ހިޔާ ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރަން ފަށައިފި

ހިޔާ ފްލެޓްތަކުގެ ތަޅުދަނޑި ފަތިތަކެއް: އެޗްޑީސީން ވަނީ މީގެ ކުރިން ފްލެޓް ލިބުނު މީހުންނަށް ފްލެޓް ބަލާލުމުގެ ފުރުސަތު ދީފަ -- ފޮޓޯ: ހުސެއިން ޝަޔާހް/އަދަދު

ހިޔާ ފްލެޓްތަކުގެ ތަޅުދަނޑި ފަތިތަކެއް: އެޗްޑީސީން ވަނީ މީގެ ކުރިން ފްލެޓް ލިބުނު މީހުންނަށް ފްލެޓް ބަލާލުމުގެ ފުރުސަތު ދީފަ -- ފޮޓޯ: ހުސެއިން ޝަޔާހް/އަދަދު

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓް ލިބުނު މީހުންނާ އެކު އެއްބަސްވުންތަކުގައި ސޮއިކުރުމަށް ފަހު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ފްލެޓް ތަޅުދަނޑި ހަވާލުކުރަން މިއަދު ފަށައިފި އެވެ.

އެއްބަސްވުމުގައި ސޮއިކުރުމާއި ތަޅުދަނޑި ހަވާލުކުރުން އޮތީ ހުޅުމާލޭގައި ހުންނަ ހުރަވީ ސްކޫލް ހޯލްގަ އެވެ. އަދި މިހާރު އެޗްޑީސީން އާންމުކޮށްފައިވާ ތާވަލާ އެއްގޮތަށް ދުވާލެއްގެ މައްޗަށް 250 އާ 300 މީހުންނާ އެކު އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ކަންކަން ކުރިޔަށް ގެންދާނެ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފަ އެވެ.

އެންމެ ފުރަތަމަ އެއްބަސްވުންތަކުގައި ސޮއިކުރަނީ އެޗް9 ފްލެޓުން އެޕާޓްމަންޓް ލިބުނު މީހުންނާ އެކީގަ އެވެ. ނަމަވެސް އެޗްޑީސީން އެއްބަސްވުމުގައި ސޮއިކުރަން ތާވާލުކުރަނީ އެއްބަސްވުންތަކުގައި ސޮއިކުރަން ކޮންމެހެން ބޭނުންވާ މައުލޫމާތު އެ ކޯޕަރޭޝަނާ ހިއްސާކޮށްފައިވާ މީހުންނަށް އެކަންޏެވެ.

Advertisement

އެޗްޑީސީން ވަނީ އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންކަން ކުރުމުގެ ކުރިން ފްލެޓް ލިބުނު މީހުން އެކަމަށް ހާއްސަކޮށް ގާއިމްކޮށްފައިވާ އޮންލައިން ޕޯޓަލުން ނޫނީ ފޯމް އެ ކޯޕަރޭޝަނަށް ހުށައަޅައިގެން މި މައުލޫމާތުތައް ހިއްސާކުރަން އިލްތިމާސްކޮށްފަ އެވެ.

ހިޔާ ފްލެޓް ލިބުނު މީހުން ފޯމް ހުށައަޅަން ޖެހޭ ތާރީހާއި އެއްބަސްވުމުގައި ސޮއިކުރާ ތާރީހުގެ ތަވާލު--
ހިޔާ ފްލެޓް ލިބުނު މީހުން ފޯމް ހުށައަޅަން ޖެހޭ ތާރީހާއި އެއްބަސްވުމުގައި ސޮއިކުރާ ތާރީހުގެ ތަވާލު--

ހިޔާ ފްލެޓް ލިބުނު މީހުން ފޯމް ހުށައަޅަން ޖެހޭ ތާރީހާއި އެއްބަސްވުމުގައި ސޮއިކުރާ ތާރީހުގެ ތާވަލު--

ކަނޑައެޅިފައިވާ ތާރީހުގެ ފަހުން މި މައުލޫމާތު ހިއްސާކުރާ މީހުންނާ އެކު އެއްބަސްވުންތަކުގައި ސޮއިކުރަން ތާވަލުކުރެވޭނީ މައުލޫމާތު ހުށައެޅި މީހުންނާ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ކަމަށް އެޗްޑީސީން ބުންޏެވެ.

ހިޔާ ފްލެޓް ލިބުނު މީހުންނާ ތަޅުދަނޑި ހަވާލުކުރި ނަމަވެސް، މިތަންތަނުގެ ފިނިޝިން މަސަައްކަތް ނިންމަން ލިބޭ ތިން މަސް ދުވަސް އަދި ގުނާކަށް ނުފަށާނެ އެވެ. އެޗްޑީސީން މި މުއްދަތު ގުނަނީ ފްލެޓުތަކަށް ބޭނުންވާ ފެނާއި ކަރަންޓުގެ ހިދުމަތް ފޯރުކޮށް ދިނުމަށް ފަހު އެވެ.

މިހާރު މި ފްލެޓްތަކަށް ބޭނުންވާ ކަރަންޓު ވިއުގައިގެ މަސައްކަތް ނިމިއްޖެ އެވެ. އަދި އެޗްޑީސީން މިހާރު މަސައްކަތް ކުރަމުން ދަނީ ފެނާއި ނަރުދަމާ ޓެސްޓު ކުރުމުގެ މަސައްކަތެވެ. ކުރިން މިކަން ނުކުރެވި އޮތީ ފްލެޓްތަކަށް ކަރަންޓު ނުލިބިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox