އެމްޑީޕީ ދާއިރާތަކުގެ އިންތިހާބަށް ކުރިމަތިލާން ހުޅުވާލައިފި

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިމްތިޔާޒް ފަހުމީ މައުލޫމާތު ދެއްވަނީ. -- ފޮޓޯ: އެމްޑީޕީ

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިމްތިޔާޒް ފަހުމީ މައުލޫމާތު ދެއްވަނީ. -- ފޮޓޯ: އެމްޑީޕީ

ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ދާއިރާތަކުގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީގެ ފަރާތުން މިއަދު ހުޅުވާލައިފި އެވެ.

އަންނަ މަހު 29 ގައި ބާއްވަން ހަމަޖައްސާފައިވާ އިންތިހާބުގައި ދާއިރާތަކާއި ޕްރޮވިންސްތަކާއި ސިޓީތަކުގެ ރައީސާއި ނައިބު ރައީސުން ހޮވުމަށް ވަނީ ހަމަޖެހިފަ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ތަރުޖަމާނު އިމްތިޔާޒް ފަހުމީ ވިދާޅުވީ ކުރިއަށް އޮތް އިންތިހާބުގައި 455 މެންބަރުން ހޮވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"އެއީ އެނގިވަޑައިގަންނަވާނެ ޕާޓީއެއްގެ އެތެރޭގެ އިންތިހާބަކާ ބަލާފަ، މި މިންވަރަކަށް މިހާ ގިނަ އަދަދެއްގެ ފަރާތްތައް ހޮވާ އެހެން ޕާޓީއެއް ނެތް އަޅުގަނޑުމެން އެމްޑީޕީ ފިޔަވާ،" އިމްތިޔާޒް ވިދާޅުވި އެވެ.

އިމްތިޔާޒް ވިދާޅުވީ މި އިންތިހާބުގައި ވޯޓުލެވޭނީ މި މަހުގެ 18 ގެ ނިޔަލަށް އެ ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް ކަމަށެވެ. މިހާރު އެ ޕާޓީގެ ދަފްތަރުގައި 93،354 މީހުން ރަޖިސްޓްރީވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޕާޓީގެ މަގާމުތަކަށް ކުރިމަތިލާ އެންމެން ވެސް ތާއީދު އޮތްކަން ސާބިތުކޮށްދޭންޖެހެ އެވެ. އެގޮތުން އާންމު ދާއިރާތަކުގެ ރައީސާ ނައިބު ރައީސުންނަށް ކުރިމަތިލޭ މީހުން ދާއިރާގެ ޕާޓީ މެންބަރުންގެ 50 ސޮއި ހަމަ ކުރަންޖެހެ އެވެ. އަދި ސިޓީތަކާއި ޕްރޮވިންސްތަކަށް ކުރިމަތިލާ ކެންޑިޑޭޓުން 200 މީހުންގެ ސޮއި ހޯދަންޖެހެ އެވެ.

ދާއިރާތަކުގެ އިންތިހާބުގައި ވޯޓު ފޮށި ބަހައްޓާނީ މީހުން ދިރިއުޅޭ ރަށްރަށުގައި އެކަނި ކަމަށް އެމްޑީޕީން ބުންޏެވެ. އަދި ދަފްތަރުގައި ހިމެނޭ އެންމެނަށް ރީ-ރަޖިސްޓްރީވުމަކާ ނުލައި ވޯޓު ދެވޭނެ ކަމަށް ޕާޓީން ބުނެ އެވެ.

އޮންލައިންކޮށް އަދި އެމްޑީޕީ މައި އޮފީހަށް ގޮސް ގެން ވެސް ކެންޑިޑެސީ ފޯމު ހުށަހެޅިދާނެ އެވެ. އެކަމަކު ކޮންމެ ގޮތަކަށް ހުށަހެޅި ނަމަވެސް ޕާޓީ މެންބަރުގެ ތާއީދު ސޮއި ހިމެނޭ އެކްސެލް ޝީޓެއް ފޯމާއެކު ޕާޓީ އޮފީހަށް ދޭންޖެހެ އެވެ.

އެމްޑީޕީ ދާއިރާތަކުގެ ރައީސުންނަކީ އެ ޕާޓީގެ ގައުމީ މަޖިލީހުގައި ހިމެނޭ މެންބަރުންނެވެ. ގައުމީ މަޖިލީހަކީ ޕާޓީގެ އެންމެ ބާރުގަދަ ގުނަވަނެވެ. ދާއިރާތަކުގެ ރައީސުންގެ ގޮތުގައި އެ މަޖިލީހުގައި ތިއްބެވި ބައެއް ބޭފުޅުންނަކީ މިހާރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނެވެ.

އެމްޑީޕީ ދާއިރާތަކުގެ އިންތިހާބުގެ ޓައިމްލައިން

18 އޭޕްރިލް 2021 – ދާއިރާތަކުގެ އިންތިހާބު އިއުލާން ކުރުން

24 އޭޕްރިލް 2021 – ދާއިރާތަކުގެ މަގާމްތަކަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލުން

24 އޭޕްރިލް 2021 – ވޯޓާސް ލިސްޓް އާންމު ކުރުމާއި ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލުން

28 އޭޕްރިލް 2021 – ވޯޓާސް ލިސްޓަށް ހުށަހަޅާ ޝަކުވާ ބަލައިގަތުމުގެ މުއްދަތު ހަމަވުން (ހަވީރު 4.00 އަށް)

05 މެއި 2021 – ފައިނަލް ވޯޓާސް ލިސްޓް އާންމު ކުރުން

08 މެއި 2021 – ކެންޑިޑޭޓުން ވާދަ ކުރުމުގެ ފޯމް ބަލައިގަތުމުގެ މުއްދަތު ހަމަވުން (ތާއީދު ފޯރމް އާއިއެކު) (ހަވީރު 4.00 އަށް)

09 މެއި 2021 – ކެންޑިޑޭޓް މަންދޫބުންނަށް ފުރުސަތު ހުޅުވާލުން

12 މެއި 2021 – ކެންޑިޑޭޓް މަންދޫބުންނަށް ފުރުސަތު ބަންދުވުން (ހަވީރު 4.00 އަށް)

12 މެއި 2021 – ކެންޑިޑޭޓުންގެ ފައިނަލް ލިސްޓު ކެންޑިޑެސީ ނަންބަރާ އެކު އިއުލާން ކުރުން

29 މެއި 2021 – ވޯޓުލާ ދުވަސް

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox