އިންތިހާބުގެ ނަތީޖާއާ ގުޅޭ ކަންބޮޑުވުމުގައި ކޯޓަށް ނުދާން ނިންމައިފި

އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި ރައީސް ސޯލިހާއި ރައީސް ނަޝީދުގެ އިތުރުން ކޮމިޓީގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ | އެމްޑީޕީ

އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި ރައީސް ސޯލިހާއި ރައީސް ނަޝީދުގެ އިތުރުން ކޮމިޓީގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ | އެމްޑީޕީ

ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ސިޓީގެ ހަ ދާއިރާއެއްގެ ވޯޓު އަލުން ގުނައިދޭން އިލެކްޝަންސްގައި އެދިގެން އެދެވޭ ނަތީޖާއެއް ނުނިކުތުމުން ކޯޓަށް ދާން އެމްޑީޕީގެ ވިސްނުމަށް އަމަލުނުކުރުމަށް އެ ޕާޓީގެ ގައުމީ ހިންގާ ކޮމިޓީން މިރޭ ފާސްކޮށްފި އެވެ.

އެމްޑީޕީން އިލެކްޝަންސް ކޮމިޝަން (އީސީ) ގައި އަލުން ގުނައިދޭން އެދުނީ ދެ ކެންޑިޑޭޓުންގެ މެދުގައިވާ ފަރަގަށް ވުރެން ބާތިލް ވޯޓު ގިނަ ދާއިރާތަކެވެ. އެކަމަކު އެމްޑީޕީން އެދުނު ގޮތަށް ވޯޓު އަލުން ގުނަން އީސީން ދެކޮޅު ހެދީ އެވެ.

އެހެންވެ އެމްޑީޕީން ވިސްނީ އެ މައްސަލަ ކޯޓަށް ހުށަހަޅައިގެން ހައްލެއް ހޯދުމަށެވެ.

Advertisement

އެކަމަކު އެމްޑީޕީން މިރޭ ބޭއްވި ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި، އިންތިހާބާ ގުޅިގެން ކޯޓަށް ދާން މެމްބަރުންނަށް އެއްބަހެއް ނުވެވުނެވެ. އެހެންވެ، ނިންމީ ކޯޓަށް ދިއުމުގެ ވިސްނުން ދޫކޮށްލާށެވެ.

ބައެއް ދާއިރާތައް އަލުން ގުނައިދޭން އެމްޑީޕީން އީސީގައި އެދުނީ "ބާތިލް ވޯޓު ކަނޑައެޅި ގޮތާ މެދު ޝައްކު އުފެދިފައިވާތީ" އާއި ބައެއް ފޮށިތަކުގެ ޓެލީ ޝީޓުތައް ދިމާނުވުމާއި އެހެން މީހުންގެ ނަމުގައި ވޯޓުލީ ކަން ފަޅާއެރުން ފަދަ ކަންކަން ފާހަގަވުމުން ކަމަަށް އެ ޕާޓީން ބުނެފައިވެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަތް ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުން މިރޭ ބޭއްވީ އަންނަ މަހުގެ 29ގައި އޮންނަ އެ ޕާޓީގެ އެތެރޭގެ އިންތިހާބަށް ވާދަކުރުމުގެ ޝަރުތުތައް ކަނޑައަޅާށެވެ. ވަޒީރުންނާއި މަޖިލިސް މެމްބަރުން ވެސް ހިމެނިވަޑައިގަންނަވާ ގައުމީ ހިންގާ ކޮމިޓީން ނިންމީ އެ ޕާޓީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރެވޭނީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި އެއް އަހަރު ވީ މީހުންނަށް ކަމަށެވެ.

މީގެ އިތުރުން މުހިއްމު ނިންމުމެއްގެ ގޮތުގައި، ގަރާރެއް ހުށަހަޅައިގެން ފާސްކުރީ ބޮޑެތި ކުށްތަކުގައި ހިމެނޭ މީހުންނަށް އިންތިހާބުން ފުރުސަތު ނުދިނުމަށެވެ. އޭގެތެރޭގައި، މީހުން މެރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި ޑްރަގް ޓްރެފިކް ކުރުމުގެ ކުށް ހިމެނެ އެވެ. އަދި އެންޓި ޓޯޗާގެ ގާނޫނުގައި ބަޔާންކުރާ ކުށްތަކާއި ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނުގައި ބަޔާންކުރާ ކުށެއްގައި ހިމެނޭ މީހަކަށް ވެސް އިންތިހާބުގައި ވާދައެއް ނުކުރެވޭނެ އެވެ.

ރިޔާސީ ކޮމިޝަންތަކުގެ ރިޕޯޓްގައި ތުހުމަތުކުރާ މީހުންނާއި އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ތުހުމަތުކުރެވޭ މީހުންނަކަށް ވެސް އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ވަނީ ނިންމައިފަ އެވެ.

ކައުންސިލް އިންތިހާބުގައި އެމްޑީޕީން ކައުންސިލްތަކުގެ 400 ގޮނޑި ކާމިޔާބުކުރި އިރު ވާދަވެރި ޕީޕީއެމަށް ލިބުނީ 325 ގޮނޑި އެވެ. މި އިންތިހާބުގައި އެމްޑީޕީއަށް އެންމެ ބޮޑު ނާކާމިޔާބީއަކީ މާލޭ ސިޓީ ކައުންސިލްގެ އަޣުލަބިއްޔަތު ގެއްލުމެވެ. މިހާތަނަށް ބޭއްވި ތިން އިންތިހާބުގައި ވެސް މާލެއިން ސާފު އަޣުލަބިއްޔަތު އެމްޑީޕީއަށް ދެމުން އައި ނަމަވެސް މި އިންތިހާބުގައި ގިނަ ގޮނޑިތައް ދިނީ އިދިކޮޅު ޕީޕީއެމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox