ކޮޕަ އެމެރިކާ ފައިނަލުގައި އާޖެންޓީނާ އާއި ބްރެޒިލްގެ ކުރިމަތިލުމެއް

Jul 7, 2021, 3:25 AM
ލަނޑު ޖެހުމަށް ފަހު އާޖެންޓީނާގެ ކުޅުންތެރިން އުފާފާޅުކުރަނީ.

ލަނޑު ޖެހުމަށް ފަހު އާޖެންޓީނާގެ ކުޅުންތެރިން އުފާފާޅުކުރަނީ.

ބްރެޒީލިއާ (ޖުލައި 7) - ކޮޕަ އެމެރިކާ ސެމީ ފައިނަލުގައި މިއަދު ޕެނަލްޓީ ޖަހައިގެން 3-2 އިން ކޮލަމްބިއާ ބަލިކޮށް އާޖެންޓީނާ މުބާރާތުގެ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

އާޖެންޓީނާ ކޮޕަ އެމެރިކާ ފައިނަލުގައި އެންމެ ފަހުން ކުޅުނީ 2016 ވަނަ އަހަރު އެވެ. އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި ކޮޕަ އެމެރިކާގައި އާޖެންޓީނާ ކެޓީ ސެމީ ފައިނަލްގައި ބްރެޒިލް އަތުންނެވެ. މި ފަަހަރުގެ ފައިނަލުގައި އަންނަ ހޮނިހިރު ދުވަހު އާޖެންޓީނާ ކުޅޭނީ ބްރެޒިލާ ދެކޮޅަށެވެ.

އާޖެންޓީނާ އެންމެ ފަހުން ކޮޕަ އެމެރިކާ ކާމިޔާބުކުރީ 1993 ވަނަ އަހަރު އެވެ. ބްރެޒިލާ ދެކޮޅަށް އެންމެ ފަހުން އާޖެންޓީނާ ކޮޕަ އެމެރިކާ ފައިނަލެއްގައި ކުޅުނީ 2007 ވަނަ އަހަރު އެވެ.

މިއަދުގެ މެޗުގެ ފުރިހަަމަ ވަގުތު ހަމަވިއިރު، ކޮލަމްބިއާ އާއި އާޖެންޓީނާ އޮތީ 1-1 އިން އެއްވަރުވެފަ އެވެ. ކޮޕަ އެމެރިކާގެ މި ފަހަރުގެ މުބާރާތުގެ ގަވާއިދުގައިވާ ގޮތުން ފުރިހަމަ ވަގުތު ހަމަވާއިރު، ދެ ޓީމު އެއްވަރުވެއްޖެ ނަމަ އިތުރުވަގުތުގެ ދެ ހާފް ނުކުޅެ، ނަތީޖާ ނެރެން ޕެނަލްޓީ ޖަހާނެ އެވެ. ޕެނަލްޓީގައި އާޖެންޓީނާ މޮޅުކޮށްދިނުމުގެ އެންމެ ބޮޑު ކްރެޑިޓެއް ހައްގުވަނީ ގޯލްކީޕަރު އެމިލިއާނޯ މާޓީނޭޒް އަށެވެ. އޭނާ ވަނީ ކޮލަމްބިއާ އިން ފޮނުވާލި ފަސް ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ މަތަކޮށްފަ އެވެ.

ކޮލަމްބިއާ އިން ފޮނުވާލާ ޕެނަލްޓީއެއް މާޓީނޭޒް މަތަކުރަނީ.

އެސްޓަޑިއޯ ނަސިއޮނާލްގައި މިއަދު ކުޅުނު މެޗު ފަށައިގެން ހަތަރު ވަނަ މިނިޓްގައި އާޖެންޓީނާގެ ލިއޮނަލް މެސީ ނަގައިދިން ހުރަހަކުން ލަޓާރޯ މާޓީނޭޒް ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލާ ކައިރިންނެވެ. އެކަމަކު، އޭގެ ތިން މިނިޓް ފަހުން އޭރިއާތެރެއިން މެސީ ހުސްކޮށްލާފައި ޖައްސާލި ބޯޅަ މާޓީނޭޒް ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

އާޖެންޓީނާ އިން މެޗުގެ އެހާ ކުރީކޮޅުގައި ލީޑުނެގުމުން އޭގެ ފަހުން ނަތީޖާ ހަަމަހަމަ ކުރަން ކޮލަމްބިއާ އިން ކުރިއަށް ޖެހިގެން ކުޅެ ގިނަ ހަމަލާތަކެއް ފޮނުވާލި ނަމަވެސް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓީނޭޒް ވަނީ އެ ބޯޅަތައް ހުއްޓުވައިފަ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން މެސީ ނަގައިދިން ކޯނަރަކުން އެ ޓީމުގެ ނިކޮލަސް ގޮންޒާލޭޒް ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ކޮލަމްބިއާގެ ކީޕަރު ޑޭވިޑް އޮސްޕީނާ އަތަށެވެ.

ކޮލަމްބިއާ އިން ނަތީޖާ ހަމަހަމަ ކުރަން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 60 ވަނަ މިނިޓްގަ އެވެ. ކޮލަމްބިއާގެ އެޑްވިން އާޖެންޓީނާގެ އޭރިއާތެރެއަށް ކުޅުނު ބޯޅައެއް ހޯދައި ކޮލަމްބިއާ ލުއިސް ޑިއާސް މި ގޯލު ޖެހީ ވެއްޓިގެންފައި ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒު ކޮށްލައިގެންނެވެ.

އާޖެންޓީނާ އަށް އަލުން ލީޑުނަގައިދޭން މެޗުގެ 80 ވަނަ މިނިޓްގައި މެސީ ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލައިފަ އެވެ. އެންހެލް ޑި މާރިއާ ހުސްކޮށްލާފައި ދިން ބޯޅަ މެސީ ފޮނުވާލި ނަމަވެސް އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. އެ ބޯޅަ ރީބައުންސްވެގެން އައި ވަގުތު އާޖެންޓީނާގެ ކުޅުންތެރިން ފޮނުވާލި ނަމަވެސް ކޮލަމްބިއާ ޑިފެންޑަރުން ވަނީ އެ ބޯޅަ ސަލާމަތްކޮށްފަ އެވެ.

ނަތީޖާ ނެރެން ޕެނަލްޓީ ޖެހިއިރު، ކޮލަމްބިއާގެ ފުރަތަމަ ޕެނަލްޓީ ހުއާން ކުއަޑްރާޑޯ ވަނީ ކާމިޔާބުކޮށްފަ އެވެ. އާޖެންޓީނާގެ ފުރަތަމަ ޕެނަލްޓީ މެސީ ވަނީ ކާމިޔާބުކޮށްފަ އެވެ. ކޮލަމްބިއާގެ ދެ ވަނަ ޕެނަލްޓީ ޑަވިންސަން ސަންޗޭޒް ފޮނުވާލި ނަމަވެސް އާޖެންޓީނާ ކީޕަރު އެމިލިއާނޯ މާޓީނޭޒް ވަނީ މަތަކޮށްފަ އެވެ. އާޖެންޓީނާ އަށް ލީޑުނަގައިދޭން ރޮޑްރީގޯ ޑެ ޕޯލް ޖެހި ޕެނަލްޓީ ދިޔައީ ހުރަސްދަނޑިމަތިންނެވެ. ކޮލަމްބިއާގެ ތިން ވަނަ ޕެނަލްޓީ ޔެރީ މިނާ ފޮނުވާލި ނަމަވެސް އެމިލިއާނޯ މާޓީނޭޒް ވަނީ އެ ބޯޅަ ވެސް މަތަކޮށްފަ އެވެ.

އާޖެންޓީނާގެ ތިން ވަނަ ޕެނަލްޓީ ކާމިޔާބުކޮށް ލެއަންޑްރޯ ޕަރޭޑޭސް ވަނީ އެ ޓީމަށް ޕެނަލްޓީގައި ލީޑުނަގައިދީފަ އެވެ. ކޮލަމްބިއާގެ ހަތަރު ވަނަ ޕެނަލްޓީ މިގޭލް ބޯހާ ވަނީ ކާމިޔާބުކޮށްފަ އެވެ. އަދި ލަޓާރޯ މާޓީނޭޒް ވަނީ އާޖެންޓީނާގެ ހަތަރު ވަނަ ޕެނަލްޓީ ކާމިޔާބުކޮށްފަ އެވެ. ކޮލަމްބިއާގެ ފަސް ވަނަ ޕެނަލްޓީ އެޑްވިން ކާޑޯނާ ފޮނުވާލިއިރު، ކީޕަރު އެމިލިއާނޯ މާޓީނޭޒް މަތަކުރުމުން އާޖެންޓީނާ ފަސް ވަނަ ޕެނަލްޓީ ޖަހަން ނުޖެހި މެޗުން މޮޅުވީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލްގައި 10 އަހަރު ހަމަވާ ގޮތަށް އާޓެޓާ ކޮންޓްރެކްޓް އާކޮށްފި

އާސެނަލްގެ ކޯޗުކަމުގައި 10 އަހަރު ހަމަވާ ގޮތަށް، މިކޭލް އާޓެޓާ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފި. މި އާ ކޮންޓްރެކްޓާއެކު އޭނާގެ މުސާރަ އަހަރަކު 15 މިލިއަން ޑޮލަރަށް ބޮޑުވެފައިވާއިރު، އޭނާގެ އިރުޝާދުގެ ދަށުން އާސެނަލުން އަންނަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން.

އޭޝިއަން ގޭމްސްގައި ރިހާން ގައުމީ ރެކޯޑެއް އާ ކޮށްފި

ޖަޕާނުގައި ކުރިއަށްދާ 20 ވަނަ އޭޝިއަން ގޭމްސްގައި، ރާއްޖޭގެ ފިރިހެނުންގެ 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް މުހައްމަދު ރިހާން ޝިހާމް އާކޮށްފި. ރިހާން މި ރެކޯޑް އާކުރީ 05:06.92 އިން ރޭސް ނިންމައިގެން ކަމަށްވާއިރު، މިއީ އޭނާ ކުރިން ހަދާފައިވާ ރެކޯޑަށްވުރެ ކުރިއެރުމެއް.

ސުޒެއިރުގެ މައްސަލަ ބަލަމުން ދަނިކޮށް ނިއު އިން ފުލުހަށް

ނިއު ރޭޑިއަންޓާއި މާޒިޔާ ބައްދަލުކުރި މެޗުގައި ހިނގި ހަމަނުޖެހުމުގައި، ނިއުގެ އެސިސްޓަންޓް ކޯޗަށް ހަމަލާދިން ކަމަށް ބުނާ މާޒިޔާގެ އެސިސްޓަންޓް ކޯޗު ސުޒޭރުގެ މައްސަލަ އެފްއޭއެމް އިން ބަލަން ފަށައިފި. އެފްއޭއެމް އިން މި މައްސަލަ ބަލަމުންދަނިކޮށް، ނިއު ރޭޑިއަންޓުން ވަނީ މި މައްސަލަ ފުލުހަށް ވެސް ހުށަހަޅާފައި

ނެދަލެންޑްސް އަށް ކުޅުން ކުރިއަށްގެންދަން ވެން ޑައިކް ނިންމައިފި

ނެދަލެންޑްސްގެ ގައުމީ ޓީމުން ރިޓަޔާކުރަން އުޅުނު ޑިފެންޑަރު ވާޖިލް ވެން ޑައިކް، އެ ޓީމުގެ އާ ކޯޗު ޒަވީއާ މަޝްވަރާކުރުމަށްފަހު 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް ކުޅުން ކުރިއަށްގެންދަން ނިންމައިފި. ޒަވީގެ ޕްލޭންތަކާ މެދު ހިތްހަމަޖެހިގެން ވެން ޑައިކް މިގޮތަށް ނިންމިއިރު، އޭނާ ދެން އެންމެ އަވަހަށް ކުޅޭނީ ކުރިއަށް އޮތް ނޭޝަންސް ލީގުގެ މެޗުތަކުން

ޕްރެޝަރު ބޮޑުވަމުންދާތީ އިންފަންޓީނޯގެ ރާގު ބަދަލުވެއްޖެ

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ނިންމަވާފައިވާއިރު، އިތުބާރު ހޯއްދެވުމުގެ ގޮތުން ފީފާގެ އިދާރީ އޮނިގަނޑު އިސްލާހުކޮށް ބޭރުގެ ފަރާތްތަކުން ރިވިއުކުރުމަށް މަރުހަބާ ކިޔާނެކަމަށް އޭނާ ވަނީ ވިދާޅުވެފައި

ކެރިއަރުގެ ފަހުކޮޅުގައި ސާއިދު ފަސް ވަނަ އޭޝިއަން ގޭމްސް އަށް

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު، އޭނާގެ ކެރިއަރުގެ ފަސްވަނަ އޭޝިއަން ގޭމްސްގައި ވާދަކުރަމުންދާއިރު، މިއީ އޭނާގެ ކެރިއަރުގެ ފަހުކޮޅު. 2010 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި އޭޝިއަން ގޭމްސްގައި ރާއްޖެ ތަމްސީލުކުރަމުންދާ ސާއިދު ބުނިގޮތުގައި، ގައުމީ ޒިންމާ އެންމެ މަތީ ފަންތީގައި އަދާކުރުމަކީ އޭނާއަށް ލިބޭ ބޮޑު ފަހުރު

ޝަކާ ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައެއް ބަލަނީ

ސްވިޒަލެންޑްގެ ގައުމީ ޓީމުގެ ކެޕްޓަން ގްރޭނިޓް ޝަކާ، ކޮވިޑް ވެކްސިން ޖެހިކަމުގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައެއް އެ ގައުމުގެ ޕްރޮސެކިއުޓަރުން ތަހުގީގު ކުރަން ފަށައިފި. މި މައްސަލައާ ގުޅިގެން ޝަކާ ވަނީ ގައުމީ ޓީމުގެ ކުރިއަށް ހުރި މެޗުތަކުގައި ބައިވެރިނުވާން ނިންމާފައި

Newsletter

Get the latest news delivered straight to your inbox