ފިޔާތޮށި ރުއް ކަނޑާލައި ހިންގި އަމަލު ބަލައެއް ނުގަންނަން: އެމްޑީޕީ

އެމްޑީޕީގެ އެކްޓިވިސްޓުންތަކެއް ފިޔާތޮށި ކުލަ ލާފައިވާ ރުއް ކަނޑާލާ ވީޑިއޯގެ ސްކްރީން ޝޮޓެއް

އެމްޑީޕީގެ އެކްޓިވިސްޓުންތަކެއް ފިޔާތޮށި ކުލަ ލާފައިވާ ރުއް ކަނޑާލާ ވީޑިއޯގެ ސްކްރީން ޝޮޓެއް

ށ. ފޯކައިދޫގެ އަތިރިމަތީގައި ފިޔާތޮށި ކުލަ ލާފައި ހުރި ރުކެއް އެމްޑީޕީގެ އެކްޓިވިސްޓުންތަކެއް ކަނޑާލި ވީޑިއޯ ސޯޝަލް މީޑިއާގައި މިއަދު ވައިރަލްވުމާ އެކު ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވި އެވެ.

އެމްޑީޕީގެ ވާދަވެރި ޕާޓީ، ޕީޕީއެމްގެ ކުލަ ލާފައި ހުރި ރުކެއް ކަނޑާލުން އެއް ބަޔަކު ސިފަކުރީ "ދަށު ދަރަޖައިގެ އަމަލެއްގެ" ގޮތުގަ އެވެ. ގިނަ ބައަކު އެއްވެ ތިބެ އެ ރުއް ކަނޑާލުންވީ ޕީޕީއެމަށް އަމާޒުކުރި "ހަމަލައަކަށެ"ވެ. އެކަން ކުރީ ޕާޓީގެ ލީޑަޝިޕުން އެފަދަ އަމަލުތަކަށް ހިތްވަރުދޭތީ ކަމުގެ ތުހުމަތު ވެސް ކުރި އެވެ.

ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީ އަށް މި މައްސަލައިގައި ފާޑުކިއުން އަމާޒުވެފައި ވަނިކޮށް އެ ޕާޓީން ވަނީ ރުއް ކަނޑާލި މީހުންގެ އަމަލު ކުށްވެރި ކޮށްފަ އެވެ.

އެމްޑީޕީގެ ރަސްމީ ޓުވިޓާ އެކައުންޓުން ކުރި ޓުވީޓެއްގައި ބުނީ އެފަދަ އަމަލުތަކަށް އެމްޑީޕީން ހިތްވަރު ނުދޭނެ ކަމަށެވެ. އެމްޑީޕީގެ އެއްވެސް މެމްބަރަކާއި ޕާޓީއަށް ތާއީދުކުރާ މީހުން ވެސް އެފަދަ ކަންކަން ނުކުރުމަށް އެމްޑީޕީން އެދެ އެވެ.

އަތިރިމައްޗަށް އެމްޑީޕީގެ ގިނަ ސަޕޯޓަރުންތަކެއް އެއްވެފައި ވަނިކޮށް، އަތިރިމަތީގައި ހުރި ރުކެއް ކަނޑާލީ ތަކުބީރު ގޮވަމުންނެވެ. އެ ރުއް ބިމާ ހަމަކޮށް އެ މީހުން ދެއްކީ ޕީޕީއެމާ މެދު އޮތް ރުޅިވެރި ކަމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކުޑަކުދިންގެ ކަރާމާތަށް އަރައިނުގަންނަން އަންގައިފި

ޖިންސީ ގޯނާގެ މައްސަލަތަކުގައި ހިމެނޭ ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ ފަދަ އެއްވެސް ޒާތީ މައުލޫމާތެއް ނުވަތަ ފޮޓޯއެއް މީޑިއާގެ އެއްވެސް މަންސައެއްގައި އާންމު ނުކުރުމަށް ހެލްތު މިނިސްޓްރީން އަންގައިފި. މިއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، އެކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެންގި އެންގުމެއް.

ތިން ދުވަސް ތެރޭ ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓާއި ކޫރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.15 ކިލޯގެ މަސްތުވާތަކެތި (ސިންތެޓިކް ކެތިނޯން) ކަސްޓަމްސްއިން އަތުލައިގެންފި. މިދިޔަ މަހުގެ ފަހުކޮޅު ވަކިވަކިން އަތުލައިގަތް މި ތަކެއްޗާއެކު، ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މި ބާވަތުގެ ޖުމްލަ 10 ކިލޯގެ ޑްރަގް ވަނީ އަތުލައިގަނެފަ.

ރަންވޭ އާއި ހުޅުލޭ ބިން ރަހުނުކޮށްފަ 56 މިލިއަން ޑޮލަރު ނަގައިފި

ވީއައިއޭގެ ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށްފަ ނެގި 56 މިލިއަން ޑޮލަރާއެކީ އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަންޖެހޭ ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ. މީގެ ބޮޑުބަޔަކީ މި ސަރުކާރުގެ ދައުރުގައި ނަގާފައިވާ ފައިސާ. އެމްއޭސީއެލްގެ ޖުމްލަ ދަރަނި މިހާރު 1.08 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް.

ރަސްމާލޭގައި ވެސް ރާ ވިއްކޭނެ ކަމަށް އުޝާމް ވިދާޅުވެއްޖެ

ރަސްމާލޭގައި ބަނގުރާ ނުވިއްކޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެތަނުގެ ހޮޓާތަކުގައި ހުއްދަ ނަގައިގެން ރާ ވިއްކިދާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ. އުޝާމް މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށްވާއިރު، މިހެ

ސީއެމްސީން ހިއްކި ބިމަށް 1.7 ބިލިއަން ރުފިޔާ ދޭން އެއްބަސްވުމެއް

ހުޅުމާލެ، ގިރާވަރުފަޅު އަދި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތުގެ ބަދަލުގައި ސީއެމްސީ އަށް 1.76 ބިލިއަން ރުފިޔާ ދައްކަން އެމްއޭސީއެލް އިން އެއްބަސްވެފައިވާކަން އޮޑިޓް ރިޕޯޓުތަކުން ވަނީ ހާމަވެފަ. ސިއްރިއްޔާތުގައި ކުރިއަށްގެންދިޔަ މި މުއާމަލާތުގެ ދަށުން 1.4 ބިލިއަން ރުފިޔާ މި އަހަރު ދައްކަން ޖެހޭ.

ރިސޯޓެއްގައި އެއް ޖިންސުން ކައިވެނިކުރި މައްސަލައެއް ބަލަނީ

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިވުމާ ގުޅިގެން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި. ފުލުހުން ބުނީ މިއީ ރާއްޖޭގެ ދީނާއި ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށާއި، މިފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް.

ހެލްތު އެކްސްޕޯގައި ޓްރީޓޮޕްގެ ޑޮކްޓަރުންނާ ބައްދަވުމުގެ ފުރުސަތު

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ "މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026" ގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެ، އެ ހޮސްޕިޓަލުގެ ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ހަރަކާތުގެ މަގުސަދަކީ ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި، އާއިލީ ދުޅަހެޔޮކަމަށް ބޭނުންވާ މައުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox