ހަމަލާއަކުން ޕާޓީ ނުފޮހެވޭނެ، ހައްގު މިންވަރު ހޯދައިދޭނަން: އެމްޑީޕީ

Jun 26, 2021, 6:46 AM
އެމްޑީޕީއަށް 16 އަހަރު ފުރުން ފާހަގަކުރަން މިއަދު ޕާޓީގެ އޮފީހުގައި ދިދަ ނެގުމުގައި ޗެއާޕާސަން ހަސަން ލަތީފާއި ނައިބު ރައީސް މުހައްމަދު ޝިފާޒް ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ/ އެމްޑީޕީ

އެމްޑީޕީއަށް 16 އަހަރު ފުރުން ފާހަގަކުރަން މިއަދު ޕާޓީގެ އޮފީހުގައި ދިދަ ނެގުމުގައި ޗެއާޕާސަން ހަސަން ލަތީފާއި ނައިބު ރައީސް މުހައްމަދު ޝިފާޒް ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ/ އެމްޑީޕީ

އެމްޑީޕީއަށް 16 އަހަރު މިއަދު ފުރުނީ ހަމަލާއަކުން ހިތާމަވެރި ހާލަތެއް މެދުވެރިކުރުވާފައި ވަނިކޮށް ކަމަށާއި އެމްޑީޕީގެ ފިކުރަށް ސީދާ އަމާޒުކޮށް އެފަދަ ހަމަލާތައް ދިނަސް ފަހަތަށް ނުޖެހޭނެ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ އަހަރީ ދުވަހުގެ ތަހުނިޔާ ޕާޓީގެ މެމްބަރުންނާއި ސަޕޯޓަރުންނަށް ފޮނުވަން ނެރުނު ބަޔާނުގައި ބުނީ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮމެއް ގޮއްވާލައި ދިން ހަމަލާއަކީ ޕާޓީއަށް އަމާޒުކުރި ހަމަލާއެއް ކަމަށެވެ. އެމަނިކުފާނުގެ ފުރާނަފުޅު ކިރިޔާ ސަލާމަތްވި އެ ހަމަލާ އިން ޕާޓީއަށް ސިހުމާއި ހިތާމަވެރިކަން ކުރިމަތިވެފައިވާ ކަމަށް ބުނެފައިވެ އެވެ.

"މި ޓެރަރިސްޓް ހަމަލާއަކީ އެމަނިކުފާނު އަވަހާރަކޮށްލުމަށް ދިން ހަމަލާއެއްގެ އިތުރަށް، މި ޕާޓީގެ ފިކުރަށާއި މި ޕާޓީ ބިނާވެފައިވާ އަސްލުތަކަށާއި މި ޕާޓީގެ ނުގުޑާ އަޒުމަށާއި ހިތްވަރަށް ދިން ހމަލާއެކެވެ،" ބަޔާނުގައިވެ އެވެ.

އެމްޑީޕީގެ މައި ހަރުގޭގައި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ޕާޓީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ/ އެމްޑީޕީ

އެމްޑީޕީން ބުނިގޮތުގައި އެފަދަ ހަމަލާއަކުން އެމްޑީޕީ ފޮހޮއެއްނުލެވޭނެ އެވެ. އެ ޕާޓީއަކީ ދިވެހިންނަށް ސިޔާސީ، އިޖުތިމާއީ، އިގްތިސާދީ އަދި ފަރުދީ މިނިވަންކަމާއި އިންސާނީ ހައްގުތަކާއި އިންސާފު ހޯދައިދިނުމުގެ މައްޗަށް ބިނާވެ ވަކާލާތުކުރާ ޕާޓީ ކަމަށް ބުންޏެވެ.

އެއީ ގިނަ ޕާޓީ އެކުލެވޭ ޑިމޮކްރެސީގެ ހަޔާތް ރާއްޖޭގައި ފެށުމުގެ އަސްލުކަން ފާހަގަކޮށް ބުނީ، ދިވެހިންނަށް ހޯދައިދީފައިވާ ކާމިޔާބީ އާއި ކުރިއެރުންތަކުގެ ސަބަބުން ރައްޔިތުންގެ އުންމީދާ އެންމެ ބޮޑަށް ގުޅިފައިވަނީ ވެސް އެ ޕާޓީ ކަމަށެވެ.

"މި ޕާޓީ އަބަދުވެސް ދެމިއޮންނާނީ މި ޕާޓީ ބިނާވެގެންވާ އަސްލުތައް ނަގަހައްޓައި ކުރިއެރުވުމަށާއި ރައްޔިތުންނަށް ހައްގު މިންވަރު ހޯދައިދިނުމަށެވެ،" ބަޔާނުގައި ބުންޏެވެ.

ރާއްޖޭގެ އެންމެ ފުރަތަމަ ސިޔާސީ ޕާޓީ، އެމްޑީޕީ އުފެއްދީ ޖޫން، 25، 2005ގަައި ސްރީ ލަންކާގަ އެވެ.

އެމްޑީޕީގެ އަހަރީ ދުވަސް ފާހަގަކުރަން މިއަދު ހެނދުނު ވަނީ ޕާޓީގެ މައި ހަރުގޭގައި ދިދަ ނަގައިފަ އެވެ. މީގެ އިތުރުން ވެސް ހަރަކާތްތަކެއް ހިންގަން ވަނީ ރާވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox