ވިލާ ހަކަތައިން "ވިލާ ގޭސް އީދު ޕްރޮމޯޝަން 2021" ނަމުގައި ޕްރޮމޯޝަނެއް އިއްޔެ ފަށައިފި އެވެ.
މި ޕްރޮމޯޝަނުގައި ވިލާގެ މޯބައިލް އެޕްލިކޭޝަނަށް ރަޖިސްޓްރީވުމުން އެ ކުންފުނިން ހިންގާ ވިލާ މާޓުން ވިޔަފާރި ކުރުމަށް 100 ރުފިޔާގެ ކޫޕަނެއް ލިބޭނެ އެވެ.
މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް ކިއުއާރު ކޯޑު ސްކޭން ކުރުމަށް ފަހު ވިލާ ގޭސް އެޕްލިކޭޝަން އިން ރަޖިސްޓްރީ ކުރެވޭނެ އެވެ. އެޕްލިކޭޝަނުގައި ރަޖިސްޓްރީ ކުރާ މީީހުންގެ ތެރެއިން ނަސީބުވެރި 20 ފަރާތަކަށް ވިލާ މާޓް ކޫޕަން ލިބޭނެ އެވެ.
ވިލާ މާޓަކީ ވިލާ ކުންފުނިން މި ފަހުން ފަރީދީ މަގުގައި ހުޅުވި ފިހާރައެކެވެ. އެތަނުން ވިއްކަނީ ކެއިންބުއިމުގެ އެކި ބާވަތްތަކެވެ. މި ފިހާރަ ހުންނަނީ ފަރީދީ މަގު ފެންޓަސީ ސްޓޯރު ކުރިމަތީގަ އެވެ.
މި ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މެއި 13 އާ ހަމައަށެވެ.
ވިލާ ހަކަތް އަކީ 2003 އިން ފެށިގެން ގޭހާއި ޑީސެލް އަދި މިނޫން ގިނަ ހިދުމަތްތައް ދެމުން އަންނަ ކުންފުންޏެކެވެ.










