ހިޔާ ފްލެޓްތަކަށް ގުރުއަތުލުން އާދިއްތަ ދުވަހު އަލުން ފަށަނީ

ހިޔާ ފްލެޓްތައް: މި ފްލެޓްތައް ހަވާލު ނުކުރެވި ގިނަ ދުވަސްވާ މައްސަލާގައި ސަރުކާރަށް ފާޑުކިޔުން ބޮޑު -- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ހިޔާ ފްލެޓްތައް: މި ފްލެޓްތައް ހަވާލު ނުކުރެވި ގިނަ ދުވަސްވާ މައްސަލާގައި ސަރުކާރަށް ފާޑުކިޔުން ބޮޑު -- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ހިޔާ ފްލެޓުތައް ލިބިފައިވާ މީހުންނަށް ލިބެނީ ޮން ފްލެޓެއްތޯ ކަނޑައަޅަން ބާއްވާ ގުރުއަތުލުން އަންނަ އާދިއްތަ ދުވަހު އަލުން ފަށާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

މިހާތަނަށް ގުރުއަތު ނަގާފައި ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ އެޗް-10 ކެޓެގަރީން އެކަންޏެވެ. އެޗްޑީސީން ގުރުއަތުލުން މެދުކަނޑާލީ ހައުސިން މިނިސްޓްރީން ފައިނަލް ލިސްޓު ނުލިބިގެންނެވެ.

މިއަދު ކުރި އިއުލާނެއްގައި އެޗްޑީސީން ބުނީ، ބާކީ ހުރި ކެޓެގަރީތަކުގެ ގުރުއަތުލުން އާދިއްތަ ދުވަހުގެ ހެނދުނު 9:00 ގައި ފަށާނެ ކަމަށެވެ. ދެ ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށް ގެންދާ ގުރުއަތުލުންތަކުގައި ބާކީ ހުރި ކެޓެގަރީތަކުން ގުރުއަތު ލާނެ އެވެ.

ގުރުއަތު ނަގާ ކެޓެގަރީތައް:

  • އެޗް4 (ޑޮކްޓަރުންނާއި ނަރުހުންނަށް ހާއްސަ)،
  • އެޗް5 (ޓީޗަރުންނަށް ހާއްސަ)،
  • އެޗް6 (އެކަނިވެރި މައިންނާއި ބަފައިންނަށް ހާއްސަ)،
  • އެޗް7 (18 އަހަރާއި 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ހާއްސަ)،
  • އެޗް8 (މާލޭ ރަށްވެހިންނަށް ޙާއްޞަ)
  • އެޗް9 (މުނިސިޕަލްޓީ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ޙާއްޞަ)
  • ސިވިލް ސަރވިސް މުވައްޒަފުންނަށް ޙާއްޞަ (ފަންނީ، އިދާރީ، ސަޕޯޓް)

މީގެ އިތުރުން އަރަބިއްޔާ އަދި ގާކޮށިން ފުލެޓު ލިބި ފައިސާ ނުދެއްކުނު ފަރާތްތަކުގެ ތެރެއިން ހިޔާ މަޝްރޫއު އިހުތިޔާރު ކުރި މީހުންނާއި ގުޅީފަޅުން ފުލެޓް ގަނެފައިވާ ފަރާތްތަކުގެ ތެރެއިން ހިޔާ ފުލުޓް ހިޔާރުކޮށްފައިވާ މީހުންގެ ގުރުއަތުލުން ވެސް އޮންނާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

ގުރުއަތު ނަގަން ހަމަޖެހިފައިވާ ގޮތް

ޓީވީން ލައިވްކޮށް ދުރަށް ދައްކާ މި ގުރުއަތުލުން ފެންނާނީ ދައުލަތުގެ މީޑިއާ ޕީއެސްއެމް އިންނެވެ. ގުރުއަތު ނެގުމުގެ ފުރަތަމަ ދަންފަޅި ކުރިއަށް ދާނީ ހެނދުނު 9:00 އިން ފެށިގެން މެންދުރު 12:00 އަށެވެ. އަދި ދެވަނަ ދަންފަޅި ކުރިއަށް ދާނީ މެންދުރުފަހު 13:00 އިން ފެށިގެން 15:00 އަށެވެ.

އެޗްޑީސީން ބުނީ ގުރުއަތު ނަގާނީ އެ ކޯޕަރޭޝަނަށް ލިބިފައިވާ ފްލެޓް ލިސްޓުގައި ހިމެނޭ މީހުންގެ އައިޑީ ކާޑު ތަރުތީބުން ކަމަށެވެ.

މި ގުރުއަތުލުން ކުރިއަށްދާ ވަގުތު އެ މީހަކަށް ލިބުނު ފްލެޓް ހުންނަ ޓަވަރު، ފްލޯ އަދި ފްލެޓް އިނގޭނެހެން ޓީވީ ސްކްރީނުން ފެންނަން ހުންނާނެ އެވެ. އޭގެ އިތުރުން ފްލެޓް ފޯމުގައިވާ އެ މީހެއްގެ ފޯނު ނަމްބަރަށް މެސެޖަކުން މި މައުލޫމާތު ލިބޭނެ އެވެ.

ފްލެޓް ލިބުނު އެންމެންނަށް ފްލެޓްތައް ހަވާލުކޮށް ނިމެންދެން، ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ގުރުއަތުލުން ކުރިއަށް ދާނެ އެވެ. ކޮވިޑުން ރައްކާތެރިވުމަށް އެޗްޕީއޭ އިން ކަނޑައަޅާފައިވާ އުސޫލުތަކާއި ގުޅިގެން ގުރުއަތު ނަގާ ހޯލަށް ވަދެވޭނީ ދައުވަތު ދެވޭ އޮބްޒާވަރުންނަށް އެކަންޏެވެ.

އެޗްޑީސީން ބުނީ ފްލެޓް އެގްރީމަންޓުތަކުގައި ސޮއިކޮށް، ތަޅުދަނޑިތައް ހަވާލު ކުރާނެ ތާރީހެއް ފަހުން އިއުލާން ކުރާނެ ކަމަށެވެ.

ހިޔާ ފްލެޓްތައް ލިބެނީ ދޮރާއި ބޮއްކާއި ޓައިލްސް ހަރު ނުކޮށެވެ. އެހެންކަމުން މި ފްލެެޓްތަކުގެ ތަޅުދަނޑި ހަވާލުކުރާ ދުވަހުން ފެށިގެން ތިން މަސް ދުވަސް މި މަސައްކަތް ކުރަން ލިބެ އެވެ. މި މުއްދަތުގައި ކުލި ނުނަގާނެ ކަމަށް ސަރުކާރުން އިއުލާނު ކޮށްފައިވާ އިރު، ހިޔާ ފްލެޓެއްގެ ކުލި 7000ރ. އަށް ވުރެ ބޮޑު ނުވާނެ ކަމަށް ބުންޏެވެ.

މި ފްލެޓްތައް ހަވާލު ނުކުރެވި ގިނަ ދުވަސްވާ މައްސަލާގައި ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox