ގައުމީ ކަމެއްގައި ސިޔާސީ ފިކުރު އެއްފަރާތްކުރުމުގެ ނަމޫނާއެއް!

ނަޝީދަށް ދިން ހަމަލާއާ ގުޅޭ ޕާލިމަންޓް އިންކުއަރީ ރިޕޯޓު ފާސްކުރަން ރޭ ބޭއްވި 241 ކޮމިޓީގެ ބައްދަލުވުން. -ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު

ނަޝީދަށް ދިން ހަމަލާއާ ގުޅޭ ޕާލިމަންޓް އިންކުއަރީ ރިޕޯޓު ފާސްކުރަން ރޭ ބޭއްވި 241 ކޮމިޓީގެ ބައްދަލުވުން. -ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު

ހިކުމަތްތެރިކަމާއި ކެތްތެރިކަން އިސްކުރުމާއި ދޫދިނުމަކީ ސިޔާސީ ބޭފުޅުން ސިފަކުރަން އެއްވެސް ގޮތަކަށް ބޭނުންކުރާނެ ލަފުޒުތަކެއް ނޫނެވެ.

ސިޔާސީ ވާދަވެރިން ވީމަ އެވެ. ކުރީގެ ހަތުރުން ވެސް މެ އެވެ. ސިޔާސީ މަސްލަހާތާއި ޒާތީ ހަސަދަ ވެސް އޮންނާތީ އެވެ.

އެކަމަކު އެކި ސިޔާސީ ފިކުރުގެ އެކި ބޭފުޅުން އެއް ގަލަކަށް އަރައި، ތަފާތު ހިޔާލުތައް އެއްގޮތްކޮށް، ގައުމީ ކަމެއްގެ ގޮތުގައި ދެކިގެން މިވަނީ ނަމާނޫއެއް ދައްކައިފަ އެވެ.

Advertisement

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ މެއި މަހު ދިން ޓެރިރިސްޓު ހަމަލާއަކީ މުޅި ގައުމު ސިއްސުވައިލި ހާދިސާ އެކެވެ.

އެ ހާދިސާއަށްފަހު ބައިބައިވެފައިވާ މުޖުތަމައުއެއް، އިއްތިފާގުވީ އެ ހަމަލާގެ ހަގީގަތް ހޯދުމަށެވެ. މުޅި ގައުމަށް ދެވުނު ހަމަލާއެއްގެ ގޮތުގައި ސިފަވާތީ އެވެ.

އެއާއެކު، ރައްޔިތުން ތަމްސީލުކުރާ މަޖިލީހުގެ ހުރިހާ މެމްބަރުން ވަނީ އިގުރާރުވެ، އެ ހަމަލާގައި ކަން ހިނގާދިޔަ ގޮތް ހޯދަން ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޕާލިމަންޓަރީ އިންކުއަރީއެއް ހިންގަން ނިންމި އެވެ.

އެ ބުރަ ބޮޑު މަސައްކަތް ހަވާލުކުރީ 13 މެމްބަރުންގެ މައްޗަށް އެކުލެވޭ ގައުމީ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއާ އެވެ. އެކި ޕާޓީތަކުގެ، އެކި ސިޔާސީ ފިކުރުގެ ބޭފުޅުންނަށް ޒިންމާ ކުރުވީ މުޅި ގައުމުގެ ސަލާމާތާ ގުޅިފައިވާ މައުލޫމާތުތަކެއް ހޯދުމަށެވެ. ދިފާއީ ބާރުގެ ވެރިން ހާޒިރުކޮށް ސުވާލުކުރުމެވެ. ގައުމުގެ ދިފާއީ ނިޒާމު ނިއުޅާލައި، މައްސަލަތައް ތިލަކުރުމެވެ.

ދެ މަހެއްހާ ދުވަހުގެ މަސައްކަތް ކޮމިޓީން ނިންމައިލީ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ. ރެއާ ދުވާލު މަސައްކަތުން 270 އެއްހާ ގަނޑުގެ ރިޕޯޓެއް އެކުލަވައިލިއިރު، މެމްބަރުން ކުރި ބުރަ މަސައްކަތް ވަރަށް ސާފުކޮށް ހާމަވެ އެވެ.

އެ ރިޕޯޓުގައި ކަންބޮޑުވާންޖެހޭ އެތައް ކަމެއް ހުރިއިރު، އެ ހުރިހާ ކަމެއްގެ ފުރަގަހުން ފެންނަންއޮތީ މެމްބަރުން އިސްކުރި ގައުމީ މަސްލަހަތެވެ. ގައުމީ މަސައްކަތެއްގައި ސިޔާސީ ފިކުރު އެއް ފަރާތްކުރި ކަމުގެ ނަމޫނާ އެވެ.

އެ ރިޕޯޓު މިރޭ މަޖިލީހުގެ ތަޅުމަށް ހުށަހެޅިގެންދިޔައިރު، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަރަށް މާނަފުން ގޮތަކަށް އެކަން ފާހަގަކުރެއްވި އެވެ.

ކޮމިޓީގައި ހިމެނޭ ވަކިވަކި މެމްބަރުން އަދާކުރެއްވި ތަފާތު ދައުރު ހިއްސާ ކޮށްދެއްވަމުންނެވެ.

ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްގެ ހިކުމަތްތެރި ލީޑާޝިޕެވެ.

ކޮމިޓީގެ ނައިބު މުގައްރިރު އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ކޮމިޓީގެ މަސައްކަތަށް ގެންނެވި އިލްމާއި ތަޖުރިބާ އެވެ.

ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން އާ ނުލައި، މި ރިޕޯޓު އެކުލަވާނުލެވުނީސް ކަން ފާހަގަކުރެއްވި އެވެ.

ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް މަސްލަހަތަށްޓަކައި މަސައްކަތް ކުރައްވައި، ދޫދީގެން، މެމްބަރުންގެ ހިޔާލު އެއްގޮތް ކުރަން ކުރެއްވި މަސައްކަތުން ދެއްވި ހިތްވަރެވެ.

ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް ގެނެސްދެއްވި އާދަޔާހިލާފު ހިޔާލުތަކެވެ.

ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާގެ އެެމްއެންޑީއެފްގެ ތަޖުރިބާއިން ރިޕޯޓަށް ގެނެސްދެއްވި މުއްސަނދި ކަމެވެ.

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީގެ އިލްމާއި ހުނަރުން މަސައްކަތަށް ލިބުނު ހިތްވަރެވެ.

ކުރީގެ ޑިފެންސް މިނިސްޓަރުގެ ތަޖުރިބާގެ އިތުރުން، ސިޔާސީ ފިކުރު އެއް ފަރާތްކޮށް ގައުމީ މަސައްކަތެއްގެ ގޮތުގައި ރިޕޯޓު އެކުލަވާލުމަށް އެންމެ ބޮޑަށް ބާރު އެޅުއްވި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފެވެ.

ކޮމިޓީއަށް ހާޒިރުކުރި ބޭފުޅުންނަށް ކުރަންވީ ސުވާލުތައް ކަނޑައަޅައި ދިނުމުގައި ކުރީގެ ޕޮލިސް ކޮމިޝަރުގެ ތަޖުރިބާ ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ބޭނުންކުރެއްވި ގޮތެވެ.

ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫން ކޮމިޓީގެ މަސައްކަތުގައި ދުވާލެއްގެ ބޮޑުބައި ހޭދަކުރެއްވި ކުރެއްވުމެވެ.

ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން އާއި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ކޮމިޓީގެ މަސައްކަތަށް ގެންނެވި އިތުރު، ތަފާތު ހިޔާލުތަކެވެ.

އީވާ ވިދާޅުވި ގޮތުގައި މަޖިލީހުގެ ހަޔާތުގައި މިވަރުގެ މަސައްކަތެއް ނުކުރައްވާ ކަމަށާއި، މިފަދަ ތަޖުރިބާއެއް ވެސް ނުކުރެއްވެ އެވެ.

"މި މަސައްކަތަށް ވަކި ޕާޓީއަކަށް ނުބަލައި، ވަކި މެމްބަރެއް ނުބަލައި މި މަސައްކަތް ކޮށްދެއްވުމުން އަޅުގަނޑަށް ވަރަށް ސާފުވި، މަސައްކަތް ހާސިލުކުރުމަށްޓަކައި އެއް މަގުސަދެއް ހާސިލުކުރުމަށް، ރަނގަޅަށް އިހުލާސްތެރި މަސައްކަތެއް ކުރީ ވަކި ސިޔާސީ ވިސްނުން އެއްކިބައިކޮށް، ގައުމީ މަސައްކަތެއްގެ ގޮތުގައި ބަލައިގެން މަސައްކަތް ކުރީ،" މެމްބަރުން ދެއްކި ނަމޫނާ ފާހަގަކުރައްވަމުން އީވާ ވިދާޅުވި އެވެ.

"ޕީޕީއެމްގެ މެމްބަރުން. އެމްޑީއޭ މެމްބަރުން. އަމިއްލަ މެމްބަރުން. އެމްޑީޕީގެ މެމްބަރުން. އެކު އެކީގައި މަސައްކަތް ކުރީ ސިޔާސީ ފިކުރަކަށް ވުރެ، ގައުމީ ވާޖިބެއްގެ ގޮތުގައި ދެކިގެން."

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox