އަނިޔާގައި ހުރުމުން މަންޒުކިޗްގެ މުސާރަ ޗެރިޓީ އަށް ދީފި

Apr 17, 2021, 11:37 AM
މިލާންގެ ފޯވާޑް މަންޒުކިޗް.-- ފޮޓޯ: މިލާން

މިލާންގެ ފޯވާޑް މަންޒުކިޗް.-- ފޮޓޯ: މިލާން

މިލާން (އޭޕްރީލް 17) - އޭސީ މިލާނަށް ކުޅެމުން އަންނަ ކްރޮއޭޝިއާގެ ތަޖުރިބާކާރު ފޯވާޑް މާރިއޯ މަންޒުކިޗް އަނިޔާގައި ހުރުމުން މިދިޔަ މަހުގައި ނުކުޅެވޭތީއާ އެކު އެ މަހުގެ މުސާރަ ޗެރިޓީ އަށް ދީފި އެވެ.

އުމުރުން 34 އަހަރުގެ މަންޒުކިޗް މިދިޔަ ޖެނުއަރީ މަހު މި ސީޒަނުގެ ނިޔަލަށް ކޮންޓްރެކްޓް ހަދައި މިލާނަށް ކުޅެން ނިންމި ނަމަވެސް އަނިޔާގެ ސަބަބުން އޭނާ އަށް ގިނަ މެޗުތަކެއް ވަނީ ގެއްލިފަ އެވެ. މިދިޔަ މަހު އެއްކޮށް ކަހަލަ ގޮތަކަށް އަނިޔާގައި ހުރި މަންޒުކިޗް ވަނީ އޭނާ އަށް އެ މަހުގައި ކްލަބުން ދޭ މުސާރަ އެއްކޮށް މިލާން ފައުންޑޭޝަނަށް ހަދިޔާކޮށްފަ އެވެ.

ކްރޮއޭޝިއާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން މަންޒުކިޗްގެ އެއް މަހުގެ މުސާރަ އަކީ 300،000 ޔޫރޯ އެވެ.

މިލާނަށް ބަދަލުވި ފަހުން މަންޒުކިޗް ކުޅެފައިވަނީ އެންމެ ހަތަރު މެޗެވެ. އެކަމަކު ކޮންޓްރެކްޓްގައިވާ ގޮތުން އޭނާ އަށް ނުކުޅެވުނު ކަމުގައި ވިޔަސް ބަރާބަރަށް މުސާރަ ދޭން ޖެހެ އެވެ. އާންމު ގޮތެއްގައި ދުވަސްވީ ކުޅުންތެރިންނާ އެކު ބައެއް ކްލަބްތަކުން ކޮންޓްރެކްޓް ހަދަނީ މެޗުތަކުގައި ކުޅޭނަމަ މުސާރަ ހިނގާގޮތަށެވެ.

މާޗް މަހުގެ މުސާރަ ޗެރިޓީ އަށް ދޭން މަންޒުކިޗް ނިންމި ނިންމުމަށް މިލާންގެ ރައީސް ޕައޮލޯ ސްކަރޯނީ ވަނި މަރުހަބާ ކިޔައިފަ އެވެ. ސްކަރޯނީ ވިދާޅުވީ މިލާން ފައުންޑޭޝަނަކީ ފާއިތުވި އަހަރުތަކުގައި ގިނަ ގޮތްގޮތުން އެކި މީހުންނަށް އެހީވެފައިވާ ފައުންޑޭޝަނެއް ކަމަށާއި އެ ފަދަ ކަމަކަށް އެހީވާން އުނދަގޫވަގުތެއްގައި މަންޒުކިޗް ނިންމި ނިންމުން ފާހަގަކުރާ ކަމަށެވެ.

މަންޒުކިޗް އެންމެ ފަހުން މެޗެއްގައި ކުޅުނީ މިދިޔަ މާޗް މަހު 18 ވަނަ ދުވަހު ޔޫރޮޕާ ލީގުގައި ރެޑްސްޓާ ބެލްގްރޭޑާ ދެކޮޅަށެވެ. މިލާނުން އެންމެ ފަހުން ޕާމާ އަތުން 3-1 އިން މޮޅުވި މެޗުގައި މަންޒުކިޗް އިނީ ބެންޗުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox