ހަޅުތާލުކުރީ ޔުނައިޓެޑްގެ މެޖޯރިޓީ ސަޕޯޓަރުން ކަމެއް ނޭނގެ: ވެންގާ

May 3, 2021, 6:40 AM
އާސެނަލްގެ ކުރީގެ ކޯޗު ވެންގާ.-- ފޮޓޯ: އޭއެފްޕީ

އާސެނަލްގެ ކުރީގެ ކޯޗު ވެންގާ.-- ފޮޓޯ: އޭއެފްޕީ

ލަންޑަން (މެއި 3) - މެންޗެސްޓާ ޔުނައިޓެޑްގެ ވެރިންނާ ދެކޮޅަށް ސިލްސިލާކޮށް އެ ކްލަބްގެ ސަޕޯޓަރުން ބާއްވަމުން އަންނަ އެއްވުން ތަކުގައި ބައިވެރިވަނީ ކްލަބްގެ މެޖޯރިޓީ ސަޕޯޓަރުންތޯ އާސެނަލްގެ ކުރީގެ ކޯޗު އަދި ފީފާގެ އޮފިޝަލް އާސެން ވެންގާ ސުވާލު އުފައްދައިފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޔުނައިޓެޑުން ވާދަވެރި ލިވަޕޫލާ ދެކޮޅަށް ކުޅެން އޮތް މެޗު ފަސްކުރަން ޖެހުނީ މެޗުގެ ކުރިން ޔުނައިޓެޑްގެ ސަޕޯޓަރުން ދަނޑުބޭރުގައި ބޭއްވި ހަޅުތާލު ކޮންޓްރޯލުން ނައްޓައި 200 އެއްހާ ސަޕޯޓަރުން ދަނޑަށް ވެސް ވަނުމުންނެވެ.

ޔުނައިޓެޑް ސަޕޯޓަރުންގެ ރުޅިގަނޑު ފަޅައިގެންދިޔައީ ދާދި ފަހުން ފީފާ އާއި ޔުއެފާއާ ދެކޮޅަށް ގެންނަން އުޅުނު ޔޫރަޕިއަން ސުޕަ ލީގުގައި ބައިވެރިވާން ޔުނައިޓެޑްގެ ވެރިން ކަމަށްވާ ގްލޭޒާ އާއިލާ އިން ނިންމުމުންނެވެ. ސަޕޯޓަރުންގެ ފާޑުކިޔުންތަކާއި އެއްވުންތަކާ ހެދި ޔުނައިޓެޑުން ސުޕަ ލީގުން ވަކިވި އެވެ. އެކަމަކު އެ ހިސާބުން ވެސް ސަޕޯޓަރުންގެ ހިތްހަމަނުޖެހުންތައް މަދެއްނުވި އެވެ. ހަޅުތާލުކުރާ ސަޕޯޓަރުން މިހާރު ޑިމާންޑްކުރަނީ ގްލޭޒާ އާއިލާ އިން ޔުނައިޓެޑް ދޫކޮށްލުމަށެވެ.

ހަޅުތާލުގެ ތެރެއިން ޔުނައިޓެޑްގެ ސަޕޯޓަރުން ދަނޑުމަތީގައި.

ވެންގާ ވަނީ އާސެނަލްގެ ކޯޗަކަށް ހުރިއިރު، އެ ކްލަބްގެ ސަޕޯޓަރުންގެ ފަރާތުން ކުރިމަތިވި ގިނަ ޗެލެންޖްތަކާ ކުރިމަތިލައިފަ އެވެ. ވެންގާ ބުނީ އާސެނަލްގައި ވެސް އޭނާ ކުރި ކަމަކީ އޭނާ މަގާމުން ދުރުކުރަން ސަޕޯޓަރުން ބޭއްވި އެއްވުންތަކާ ބެހޭގޮތުން ދިރާސާއެއް ކުރީ ކަމަށެވެ.

"އެންމެ ފުރަތަމަ ކަމަކަށް އަހަރެމެން އޮޅުންފިލުވަން ޖެހޭ ހަޅުތާލު މިކުރަނީ ޔުނައިޓެޑްގެ މެޖޯރިޓީ ސަޕޯޓަރުންތޯ،" ވެންގާ ބުންޏެވެ.

"އަހަރެމެން މި އުޅޭ މުޖުތަމައު އިން ފެންނަ ހަގީގަތަކީ ހަޅުތާލުކުރާ މީހުންނަކީ އާންމުކޮށް މެޖޯރިޓީއެއް ނޫން. މީޑިއާ އިން ހަމައެކަނި ބަލަނީ މައިނޯރިޓީން ކުރާ ކަންތައްތައް،"

ވެންގާ ބުނީ އޭނާ އަކީ ސުޕަ ލީގުގެ ހިޔާލާ އެންމެ ފުރަތަމަ ވެސް ދެކޮޅު މީހެއް ކަމަށާއި އެ ހަގީގަތް ބަދަލުނުވާނެ ކަމަށެވެ. އެކަމަކު ފުޓްބޯޅަ ކްލަބެއްގެ ވެރިންނާ މެދު ހިތްހަމަނުޖެހިގެން ކުރާ ހަޅުތާލެއްގެ ސަބަބުން ފުޓްބޯޅަ މެޗެއް ހުއްޓިދާނެ ފަދަ ހާލަތެއް ކުރިމަތިވެއްޖެނަމަ އެއީ ފުޓްބޯޅަ އަށް ލިބޭ ދެރައެއްގެ ގޮތުގައި ވެންގާ ގަބޫލުކުރެ އެވެ.

ރިޕޯޓްތައް ބުނާގޮތުގައި ސަޕޯޓަރުން ކޮންޓްރޯލް ނުކުރެވުނު މައްސަލައިގައި ޔުނައިޓެޑަށް ބޮޑު ޖޫރިމަނާއެއް އައުމުގެ ފުރުސަތު ބޮޑެވެ. ޔުނައިޓެޑްގެ ސަޕޯޓަރުންގެ ގްރޫޕްތަކުން ވަނީ މި ސީޒަނުގައި ޔުނައިޓެޑް ދަނޑުގައި ބާކީ ހުރި ހުރިހާ މެޗެއްގެ ކުރިން ދަނޑު ކައިރީގައި އެއްވުން ބާއްވަން ނިންމައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox