ކޮވިޑުގައި ޒުވާނާ ހާލު ސީރިއަސްވީ ކުއްލިއަކަށް، ސިޒޭރިއަނަށް ފަހު އަލަތު ދަރިފުޅު ނުފެނި މަރުވެއްޖެ

ސަމީއާ: އުމުރުން 25 އަހަރުގައި މަރުވީ ކޮވިޑު ޖެހި ކުއްލިއަކަށް ހާލު ސީރިއަސްވެގެން.

ސަމީއާ: އުމުރުން 25 އަހަރުގައި މަރުވީ ކޮވިޑު ޖެހި ކުއްލިއަކަށް ހާލު ސީރިއަސްވެގެން.

ކޮވިޑަށް ޕޮޒިޓިވްވި 25 އަހަރުގެ މާބަނޑު މީހަކު ސިޒޭރިއަން ހެދިތާ ހަފުތާއެއްހާ ދުވަސް ފަހުން މިއަދު މަރުވެއްޖެ އެވެ.

ކުއްލިއަކަށް ހާލު ސީރިއަސްވެ، ދުވަސްނުފުރައި ދަރިފުޅު ވިހެއުމަށް ފަހު މަރުވީ ފ. ނިލަންދޫ، ސަމީއާ އަހްމަދެވެ. ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެނިކޮށް ސަމީއާ މަރުވީ އަލަތު ދަރިފުޅު ނުފެނި އެވެ. އެކަމަކު ބަނޑަށް އަށް މަހުގައި ސިޒޭރިއަން ހަދައި ނެގި ދަރިފުޅުގެ ހާލު ރަނގަޅެވެ.

ސަމީއާގެ ފިރިމީހާ، ނަބީލް "އަދަދު"އަށް ބުނިގޮތުގައި، ކޮވިޑުގައި ހާލު ސީރިއަސްވުމުގެ ކުރިން އެއްވެސް ބައްޔަކަށް ބޭސްކުރަމުން ނުދެ އެވެ. އޭނާގެ ހާލު ކުއްލިއަކަށް ގޯސްވާން ފެށީ ކޮވިޑަށް ޕޮޒިޓިވްވުމުން ކަމަށް ބުންޏެވެ.

Advertisement

ގަވާއިދުން ހަދަން ޖެހޭ ސްކޭނަކަށް ސަމިއާ މިދިޔަ މަހުގެ ފަހުކޮޅު މާލެ އަ އެވެ. އޭނާ ކުއްލިއަކަށް ބަލިވީ މާލެއިން ގޮސް ކަރަންޓީންގައި ހުއްޓަ އެވެ.

ނިލަންދޫގައި ހުންނަ ފ. އަތޮޅު ހޮސްޕިޓަލުގައި މިދިޔަ މަހުގެ 24 ގައި އޭނާ އެޑްމިޓްކުރީ ބަލީގެ އަލާމާތްތައް ފެނިގެންނެވެ. އެ ދުވަހު ސާމްޕަލް ނަގައި ޕޮޒިޓިވްކަން އެނގުނީ 25ގަ އެވެ.

"އޭރުވެސް ކޮވިޑުގެ އުނދަގޫތައް ވަރަށް ބޮޑަށް ހުރި. ވަރަށް ބޮޑަށް ބަލިވެފައި އޮތީ، އެހެންވެ އިމަޖެންސީ ކޭސްއެއްގެ ގޮތުގައި މާލެ ފޮނުވާލީ،" ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވި އެވެ.

ސަމީއާ ވެސް ދިމާވީ ކޮވިޑުގައި ސީރިއަސްވާ އެހެން މީހުންނަށް ކުރިމަތިވާ ނޭވާލާން އުނދަގޫވުމެެވެ. ރަށުން މާލެ ފޮނުވާލަން ޖެހުނީ ވެސް އޮކްސިޖަން ގުޅައިފަ އެވެ.

މިދިޔަ މަހުގެ 27ގައި އައިޖީއެމްއެޗުގައި ފަރުވާދޭން ފެށި ފަހުން ވެސް ސަމީއާގެ ހާލަތަށް ބަދަލެއް ނާދެ އެވެ. އެހެންވެ ސިޒޭރިއަން ހަދައި ދަރިފުޅު ނެގީ މިދިޔަ މަހުގެ 29 ގަ އެވެ. އޭގެ އަށް ދުވަސް ފަހުން މިއަދު ސަމީއާ މަރުވީ އޮކްސިޖަން ނުހިފަހައްޓައިގެންނެވެ.

އެހާ ޒުވާން އުމުރުގައި، ކޮވިޑު ޖެހިގެން ކުއްލިއަކަށް ސަމީއާ ވަކިވެދިއުމުން އާއިލާ އާއި ނިލަންދުއަށް ވެސް ވަނީ ހިތާމަވެރިކަން ވެރިވެފަ އެވެ. ސަމީއާގެ ދެމަފިރިންގެ އަލަތު ދަރިފުޅަށް، އާއިލާ އިން ވަރަށް ބޮޑަށް ތައްޔާރުވަމުން އައި ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މާބަނޑު މީހުންގެ އަދަދު މިދޭތެރެއިން ވަރަށް ބޮޑަށް އިތުރުވި އެވެ.

އައިޖީއެމްއެޗުގެ ކުޑަކުދިންގެ ޑޮކްޓަރު އަދި އިމިއުނައިޒޭޝަން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގެ ޗެއާޕާސަން، ޑރ. މުހައްމަދު ފައިސަލް ވިދާޅުވެފައިވާ ގޮތުގައި މާބަނޑު މީހުން ގިނަ އަދަދަކަށް ޕޮޒިޓިވްވެ ބަލީގައި ބޮޑުވަރުވާ މިންވަރު ނުވަތަ އައިސީޔޫއަށް ނުވަތަ ވެންޓިލޭޓަރަށްލާން ޖެހުން އިތުރުވި އެވެ. ބަނޑަށް ދަރިފުޅު ނިޔާވުމާއި އެބޯޝަނަކަށް ދާން ޖެހުމުގެ އިތުރުން ދުވަސްނުފުރައި އުފަންވުމަކީ ވެސް ބަލީގައި ކުރިމަތިވެދާނެ ނުރައްކާތައް ކަަމަށް އޭނާ އޭރު ވިދާޅުވެފައިވެ އެވެ.

"ރާއްޖޭގައި އާއްމު ގޮތެއްގައި ދުވަސްނުފުރާ އުފަންވާ ރޭޓު އުޅެނީ ގާތްގަނޑަކަށް 13 ޕަސެންޓުގައި. މި ރޭޓު، 1-4 ޕަސެންޓް އިތުރުވާނެ ކަމަށް ބެލެވޭ ކޮވިޑާ ގުޅިގެން،" ފައިސަލް ވިދާޅުވެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox