ޗެމްޕިއަންސް ލީގު ފައިނަލް ހޯސްޓްްކުރަން ޕޯޗުގަލުން ވެސް ބޭނުން

May 10, 2021, 7:51 PM
ޗެމްޕިއަންސް ލީގު ފައިނަލް ހޯސްޓްްކުރަން ޕޯޗުގަލުން ވެސް ބޭނުން

ލިޒްބަން (މެއި 11) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ކުޅެން ހަމަޖެހިފައި އޮތް ތުރުކީގައި ކޮވިޑްގެ ހާލަތު ގޯސްވެފައިވާތީ އެ މެޗު އެ ގައުމުގައި ނުކުޅެން ޔުއެފާ އިން ނިންމާފައިވާއިރު، އެ މެޗު ހޯސްޓްކުރަން ޕޯޗުގަލް އިން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.

ތުރުކީގެ އިސްތަންބޫލްގައި މިދިޔަ އަހަރު ބާއްވަން އޮތް ފައިނަލް ވެސް ފަހުން ކުޅުނީ ޕޯޗުގަލްގެ ލިޒްބަންގަ އެވެ. މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލުން ފެށިގެން މިނީ ޓޯނަމެންޓެއް ގޮތަށް ކުޅެ 11 ދުވަސްތެރޭ ނިންމާލީ ޕޯޗުގަލްގައި ހުރިހާ މެޗެއް ކުޅެގެންނެވެ. މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލް ތާވަލުކޮށްފައިވަނީ މި މަހު 29 ވަނަ ދުވަހު އެވެ.

ކޮވިޑްގެ ކޭސްތައް ތުރުކީގައި ގިނަވެފައިވާތީ ގިނަ ގައުމުތަކުން އަންނަނީ ތުރުކީ އަށް ދަތުރު ކުރުމުގައި ސަމާލުވާން އަންގައިފަ އެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލުގައި މި ފަހަރު ކުޅޭނީ އިންގްލެންޑަށް ނިސްބަތްވާ ދެ ކްލަބް ކަމަށްވާ ޗެލްސީ އާއި މެންޗެސްޓާ ސިޓީ އެވެ. އިންގްލެންޑުން ވަނީ ތުރުކީ އަށް ދަތުރުކުރުމުގައި ހަރުކަަށި އުސޫލުތަކެއް ކަނޑައަޅައިފަ އެވެ. ތުރުކީ އަށް ދަތުރުކުރުމުގައި ސިޓީ އާއި ޗެލްސީ އަށް އުނދަގޫތަކެއް ހުރުމުން އެ މެޗު އިންްގްލެންޑްގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅެފާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.

Advertisement

އިންގްލެންޑް ސަރުކާރާއި އެ ގައުމުގެ އެފްއޭ އަދި ޔުއެފާ އިން ބާއްވަމުން އަންނަ މަޝްވަރާތަކުގައި ވެމްބްލީގައި ފައިނަލް ކުޅެން އެއްބަސްވުމަކަށް ނާދެވިފައި އޮތީ ޔުއެފާ އިން ބޭނުންވާ އަދަދަށް ސަޕޯޓަރުން ދަނޑަށް ވައްދައިގެން ކުޅެން އިންގްލެންޑްގެ ސަރުކާރުން ހުއްދަނުދީގެންނެވެ. އެކަމަށް ހައްލެއް ލިބުނުހާ އަވަހަކަށް އެ މެޗު ވެމްބްލީގައި ކުޅޭ ގޮތަށް ހަމަޖެހިގެންދާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ރިޕޯޓްތައް ބުނާގޮތުން ޔުއެފާ އިން ބޭނުންވަނީ 20،000 މީހުންނަށް މަދުވެގެން ވަދެވޭ ގޮތަށް މެޗު ކުރިއަށްގެންދާށެވެ. އިންގްލެންޑްގެ ސަރުކާރުގެ ވިސްނުމަކީ އެ ދަދަދު 12،000 އަށް ވުރެ އިތުރު ނުކުރުމެވެ.

ވެމްބްލީގައި މެޗު ކުޅޭނަމަ އިނގިރޭސި ޗެމްޕިއަންޝިޕްގެ ޕްލޭއޮފް މެޗު ކުޅޭ ތާރީހު ފަސްކުރަން ޖެހޭނެ އެވެ. އިނގިރޭސި ދެ ވަނަ ޑިވިޝަނުން ޕްރިމިއާ ލީގަށް ޕްލޭއޮފް މެދުވެރިކޮށް ހޮވޭ ޓީމު ކަނޑައަޅާ މެޗަކީ ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ އަގުބޮޑު މެޗެވެ. އެ މެޗު މި ވަގުތު ތާވަލުކޮށްފައި އޮތީ މި މަހު 29 ވަނަ ދުވަހަށެވެ. އެއީ ހަމަ ޗެމްޕިއަންސް ލީގު ފައިނަލް ވެސް އޮތް ދުވަހެވެ. އެކަމަކު އިނގިރޭސި އެފްއޭ އިން ވަނީ ޗެމްޕިއަންސް ލީގު ވެމްބްލީގައި ކުޅެވޭ ގޮތްވެއްޖެނަމަ ޕްލޭއޮފް ކުޅޭ ތާރީހު ބަދަލުކުރަން ތައްޔާރަށް ހުރި ކަމަށް ބުނެފަ އެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު އިންގްލެންޑްގެ އެސްޓަން ވިލާ ދަނޑު، ވިލާ ޕާކުގައި ބާއްވަން އެ ކްލަބުން ހުށަހެޅި ނަމަވެސް އެ ދަނޑުގެ ހާލަތު އެންމެ ރަނގަޅު ލެވަލެއްގައި ނެތުމުން ޔުއެފާ އިން އެސްޓަން ވިލާގެ ޕްރޮޕޯސަލް ބަލައެއް ނުގަތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox