ކޮންމެ ހާލަތެއްގައި ވެސް ދިވެހިން ގައުމީ ޓީމަށް ސަޕޯޓްކުރާނެ: އިމްރާން

ދުބާާއީ ޓްރެއިނިން ކޭމްޕްގެ ތެރެއިން އިމްރާން-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ދުބާާއީ ޓްރެއިނިން ކޭމްޕްގެ ތެރެއިން އިމްރާން-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ފުޓްބޯޅަ ހަޔާތުގައި މިހާތަނަށް ވެސް ފެނުނު ހަގީގަތަކީ ކޮންމެ ހާލަތެއްގައި ވެސް ދިވެހި ސަޕޯޓަރުން ގައުމީ ޓީމަށް ސަޕޯޓްކުރާތަން ކަމަށާއި އެހެން ކަމުން ކުރިއަށް އޮތް ވޯލްޑް ކަޕް ކޮލިފައިން މެޗުތަކުގައި ވެސް ދިވެހި ސަޕޯޓަރުންގެ އެހީތެރިކަން ގައުމީ ޓީމަށް ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ޓީމުގެ ގޯލްކީޕަރު ކޯޗު އަދި ކުރީގެ އެއް ވަނަ ކީޕަރު އިމްރާން މުހައްމަދު ބުނެފި އެވެ.

ސަތާރަ އަހަރު ގައުމީ ޓީމުގެ ގޯލު ބެލެހެއްޓި އިމްރާން ގައުމީ ޓީމުގެ ކޯޗިން ޓީމާ ގުޅުނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ.

އިމްރާން ބުނީ ކޮވިޑް-19ގެ ހާލަތާ ހުރެ މި ފަހަރު ގައުމީ ޓީމާ އެކު ކުރަން ޖެހޭ މި ތަޖުރިބާ އަކީ ފުޓްބޯޅަ ހަޔާތުގައި ވެސް ކުރިމަތިވާނެ އެންމެ އުނދަގޫ ހާލަތު ކަމަށެވެ.

"އަޅުގަނޑު ވެސް ވަރަށް ގިނަ ދުވަހު ބޯޅަ ކުޅުނިން. ހިއެއްނުވޭ މިވަރުގެ އުނދަގޫ ހާލަތެއް އައި ހެނެއް. އަޅުގަނޑުމެން ފުރަތަމަ ކޭމްޕް ކޮށްގެން ޕްރެކްޓިސް ކުރަން މި ޖެހުނީ (ހޮޓެލް ޖެންގެ) ބޯލް ރޫމުގައި އެއީ އަސްލު ހަގީގަތުގައި ކީޕަރެއްގެ ހައިސިއްޔަތުން ބުނެވޭނީ ގޯލްކީޕަރު ޓްރެއިނިން (ހޮޓެލް ޖެންގެ) ބޯލް ރޫމެއްގައި ނުހެދޭނެއޭ،" ދުބާއީ ޓްރެއިނިން ކޭމްޕްގެ ތެެރެއިން އިމްރާން ބުންޏެވެ.

ކޮންމެ ހާލަތެއްގައި ވެސް ދިވެހި ގައުމީ ޓީމަށް އަބަދު ވެސް ދިވެހިން ސަޕޯޓްކުރާނެ. ރާއްޖޭގައި އަޅުގަނޑުމެން ފުޓްބޯޅައިގައި ހޯދި ހުރިހާ ކާމިޔާބެއްގައި އަޅުގަނޑުމެންގެ 12 ވަނަ ކުޅުންތެރިޔާ އަބަދު ވެސް ތިބޭ. އަޅުގަނޑެއް ޝައްކެއް ނުކުރަން ދިވެހިން ގައުމީ ޓީމާ އެއްކޮށް ނުތިބޭނެއެކޭ - އިމްރާން

ގައުމީ ޓީމުން މަސައްކަތް ކުރީ އެ ހާލަތަށް ބިނާކޮށް އެ އިރެއްގައި ކުރެވޭނެ އެންމެ ރަނގަޅަށް ކަންތައްތައް ކުރުމަށެވެ. އިމްރާން ބުނީ މަދު ދުވަސްކޮޅެއްގައި ނަމަވެސް ގައުމީ ޓީމަށް ދުބާއީ ޓްރެއިނިން ކޭމްޕްގެ ތެރެއިން ދަނޑެއްގައި ޓްރެއިނިން ކުރިއަށް ގެންދެވުމަކީ މި ހާލަތުގައި ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ގައުމީ ޓީމު ކުޅޭ ފުރަތަމަ މެޗު އޮންނާނީ ހުކުރު ދުވަހުގެރޭ ރާއްޖެ ގަޑިން 21:00 ސީރިއާއާ ދެކޮޅަށެވެ. އަދި މި މަހު 11 ވަނަ ދުވަހު ޗައިނާއާ ކުޅޭނީ ރާއްޖެ ގަޑިން 22:00 ގަ އެވެ. އަދި ކޮލިފައިން ފަހު މެޗުގައި މި މަހު 15 ވަަނަ ދުވަހު ފިިލިޕީންސާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން ހަތެއް ޖަހާއިރު އެވެ. ހުރިހާ މެޗެއް ޕީއެސްއެމް އިން ލައިވްކޮށް ދައްކާގޮތަށް ވަނީ ހަަމަޖެހިފަ އެެވެ.

ޓީމަށް ލިބޭ ހިތްވަރެއް، އިމްރާނަށް އޮތް ހިތްހަމަޖެހުމެއް

އިމްރާން ގައުމީ ޓީމަށް ކުޅުން ހުއްޓާލީ 2016 ވަނަ އަހަރު، 11 އޮކްޓޫބަރު ވަނަ ދުވަހު ލާއޯސްއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު އެވެ.

ދުބާާއީ ޓްރެއިނިން ކޭމްޕްގެ ތެރެއިން އިމްރާން-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ގައުމީ ޓީމަށް 1999 ވަނަ އަހަރު ކުޅެން ފެށި އިމްރާން ރިޓަޔާ މި ކުރީ ގައުމީ ޓީމަށް 111 މެޗު ކުޅެ ދިނުމަށް ފަހު އެވެ. އޭނާ ވަނީ ރާއްޖޭން 2008 ވަނަ އަހަރުގެ ސާފު ޗެމްޕިއަންޝިޕް ކާމިޔާބު ކުރިއިރު މޮޅު ކުޅުމެއް ދައްކާފަ އެވެ. އަދި 2004 ވަނަ އަހަރު ގަދަފަދަ ދެކުނު ކޮރެއާއާ ލަނޑެއް ނުޖެހި ރާއްޖެ އެއްވަރު ވި މެޗާއި 2014 ވަނަ އަހަރު ރާއްޖޭގައި ބޭއްވި އޭއެފްސީ ޗެލެންޖު ކަޕުގެ ތިން ވަނަ ރާއްޖެ ހޯދިއިރު ވެސް އޭނާ މުހިއްމު ދައުރެއް އަދާކޮށްފައިވެ އެވެ.

"އަޅުގަނޑު ހަމަ އެންމެ ކުރިއްސުރެން ފަށައިގެން ރިޓަޔަމަންޓާ ހަމައަށް އައިއިރު ވެސް އަޅުގަނޑު މަސައްކަތްކުރީ ރާއްޖޭގައި ތިބި ކީޕަރުންނަށް ދެވެން އޮތް ހުރިހާ ފުރުސަތެއް ދިނުމަށް. އަޅުގަނޑާ އެކު އޭރު ކުޅުނު އެ ކީޕަރުންނާ އެކު (މިއަދު) މަސައްކަތް ކުރުން އެއީ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް. އަޅުގަނޑު ހުރީމަ ވެސް މި ކުޅުންތެރިންނަށް ހިތްވަރަކަށް އެބަވޭ. ބޭނުމަކީ ދިވެހިރާއްޖޭގެ ހުރިހާ ކީޕަރުންނަށް ކުރިއަށްދެވޭނެ މަގެއް ހޯދައިދިނުން،" އިމްރާން ބުންޏެވެ.

ގައުމީ ޓީމުގެ ގޯލްކީޕަރު ކޯޗު އަސްލަމް އަބްދުއްރަހީމްއާ އެކީ މަސައްކަތް ކުރުމަކީ ގޯލްކީޕަރު ކޯޗިންގައި ވެސް ގިނަ ކަންތައްތަކެއް ދަސްކުރަން ހުޅުވުނު ދޮރެއްގެ ގޮތުގައި އިމްރާން ދެކެ އެވެ. އިމްރާން ބުނީ އަސްލަމް އާއި އޭނާގެ ދަށުން ޓްރެއިންވާން މި ވަގުތު ގައުމީ ޓީމުގައި ތިބި ހަތަރު ކީޕަރުންނަކީ ވަރަށް ގައުމީ ޓީމަށް ކުޅެލަން ބޭނުންވެފައި ވަރަށް ރަނގަޅަށް ތިބި ކީޕަރުން ކަމަށެވެ.

ގައުމީ ޓީމުގައި ހިމެނޭ ހަތަރު ކީޕަރުންނަކީ މުހައްމަދު ފައިސަލް، މުހައްމަދު ޝަފީއު (ޗެކް)، ހުސެއިން ޝަރީފް (ހުސެން) އަދި އަލީ ނާޖިހު (ނާޖީ) އެވެ.

ކުރިއަށް އޮތް 12 ވަރަކަށް ދުވަހުގެ ތެރޭގައި ވޯލްޑް ކަޕް ކޮލިފައިންގެ ތިން މެޗަށް ގައުމީ ޓީމު ނުކުންނައިރު، ގޯލްކީޕަރުން ތަމްރީން ކުރުމުގެ އިތުރުން މި ވަގުތު އިމްރާނަށް އެހެން ޒިންމާއެއް ވެސް އެބައޮތެވެ. އެއީ މީގެ ކުރިން ސީނިއާ އެހެން ކުޅުންތެރިން ކައިރިން ދަސްވެފައި ހުރި ކަންތައްތައް ތަޖުރިބާގެ އަލީގައި މި ވަގުތު އޮތް ޒުވާން ޓީމަށް ހިއްސާކުރުމެވެ.

"ވަރަށް ބޮޑެތި މެޗުތަކަށް ތައްޔާރުވާއިރު ކުރީގައި އެ އުޅުނު ސީނިއާ ކުޅުންތެރިން އަޅުގަނޑުމެންނަށް ވަރަށް ހިތްވަރުދީ މެންޓަލީ އެ މެޗަކަށް ތައްޔާރުވާން އެދޭ އެހީތެރިކަން އޭރަކު ތިބޭ ސިނިއާ ކުޅުންތެރިން ދެމުން ދިޔައީ،" އިމްރާން ބުންޏެވެ.

"މިހާރު އަޅުގަނޑު ވެސް މީގެ ތެރޭގައި ހުރެ އަޅުގަނޑާ އެކު ވެސް ކުޅުނު ސީނިއާ ކުޅުންތެރިން ޓީމުގައި ތިބީމަ ފަސޭހަވޭ ޒުވާން ކުޅުންތެރިން ކުރިއަށް އޮތް ތިން މެޗަށް ތައްޔާރުކުރަން. ވަރަށް ގިނަ މަސައްކަތް އެބަކުރެވޭ. ގިނަ ވަގުތު ކުޅުންތެރިންނާ އެކު ހޭދަކޮށް މެޗުތަކުގައި ކަންތައް ކުރާނެ ގޮތާ އެއްޗެހި ބުނެދީ ހަދަން،"

އިމްރާން ޓީމާ އެކު ހުރުމަކީ ކުޅުންތެރިންނަށް ވެސް ލިބޭ ހިތްވަރެއް ކަމަށް ކޯޗިން ސްޓާފުންނާއި ކުޅުންތެރިން ވެސް ގަބޫލުކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކެރިކް ވަކިކޮށްފިނަމަ ޔުނައިޓެޑްގެ ކޯޗުކަން ޕޮޗެޓީނޯ އަށް: ރިޕޯޓް

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކޮށްފިނަމަ، އެ މަގާމަށް އެމެރިކާ ގައުމީ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ގެނައުމަށް އެ ކްލަބުން އަންނަނީ ވިސްނަމުންނެވެ. ލީގުގެ ރެލިގޭޝަން ޒޯނަށް ވެއްޓިފައިވާ ޔުނައިޓެޑުން ކެރިކާ މެދު ގޮތެއް ނިންމުމަށް ބޯޑު ބައްދަލުވުންތައް ބާއްވަމުންދާއިރު، ޕޮޗެޓީނޯގެ އިތުރުން ނާގަލްސްމަން އާއި އެޑީ ހޯވް ފަދަ ކޯޗުންނަށްވެސް އެ ކްލަބުން ފާރަލަމުންދެއެވެ.

ޕާކިސްތާނުން ތަށްޓާ މެދު އަދި ނުވިސްނާ

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ބަލިކޮށް ޕާކިސްތާނުން ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރި ނަމަވެސް، އެ ޓީމުގެ މިހާރުގެ އަމާޒަކީ ހަމައެކަނި ފައިނަލަށް ދިއުން ކަމަށް ކޯޗު ސޮލާނޯ ބުނެފި. އަށް އަހަރަށްފަހު ސެމީއަށް ދަތުރުކުރި ޕާކިސްތާނުން ތަށްޓާ މެދު ވިސްނުމުގެ ބަދަލުގައި މިވަގުތު އިސްކަންދެނީ ކުރިއަށް އޮތް ސެމީ މެޗަށް ރަނގަޅަށް ތައްޔާރުވުމަށް

ރައުލް، ރެއާލް އޮވިއޭޑޯގެ ކޯޗަކަށް ހަމަޖައްސައިފި

ރެއާލް މެޑްރިޑްގެ ލެޖެންޑް ރައުލް ގޮންޒާލޭޒް، ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ ކްލަބް ރެއާލް އޮވިއޭޑޯގެ ކޯޗަކަށް 2028 ވަނަ އަހަރުގެ ނިޔަލަށް ހަމަޖައްސައިފި. އޭނާ މި މަގާމާ ހަވާލުވީ ރެއާލް މެޑްރިޑްގެ ރިޒާވް ޓީމުގައި ހަ އަހަރު ދުވަހު ކޯޗުކަން ކުރުމަށްފަހު، ނަތީޖާ ދަށްވުމުގެ ސަބަބުން ވަކިކުރި ޖޫލިއަން ކަލޭރޯގެ ބަދަލުގައި

ތަޖުރިބާ ރަނގަޅު، ބޭނުމީ ވަރުގަދަ ޓީމުތަކާ ކުޅެން: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ތިންވަނަ ރާއްޖެއަށް ލިބުނުއިރު، މިއީ ގައުމީ ޓީމުގެ ކުރިއެރުމަށް ލިބުނު ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށް ކެޕްޓަން އިމްރާން (އިންމި) ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ރާއްޖޭގެ ޓީމުން މިހާރު ބޭނުންވަނީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެގެން ފެންވަރު ރަނގަޅުކުރަން ކަމަށް

ރާއްޖެ ކައިރިން މޮޅުވެ ޗައިނާ އަށް ޗެމްޕިއަންކަން

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ފަހު މެޗުގައި ރާއްޖެ 8-3 އިން ބަލިކޮށް، ކުޅުނު ތިން މެޗުން މޮޅުވެގެން ޗައިނާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. މި މުބާރާތުގައި ރާއްޖެއަށް ލިބުނީ ތިން ވަނަ މަގާމު ކަމަށްވާއިރު، ރާއްޖެއިން ވަނީ ހޮންގް ކޮންގް އަތުން ބޮޑު މޮޅެއް ހޯދައި ދެކުނު ކޮރެއާ އަތުން ބަލިވެފައި

ގަލޮޅު ދަނޑު ފުޓްބޯޅަ ކުޅުމާއި މުނިފޫހިފިލުވޭނެ ތަނަކަށް ހަދަނީ

ގަލޮޅު ދަނޑު ތަޅާލުމަށްފަހު، އެތަނަކީ ފުޓްބޯޅައިގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ބޭއްވޭނެ ފަދަ ހިތްގައިމު މަރުކަޒަކަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފައި. މި މަޝްރޫޢުގެ ދަށުން ދަނޑުގެ ޕިޗާއި ސިޑިބަރިތައް އައުކޮށް، އާންމުންނަށް ފަސޭހައިން ވަދެނިކުމެ އުޅެވޭނެހެން އެ ސަރަހައްދު ތަރައްގީކުރާނެ

ޔުނައިޓެޑްގެ ކޯޗުކަމުން އިސްތިއުފާ ނުދޭނެ ކަމަށް ކެރިކް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވެ ޓީމު ރެލިގޭޝަން ޒޯނަށް ވެއްޓިފައިވީ ނަމަވެސް، މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ކޯޗު މައިކަލް ކެރިކް ބުނެފި. ކެރިކް ގަބޫލުކުރާ ގޮތުގައި ހެދޭ ގޯސްތައް ރަނގަޅުކޮށްގެން ޓީމުގެ ހާލަތު ބަދަލުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް.

Newsletter

Get the latest news delivered straight to your inbox