ބާސެލޯނާ އިން އަހަރެންގެ އަގުވަޒަން ނުކުރި: ސުއަރޭޒް

May 23, 2021, 3:57 AM
ރޭގެ މެޗަށް ފަހު ސުއަރޭޒް ފޯނުން އާއިލާއާ ވާހަކަ ދައްކަނީ.

ރޭގެ މެޗަށް ފަހު ސުއަރޭޒް ފޯނުން އާއިލާއާ ވާހަކަ ދައްކަނީ.

މެޑްރިޑް (މެއި 23) - ބާސެލޯނާ އިން އޭނާގެ އަގުވަޒަން ނުކުރި ކަމަށް އެތުލެޓިކޯ މެޑްރިޑަށް މި ފަހަރު ސްޕެނިޝް ލީގު ޗެމްޕިއަންކަން ހޯދައިދޭން އެހީތެރިވި ލުއިސް ސުއަރޭޒް ބުނެފި އެވެ.

މި ސީޒަނުގައި ސުއަރޭޒް އެންމެ ފުރަތަމަ ބާސެލޯނާ ދޫކޮށް ބަދަލުވާން އުޅުނީ އިޓަލީގެ ޗެމްޕިއަން ޔުވެންޓަސްއާ އެވެ. އެކަމަކު އެ ޓީމަށް ބަދަލުވާން ހަދަން ޖެހޭ ޕާސްޕޯޓް ހެދޭހާ މުއްދަތު އޮއްވައި ބާސެލޯނާ އިން އޭނާ ދޫކޮށްލުމުގެ ކަންތައްތައް ނިންމައިނުދޭތީ އެ ޑީލް ނުހިނގި އެވެ. ސުއަރޭޒް ޔުވެންޓަސް އަށް ބަދަލުވާން މަސައްކަތް ކުރިއިރު އޭނާ ބޭނުންވީ ބާސެލޯނާގެ ކޮންޓްރެކްޓްގެ ބާކީ އޮތް މުއްދަތަށްވާ 14 މިލިއަން ޔޫރޯ ހޯދާށެވެ. އެކަމަކު އެ ދޭން ބޭނުންނުވާތީ ބާސެލޯނާ އިން ފަހުން ހަތް މިލިއަން ޑޮލަރުގެ އަގަކަށް އެތުލެޓިކޯ އަށް ސުއަރޭޒް ވިއްކާލީ އެވެ.

މިދިޔަ ދެ ހަފްތާގައި އެންމެ ޕްރެޝަރު ވަގުތުގައި އެތުލެޓިކޯ ފަހަތުން އަރައި މޮޅުވިއިރު، މޮޅުކޮށްދިން ގޯލު ޖެހީ ސުއަރޭޒް އެވެ. މި ފަހަރު ލީގުގައި ޖުމްލަ 21 ގޯލު ސުއަރޭޒް ވަނީ ޖަހައިފަ އެވެ. ރޭގެ މެޗަށް ފަހު ސުއަރޭޒް ދަނޑުމަތީގައި އިށީނދެގެން އިނީ ފޯނުން އަމިއްލަ އާއިލާއާ ވީޑިއޯ ކޯލެއް ކުރާށެވެ. އެ ވަގުތު އޭނާ ދިޔައީ ލޮލުން އޮހޮރެމުން ދިޔަ ކަރުނަތައް ފޮހެމުންނެވެ.

"ބާސެލޯނާ އިން އަހަރެންގެ އަގުވަޒަންނުކުރި. އަހަރެެން މި ހުރީ ވަރަށް އުފަލުން އެތުލެޓިކޯ އިން އަހަންނަށް މި ފުރުސަތު ދިނީތީވެ. އަހަރެންނަށް މި ލެވަލްގައި އަދިވެސް މޮޅަށް ކުޅެވޭނެކަމަށް އިތުބާރުކޮށް އެތުލެޓިކޯ އިން އެ ބެހެއްޓި ގާތްކަމަށް ޝުކުރު އަދާކުރަން. ވަރަށް ގިނަ ބަޔަކު އަހަންނާ އެކު މި ކަމުގެ ތެރޭގައި ވަރަށް ކަންކަމާ ކުރިމަތިލައިފި. އަހަންނާއި އަހަރެންގެ އަންހެނުންނާއި ދަރިންތަކަށް ވެސް މިއީ އުފާވެރި ވަގުތެއް،" ރޮވިފައި ހުރެ ސުއަރޭޒް މީޑިއާ އަށް ބުންޏެވެ.

ސުއަރޭޒަށް ބާސެލޯނާ އިން މި ފަހަރު ފުރުސަތެއް ނެތްކަން އެންގީ ކޯޗު ރޮނާލްޑް ކޫމަންގެ ފޯނު ކޯލެއް މެދުވެރިކޮށެވެ. ބާސެލޯނާއާ އެކު ހަތަރު ފަހަރު ސްޕެނިޝް ލީގު ކާމިޔާބުކުރި ސުއަރޭޒް އެ ޓީމު ދޫކޮށްލިއިރު، ބާސެލޯނާ އިން ސުއަރޭޒަށް ހަމަޖެއްސި ފެއާވެލްގައި އެ ކްލަބްގައި އޭރު އޮތް ކުރީގެ ރައީސް ޖޯސެފް ބާޓޮމެއުގެ ލީޑަޝިޕްގެ އިސް އެއްވެސް މީހަކާ އެކު ފޮޓޯއެއް ނަގަން ސުއަރޭޒް ބޭނުމެއް ނުވި އެވެ.

އުމުރުން 34 އަހަރުގެ ސުއަރޭޒް ދޫކޮށްލަން ބާސެލޯނާ އިން ކަންތައް ކުރި ގޮތުން އެ ޓީމުގެ ކެޕްޓަން އަދި ސުއަރޭޒާ ގާތް ގުޅުމެއް އޮންނަ ލިއޮނަލް މެސީ ވަރަށް ބޮޑަށް އޭރު ހިތްހަމަނުޖެހުން ފާޅުކުރި އެވެ. މިހާރު ވެސް ސުއަރޭޒާއި މެސީ އަކީ ދެ ރަހުމަތްތެރިންނެވެ.

އެތުލެޓިކޯއާ އެކު ސުއަރޭޒް ސޮއިކުރީ ދެ އަހަރުގެ އެއްބަސްވުމެއްގަ އެވެ. އެކަމަކު އެ ކޮންޓްރެކްޓްގައިވާ ގޮތުން ފުރަތަމަ ސީޒަން ނިމުމުން ވަކި މާއްދާ އަކަށް ބެލުމަށް ފަހު ކޮންޓްރެކްޓް އުވާލުމުގެ އިހުތިޔާރު ދެ ފަރާތަށް އޮވެ އެވެ. އެތުލެޓިކޯގައި މަޑުކުރުމާ މެދު ގޮތެއް ނިންމުމުގެ އިހުތިޔާރު އޮތީ ލުއިސް ސުއަރޭޒް އަތުގައި ކަމަށް އެ ކްލަބްގެ ރައީސް އެންރީކޭ ސެރޭޒޯ ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox