ފިއްލަދޫ ހުސެއިން މަނިކު: ސިފައިންގޭގެ ފަހުރުވެރި މާލިމީ

ކެޕްޓަން ފިއްލަދޫ ހުސެއިން މަނިކު. --ފޮޓޯ: އަބްދުﷲ ސައީދު، އާޓްވޯކް: އަހުމަދު އިހުސާން (އަރަކަ އާޓްސް)

ކެޕްޓަން ފިއްލަދޫ ހުސެއިން މަނިކު. --ފޮޓޯ: އަބްދުﷲ ސައީދު، އާޓްވޯކް: އަހުމަދު އިހުސާން (އަރަކަ އާޓްސް)

އެއީ ރައީސް މައުމޫން އަބްދުލްގައްޔޫމް ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވިތާ އަހަރެއް ފަހުން 1979 ވަނަ އަހަރު އެމަނިކުފާނު ލ. އަތޮޅަށް ކުރެއްވި ދަތުރުފުޅެކެވެ. އެ ދަތުރުފުޅުގެ ތެރެއިން ހައްދުންމަތީ މަސްވެރިންގެ ފަރާތުން ރައީސް މައުމޫނަށް އެނގިވަޑައިގަތީ ހިތަދޫ ކަނޑުތެރޭގައި ބޭރު ބަޔަކު ގަވާއިދާ ހިލާފަށް މަސްވެރިކަންކުރަމުންދާ ކަމެކެވެ. އެއާ އެކު ރައީސް އެންގެވުމަށް، އެމަނިކުފާނުގެ ސެކިއުރިޓީ ލޯންޗް ސިލްވާ ބީމުގައި، އެ ލޯންޗުގެ ކެޕްޓަން ފިއްލަދޫ ހުސެއިން މަނިކު ބޯޓު އަތުލައިގަނެވޭތޯ ދިޔަ އެވެ. އެކަމަކު ސިލްވާ ބީމަށް ވުރެ ބޯޓުގެ ސްޕީޑް ބާރުވުމުން އެކަން ކާމިޔާބެއް ނުވި އެވެ.

އެއީ ނާކާމިޔާބަކަށްވީ ނަމަވެސް، އެކަންވީ "ނަސީބަކަށެވެ". ކަންވީ ގޮތް ހުސެއިން މަނިކު، ރައީސަށް ދެންނެވުމުން، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ސްޕީޑް ބާރު ލޯންޗް ދެއްވަން ރައީސް ނިންމެވި އެވެ. ހުސެއިން މަނިކު ވެގެންދިޔައީ ސިފައިންގެ ތެރެއަށް ކޯސްޓުގާޑް ހިދުމަތް ތައާރަފްވުމަށް މެދުވެރިއަކަށްވި ކެޕްޓަނަށެވެ.

ކެޕްޓަން ރިޓަޔާޑް ހުސެއިން މަނިކަކީ، ސިފައިންގޭގެ ތާރީހު ދިރާސާކުރައްވާ ކޮމާންޑް ސާޖަންޓް މޭޖާ އަބްދުﷲ ސައީދު ލިޔުއްވާފައިވާ ގޮތުގައި، އައުޓްބޯޑު އިންޖީނު އެޅި ތިން ލޯންޗާ އެކު 1980 ވަނަ އަހަރު ސިފައިންގެ ލޯންޗް ސެކްޝަންގެ ނަމުގައި ކޯސްޓްގާޑުގެ ހިދުމަތް ފެށުނުއިރު އޭރު ހުރި އެންމެ މޮޅު އަދި އެންމެ އިތުބާރުކުރެވޭ ކެޕްޓަނެވެ.

އޭޕްރިލް 4، 2019 ގައި އޭނާ އުމުރުން 79 އަހަރުގައި މި ދުނިޔެ ދޫކުރެއްވީ، ދިވެހި އަސްކަރިއްޔާގެ ޝަރަފްވެރި ހިދުމަތްތެރިއެއްގެ ގޮތުގަ އެވެ. އޭނާ އަކީ ސިފައިންގެ ހިދުމަތުގެ ޝަރަފުގެ ނިޝާން ތައާރަފްކޮށް، 1985 ވަމަ އަހަރު އެންމެ ފުރަތަމަ ކުލަ ލިބިވަޑައިގެންނެވި އަށް ބޭފުޅުންގެ ތެރެއިން އެކެކެވެ. ހއ. ފިއްލަދޫ އަށް އުފަން ހުސެއިން މަނިކަކީ، މުޅި ތިލަދުންމަތި ފަހުރުވެރިކޮށްދިން ސިފައިންގެ ބޭކަލެއް ވެސް މެ އެވެ.

އިބްރާހިމް ފާމުލަދޭރި ކިލެގެފާނުގެ ބޮޑުވަޒީރުކަމުގައި 1957 ވަނަ އަހަރު އޭނާ ސިފައިންގޭގެ ހިދުމަތާ ގުޅިވަޑައިގެންނެވި އިރު އުމުރަކީ 18 އަހަރެވެ. އޭރު ސިފައިންގޭގައި ތިބީ އޭނާއާ އެކު 66 ބޭކަލުންނެވެ. ސައީދު ލިޔުއްވާފައިވާ ގޮތުގައި ހުސެއިން މަނިކުގެ ހިތްވަރު ގަދަކަމާއި ޖެހިލުން ކުޑަކަމާއި ޖިސްމާނީ ދުޅަހެޔޮކަމާއި ހަށިހެޔޮކަމުގެ ސަބަބުން އޭނާ އަށް ދާދި އަވަހަށް ވެރިންގެ އިތުބާރު ލިބިވަޑައިގެންނެވި ކަމަށެވެ.

ނަތީޖާއަކަށްވީ އޭރު ހިނގައިދިޔަ ސިފައިންގޭގެ ބޮޑެތި އޮޕަރޭޝަންތަކުގައި އޭނާ ބައިވެރިކުރެއްވުމެވެ. އެގޮތުން ދެކުނުގެ ބަގާވާތާ ގުޅިގެން ފުވައްމުލަކުގައި ސުލްހަ ގާއިމްކުރުމަށް 1959 ވަނަ އަހަރު ގެންދިޔަ ފައުޖުގައި ހިމެނިވަޑައިގަތެވެ. އަދި ހަމަ އެ އަހަރު ހަވަރުތިނަދޫ މައްސަލަ ހައްލުކުރެއްވުމަށް ބޮޑުވަޒީރު އިބްރާހިމް ނާސިރު އެ ރަށަށް ކުރެއްވި ދަތުރުފުޅުގައި ހުސެއިން މަނިކު ގެންދެވި އެވެ. އެ ދަތުރަށް ފަހު، ދުވަސްކޮޅެއް ވަންދެން އެ ރަށުގައި ފޯރި މަރަން އޭނާ ބެހެއްޓެވި އެވެ.

އެ މަސައްކަތަށް ފަހު އެނބުރި މާލެ ވަޑައިގަތްތަނުން ޖެހުނު މައްސަލައެއްގައި ހައްދުންމަތީ މާވަށަށް ފޮނުވާލި އެވެ. އަދި ދެ އަހަރެއްހާ ދުވަސް ފަހު ގެނެސް، 10 އަހަރަށް ހުކުމްކޮށް ބ. ގޮއިދޫ އަށް އަރުވާލި އެވެ. އެކަމަކު މަހެއް ނުވަނީސް އެނބުރި މާލެ ގެންނަވައި ސިފައިންގޭގެ ވަޒީފާ ރުޖޫއަކުރި އެވެ

ދެ ވަނަ ފަހަރަށް ސިފައިންގެއާ ގުޅި ހުސެއިން މަނިކު ބޮޑަށް ހަރަކާތްތެރިވީ ދިވެހި ކަނޑުތަކާއި އައްސޭރި ބެލެހެއްޓުމުގަ އެވެ. އެގޮތުން ރާއްޖޭގެ ސަރަހައްދަށް ވަގަށް ވަދެ މަސްވެރިކަންކުރުން އިންތިހާ އަށް ގޮސްފައި އޮތް އެ ދުވަސްވަރު އެކަން ހުއްޓުވުމަށް، ދަތި އުނދަގުލުގައި އޭނާ މަސައްކަތްކުރެއްވި އެވެ. ކަނޑަށް ނުކުންނަވަނީ ސިފައިންގެ ވިޔަފާރި ކުންފުނީގެ ކުދިކުދި މަސް ބޯޓުތަކުގަ އެވެ. އަދި ގޯނިގޯންޏަށް ހަތިޔާރާއި ވަޒަން އަޅައިގެން އާއްމު މަސް ދޯނި ފަހަރުގައި ވެސް ކަނޑުގެ ސަރަހައްދު ބެލެހެއްޓެވި އެވެ.

މީގެ އިތުރުން ފަރަށް އަރާ ބޯޓުތައް ފުންކުރުމުގައި އޭނާ އިސް ދައުރެއް އަދާކުރެއްވި އެވެ. އެގޮތުން ޅ. ދިއްފުށިމާދޫ ފަރަށް އެރި ސިޓީ އޮފް ވިކްޓޯރިއާ އާގުބޯޓު ފުންކުރުމަށް އެއް މަހަށް ވުރެ ގިނަ ގުނަ ދުވަހު ފަރުމަތީގައި މަސައްކަތްކުރެއްވި އެވެ. އަދި އިންޑިއާގެ ފަރަށް އެރި ރާއްޖޭގެ އާގުބޯޓެއް ފުންކުރުމުގެ މަސައްކަތް ވެސް ކުރެއްވި އެވެ. އެންމެ ފާހަގަކޮށްލެވޭ މަސައްކަތަކީ ހދ. އަތޮޅު ފަޅު ރަށެއް ކަމަށްވާ މާފަރު ފަރަށް އެރި ހަތިޔާރު ބޯޓެއް ފުންކުރުމަށް ކުރެއްވި މަސައްކަތެވެ. ހަނިމާދޫ އެއާޕޯޓް ހެދުމުގެ މަސައްކަތުގައި ހުންނަވަނިކޮށް އެ ހަބަރު ލިބުމުން، އާއްމުން ބޯޓުން ފޮނުވާލައި މާލޭން ސިފައިން އަންނަންދެން ބޯޓުގައި ފޯރި މެރި އެވެ.

"ފަރުމަތީގައި އޮތް އެ ބޯޓުގައި ތިން ރޭ ގިނިކަންޏާ ހުންނެވިއިރު ފަރިއްކުޅުއްވީ އެ ބޯޓުގެ ތެރެއިން ފެނުނު ރޯ އަލުވި ފަދަ ތަކެއްޗެވެ. މޫސުން ވަރަށް ގޯސް ދުވަސްވަރަކަށް ވިޔަސް ކާނެ އެއްޗެއް ނުލައިވެސް ވަޑައިގެން މާލެއިން ސިފައިން އަންނަންދެން އެ ބޯޓުގައި ހުންނެވުމަށް ކެޕްޓަން ފިއްލަދޫ ހުސައިން މަނިކު ނިންމެވީ އެއީ ގައުމީ ވާޖިބެއްކަމުގައި ދެކެވަޑައިގެން އަމިއްލަފުޅަށެވެ." ސައީދު ލިޔުއްވާފައިވެ އެވެ.

ހުސެއިން މަނިކާ ހަވާލާދެއްވައި ސައީދު ލިޔުއްވާފައިވާ ގޮތުގައި އޭނާއަކީ ކަނޑު ދަތުރުކުރާއިރު ނިދިކުރައްވާ ބޭފުޅެއް ނޫނެވެ. އޭނާ ރާއްޖޭގެ ރަށްރަށާއި އަތޮޅުތަކާއި ފަރުތަކާއި ގިރިތައް ދަސްކުރެއްވީ އެގޮތަށް ކުރެއްވި ދަތުރުތަކުގެތެރޭގައި ކަމަށާއި އަދި ރާއްޖޭގެ ކަނޑުތަކުގައި އަޅާ އޮޔާއި ޖެހޭ ވަޔާއި ކުރާ ވިއްސާރައާއި ރާއްޖޭގެ މޫސުން ދަސްކުރެއްވީ ދަންނަ މީހުންގެ ކައިރިން އޮޅުން ފިލުއްވައިގެންނާއި އަމިއްލަ ތަޖުރިބާގެ އަލީގައި ކަމަށް ލިޔުއްވާފައިވެ އެވެ،

"އުޑުމަތީގައި ހުންނަ ވިލާތަކަށް އަންނަ ބަދަލުތަކާއި، ވިލާގެ ވައްތަރުތަކާއި، ވަޔާއި އޮޔާ ގުޅުވައިގެން މޫސުން ކުރިއަށް ލަފާކުރައްވަން ދަސްކުރެއްވި އެވެ. އަދި އެކަންތައްތައް އެހެން މީހުންނަށް ކިޔައިދެއްވުމަކީ އުފަލެއް ކަމުގައި ހެއްދެވި އެވެ. އޭގެ ނަތީޖާއަކަށް ވެގެންދިޔައީ ކެޕްޓަން ފިއްލަދޫ ހުސައިން މަނިކުގެ ދަށުން އެތައްއެތައް ބަޔަކު ރާއްޖޭގެ ކަނޑުފަޅުތަކަށް ފަރިތަވެ، ރަނގަޅު މޮޅު މާލިމީންނާއި ކަލާސީންގެ ގޮތުގައި ތަމްރީނުވެގެންދިއުމެވެ،" ސައީދު ލިޔުއްވާފައިވެ އެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި ކޯސްޓްގާޑުގެ ސިފައިން ގާއިމްކުރި ރާޑަރު ސްޓޭޝަންތައް ގާއިމުކުރުމުގައި އަމަލީ ގޮތުން މަސައްކަތްކުރެއްވި ހުސެއިން މަނިކު ސިފައިންގޭގެ ވަޒީފާ އިން ޝަރަފްވެރިކަމާ އެކު ވަކިވެވަޑައިގަތީ، 34 އަހަރުގެ ހިދުމަތްތަކަށް ފަހު 1994 ވަނަ އަހަރު އެވެ. އެންމެ އާދައިގެން ވަޒީފާ އިން ފެށި ހިދުމަތް ނިންމަވާލެއްވީ ސިފައިންގެ އޮފިސަރެއްގެ ގޮތުގައި ކެޕްޓަން ރޭންކުގަ އެވެ.

"އެއީ ރާއްޖޭގެ މޫސުމާއި ކަނޑުފަޅުތަކަށް ފަރިތަ، ކުޅަދާނަ ކެޕްޓަނެވެ. ވެރިންނާއި ކަލާސީނުންގެ އިތުބާރު ލިބިވަޑައިގެން ހުންނެވި މޮޅު މާލިމީއެކެވެ." ސައީދު ލިޔުއްވާފައިވެ އެވެ.

......

އެޑިޓަރުގެ ނޯޓް: މި ލިޔުން ލިޔެފައިވަނީ، "ކެޕްޓަން ފިއްލަދޫ ޙުސައިން މަނިކުގެ ސިފައިންގެ ޚިދުމަތް" މި ނަމުގައި ސިފައިންގޭގެ ކޮމާންޑް ސާޖަންޓް މޭޖާ އަބްދުﷲ ސައީދު އޭނާގެ ބްލޮގުގައި ލިޔުއްވި މަޒުމޫނަކުން މައުލޫމާތު ނަގައިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މި ހުނަރުވެރި ޒުވާނާގެ ކާމިޔާބު ތަޖުރިބާ!

މަސް ކެނޑުމަކީ ހަޑި ކަމެއް ނޫން ކަމަށާއި, މަސް ކަނޑައިގެން ލިބޭ ފައިސާ އަކީ ތާހިރު, ހަލާލު ފައިސާ ކަން ފާހަގަކޮށް އަބްދުالله ބުނީ ބައެއް ޒުވާނުން ކަމެއް ނެތި ހުސްކޮށް ތިބޭ ތިބުމުގެ ބަދަލުގައި މިކަމަށް ނިކުތުމަކީ ވަރަށް ރަނގަޅު ކަމެއް ކަމަށް.

ކޮބާ ހިސާބު ދިމާވިތަ؟ ޔައުގޫބް މިހުރީ އެކައުންޓިން ކިޔަވައިދޭން

އޭގެ ފަހުން އެކައުންޓިން ކިޔަވައިދިނުމަށް ހާއްސަވުމާ ހަމައަށް، ހިސާބުގެ އިތުރުން އިކޮނޮމިކްސް އާއި ކޮމާސް ވެސް އޭނާ ކިޔަވައިދެއްވި އެވެ. އެ މާއްދާތައް ދޫކޮށްލެެއްވީ އެއް މާއްދާއަށް ހާއްސަވެވަޑައިގަތުމަށެވެ.

އިންޖީނުގެ އީޖާދީ ދުނިޔެއެއްގައި އުޅޭ، ލާމު މާމެންދޫ ނެއްބެ

މިހާރު ރަށުގައި އޭނާ ދުއްވާ ސައިކަލަކީ، އަމިއްލައަށް މޮޑިފައިކޮށްފައިވާ އެއްޗެކެވެ. އެކި ސައިކަލުގެ އެކި ސްޕެއާ ޕާޓުތަކާއި އެއްޗެހި ބޭނުންކޮށްގެެނެވެ. އެކި ސައިކަލުތައް އެހެން މޮޑިފައި ކުރުމަކީ، ވަޒީފާގެ އިތުރަށް ދެން އޭނާ މި ވަގުތު ކުރަމުން އަންނަ މަސައްކަތެވެ.

ގަމު މޫސަބެގެ ވަރުގަދަ އަތުން ކާށި ހެހެން ފޭރާއެއް ބޭނުމެއް ނުވޭ!

އަތުން އޭނާ ކާށި ހެހެލާ ގޮތް ދައްކަމުން މޫސަ ބުނީ އޭނާއަކީ އުމުރުން 15 އަހަރުން ފެށިގެން ވެސް ވަރަށް ބުރަ މަސައްކަތްތައް ކޮށްގެން އާމްދަނީ ހޯދަމުން ދިޔަ ޒުވާނެއް ކަމަށެވެ. އަތުގެ ވަރުގަދަ ކަމަކީ އެއިން ލިބުނު ކަމެއް ކަމަށް އޭނާ ދެކެ އެވެ.

ސުލްތާނާ މުދައްރިސް: ތިން ޖީލުގެ އެދުރު

ހިދުމަތުގެ ފަހު ދުވަހު މަދަރުސާގެ މުވައްޒަފުން ސުލްތާނާއަށް ކީ އަސަރުގަދަ ވަދާއުގެ އެއް ސަބަބަކީ މިއީ އެވެ. މުދައްރިސްގެ އަރިހުގައި މިއަދު ވަދާއު ކިޔަން ތިބި ގިނަ މުވައްޒަފުންނަކީވެސް އެ ތިން ޖީލުގެ ތެރޭގައި ހިމެނޭ، އެ މުދައްރިސްގެ ދަރިވަރުންނެވެ.

ހަމަޖެހިފައިވާ ހިތަކުން އިލްމުވެރިއަކު ކޮށްދެއްވި ދީލަތި ހިދުމަތް

ދީލަތިކަމުގައި، އަބަދުވެސް މުށް ހުޅުއްވާލައިގެން ހުންނެވި އުސްމާނަކީ، ދީލަތިކަމާއި، އެކެއް އަނެކަކަށް އެހީތެރިވުމުގެ ރީތި އާދަ އެ ކަމަކުން އިސްލާމުންގެ ތެރޭ އަށަގެންނެވި، ދީނުގެ ތިން ވަނަ ރުކުން ކަމުގައިވާ ޒަކާތް ނެރުމާ މެދު ދިވެހިން ވަރަށް ބޮޑަށް ހޭލުންތެރިކުރެއްވި ބޭފުޅެކެވެ.

އަންދަރޭ: ދިވެހި ފުޓްބޯޅައިގެ ނަމޫނާ ކެޕްޓަން

ދިވެހި ފުޓްބޯޅަ ނިކަމެތިކަމުން، ގަދަފަދަ ކަމަށް ބަދަލުވި އެ ކާމިޔާބު ހޯދުމުގެ އާރުކާޓީއަކަށްވި އަންދަރޭ އަށް އެއީ ލިބުނު ބޮޑު އުފަލެކެވެ. ގައުމަށް ކަމެއްކޮށްދެވުނު ކަމުގެ އިހުސާސް އޭނާ އަށް ކުރެވުނެވެ.

Newsletter

Get the latest news delivered straight to your inbox