަށް ވަނީ ނިންމައިފަ އެވެ. ސްކޫލަށް 12 ކްލާސްރޫމް އިތުރުކުރުމާއި ސްކޫލްގެ ވަށާފާރު ރޭނުމަކީ ރައްޔިތުން އެދޭ ކަމަކަށް ވާތީ އެކަން ވެސް ކުރިއަށް ދާނެ ކަމުގެ ޔަގީންކަން ރައީސާއި ވަޒީރުންގެ ބައްދަލުވުމުގައި އިއްޔެ ވަނީ ދެއްވައިފަ އެވެ.

ރައީސްގެ ދަތުރުފުޅުގައި ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާ ބައްދަލުކުރެއްވުމުގެ އިތުރުން ބައެއް މަޝްރޫއުތައް ބައްލަވާލައްވައި ކުމުންދޫގެ ނޭޗަ ޕާކަށް ވަޑައިގަތެވެ.

ރައީސް ސޯލިހާއި ވަޒީރުން ކުމުންދޫގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވަނީ. -- ފޮޓޯ/ ރައީސް އޮފީސް

"ކުޅުދުއްފުއްޓާއި ހަނިމާދުއަށް ދޭ ސަމާލުކަން ކުމުންދުއަށް ދޭކަން ރައީސްގެ ދަތުރުފުޅުން ހާމަކޮށްދެއްވުން އެއީ ތަރައްގީގަށް ކުރާ އުއްމީދު އާ ވިކަމެއް," އަމީން ވިދާޅުވި އެވެ.

ރައީސްގެ ދަތުރުފުޅުގައި މިއަދު ވަޑައިގަންނަވާ ގޮތަށް ހަމަޖައްސާފައި ވަނީ ހދ. ހަނިމާދު އަށެވެ. މިއީ އެމަނިކުފާނުގެ މި ދަތުރުގެ އެންމެ ފަހު މަންޒިލެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox