ބެލިންހަމް އަށް 17 އަހަރު ކަމަށް ގާޑިއޯލާ އަށް ގަބޫލެއް ނުކުރެވުނު

Apr 16, 2021, 2:40 PM
ލަނޑު ޖެހުމަށް ފަހު ބެލިންހަމް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު ބެލިންހަމް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މިއުނިކް (އޭޕްރީލް 16) - ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ ޒުވާން ތަރި ޖޫޑް ބެލިންހަމް އަކީ 17 އަހަރުގެ ކުޅުންތެެރިއެއް ކަމަށް ގަބޫލުކުރަން އުނދަގޫ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

އިނގިރޭސި އުމުރުފުރާ ގައުމީ ޓީމުތަކާއި ސިނިއާ ޓީމަށް ވެސް ދާދި ފަހުން ކުޅެފައިވާ ބެލިންހަމް ވަނީ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ސިޓީ ކޮޅަށް ޑޯޓްމަންޑުން ކުޅުނު ދެ ލެގުގައި ވެސް މޮޅު ކުޅުމެއް ދައްކައިފަ އެވެ. ސިޓީ ދަނޑުގައި ބެލިންހަމް ޖެހި ގޯލެއް ރެފްރީ ބަލައިނުގަތް ނަމަވެސް ޑޯޓްމަންޑް ދަނޑުގައި ބުދަ ދުވަހުގެރޭ ކުޅުނު ދެ ވަނަ ލެގުގައި ބެލިންހަމް ވަނީ ގޯލު ޖަހައިފަ އެވެ. މިއީ ޗެމްޕިއަންސް ލީގުގައި އޭނާ ކާމިޔާބުކުރި ފުރަތަމަ ގޯލެވެ.

އެ މެޗަށް ފަހު ގާޑިއޯލާ ވަނީ ބެލިންހަމަށް ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ. ގާޑިއޯލާ ބުނީ އާންމު ގޮތެއްގައި 17 އަހަރުގެ ކުޅުންތެރިއެއްގެ ކިބައިގައި ހުންނަ ހުނަރަށް ވުރެ ބެލިންހަމް ތަފާތު ކަމަށެވެ.

"17 އަހަރުގެެ ކުޅުންތެރިއަކުގެ ފަރާތުން ފެންނަ ވަރަށް ވުރެ މާ މޮޅު ކުޅުމެއް މި ދެ މެޗުގައި އޭނަ ދައްކައިފި. އަހަންނަށް ހީވަނީ އޭނަ އެ ހަނދަނީ ދޮގު ހެން އުމުރާ ބެހޭގޮތުން،" ސަމާސާ ގޮތަކަށް ގާޑިއޯލާ ބުންޏެވެ.

"ވަގުތުތަކެއް ދިޔަ ޑޯޓްމަންޑްގެ ޑިފެންޑަރުން ބެލިންހަމަށް ޕާސް ނުދޭތީ އޭނަ ބާރަށް ދަނޑުމަތީގައި ބުނަމުންދިޔައީ އޭނަ އަށް ޕާސް ދޭން. މިއީ 17 އަހަރުގެ ކުޅުންތެރިއަކު ފަރާތުން އަހަންނަށް މަދުން ނޫނީ ފެނިފައި ނެތް ކަމެއް. އަހަރެން މެޗަށް ފަހު ޑޯޓްމަންޑްގެ ކޯޗު އެޑިން ގާތުގައި އެހިން އޭނަ (ބެލިންހަމް)ގެ ވާހަކަ. އެޑިން ބުނީ މި މެޗުތަކުގައި އެ ފެންނަނީ ޓްރެއިނިންގައި ވެސް ފެންނަ ކަންތައްތައް ކަމަށް. މިއީ ތަފާތު ކަމެއް،"

އިންގްލެންޑްގެ ޒުވާން ޓީމުގެ މެޗެއްގެ ތެރެއިން ބެލިންހަމް ބޯޅަ ހިފައިގެން.-- ފޮޓޯ: އޭއެފްޕީ
އިންގްލެންޑްގެ ޒުވާން ޓީމުގެ މެޗެއްގެ ތެރެއިން ބެލިންހަމް ބޯޅަ ހިފައިގެން.-- ފޮޓޯ: އޭއެފްޕީ

އިންގްލެންޑްގެ ޒުވާން ޓީމުގެ މެޗެއްގެ ތެރެއިން ބެލިންހަމް ބޯޅަ ހިފައިގެން.-- ފޮޓޯ: އޭއެފްޕީ

ޖޫން 29 ވަނަ ދުވަހު 18 އަހަރު ފުރޭ ބެލިންހަމް މި ފަހަރު ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ އިންގްލެންޑް ޓީމުގައި ހިމެނުމުގެ ފުރުސަތު ބޮޑެވެ. އޭނާ ވަނީ އުމުރުން 17 އަހަރުގައި ޗެމްޕިއަންސް ލީގުގެ 10 މެޗެއްގައި ކުޅެ މުބާރާތުގެ ތާރީހުގައި އެކަން ހާސިލްކުރި ދެ ވަނަ ކުޅުންތެރިޔާގެ ޝަރަފް ހޯދައިފަ އެވެ.

ބެލިންހަމް އަކީ ކާކު؟

ގިނަ ބަޔެއްގެ ސަމާލުކަން ބެލިންހަމް އަށް ހުއްޓުނު އެންމެ ބޮޑު ސަބަބަކީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު މެންޗެސްޓާ ޔުނައިޓެޑުން އޭނާ އަށް 20 މިލިއަން ޕައުންޑްގެ ބިޑެއް ކުރުމުންނެވެ. އިނގިރޭސި ދެ ވަނަ ޑިވިޝަނުގެ ބާމިންހަމް ސިޓީ އަށް ކުޅެމުން އައި އޭރު އުމުރުން 16 އަހަރުގެ ބެލިންހަމް އަށް ޔުނައިޓެޑުން ބޮޑު ބިޑެއް ކުރުމާ އެކު ބެލިންހަމާ ބެހޭ މައުލޫމާތު އެއްކުރަން ގިނަ ބަޔަކު ޝައުގުވެރިވި އެވެ. އެކަމަކު ސީޒަނެއްގެ މެދުތެރެއިން ބެލިންހަމް ވިއްކާލަން ބާމިންހަމުން ބޭނުމެއްނުވި އެވެ.

ޔުނައިޓެޑުން ސީޒަން ނިމުމުން ބެލިންހަމަށް އަލުން ބިޑްކުރާނެ ކަމަށް ބެލެވުނު ނަމަވެސް އެކަން އެންމެ އަަވަހަށް ކުރީ ޑޯޓްމަންޑުންނެވެ. މިދިޔަ އަހަރުގެ ޖުލައި މަހު ޑޯޓްމަންޑުން ބެލިންހަމްގެ ސޮއި ހޯދީ 25 މިލިއަން ޕައުންޑްގެ ފީ އެއް ދައްކަން އެއްބަސްވުމަށް ފަހު އެވެ.

މި ސީޒަނުގައި ޑޯޓްމަންޑަށް ކުޅެމުން ބެލިންހަމް ވަނީ ގިނަ ރެކޯޑްތަކެއް މުގުރާލައިފަ އެވެ. އޭގެ ތެރޭގައި ޖަރުމަނު ކަޕްގެ ތާރީހުގައި އެ މުބާރާތުގައި ލަނޑު ޖެހި އުމުރުން އެންމެ ޒުވާން ކުޅުންތެރިޔާގެ މަގާމުގެ އިތުރުން ޑޯޓްމަންޑަށް ވާދަވެރި މެޗެއްގައި ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް ހިމެނެ އެވެ. މީގެ އިތުރުން ޗެމްޕިއަންސް ލީގުގެ މެޗެއްގައި ކުޅުނު އިންގްލެންޑަށް ނިސްބަތްވާ އެންމެ ޒުވާން ކުޅުންތެރިޔާގެ ޝަރަފް ވެސް ބެލިންހަމް ހޯދި އެވެ. ކުރިން މި ރެކޯޑް އޮތީ މެންޗެސްޓާ ސިޓީގެ ފިލް ފޯޑެން އަތުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާ ކޯޗާ އެކު އޮޑިން ގައްދޫ ބަލިކޮށް ވަރުގަދަކޮށް ފަށައިފި

އާ ކޯޗު ލޫޝިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައި ގައްދޫ އަތުން 4-0 އިން މޮޅުވެ، އޮޑި ސްޕޯޓްސް ކްލަބް ލީގު ތާވަލުގެ އެއް ވަނަ އަށް ޖެހިލައިފި. މި މެޗުގެ ފުރަތަމަ ހާފުގައި އޮޑިން ތިން ލަނޑު ޖަހާފައިވާއިރު، މިއީ ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެން އެ ޓީމުން ހޯދި މުހިންމު ކާމިޔާބީއެއް.

ބިސް ބުރުން ފަހު ވަގުތު ބުރު ބަލިކޮށް ފޯމުގައި ކުރިއަށް

ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗު، އެއް ކުޅުންތެރިއަކު މަދުކޮށް ނިންމާލަން ޖެހުނު ނަމަވެސް، ބިސް ބުރުން ފަހަތުން އަރައި 2-1 އިން މެޗު ކާމިޔާބުކޮށްފި. މިއީ، ލީގުގައި ބިސް ބުރުން ޖެހިޖެހިގެން ހޯދި ދެވަނަ މޮޅު ކަމަށްވާއިރު، އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ އަލިއޫ އޮވޮލާބީ އާއި މަޖުދާން ސޯލިހު

ވައުދުވި ގޮތާ ހިލާފަށް ޔުއެފާގެ ރައީސް އިތުރު ދައުރަކަށް

ޔުއެފާގެ ރައީސް ކަމުގައި 3 ދައުރަށް ވުރެ އިތުރަށް ނުހުރެވޭ ގޮތަށް ގަވާއިދު އޮތް ނަމަވެސް، އަލެކްސަންޑަ ކެފެރިން ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ވަނީ ނިންމަވާފައި މީގެ ކުރިން އިތުރު ދައުރަކަށް ކުރިމަތިނުލައްވާނެ ކަމަށް ވިދާޅުވި ނަމަވެސް، އޭނާ މިހާރު ވަނީ 2027 ވަނަ އަހަރުގެ އިންތިހާބުގައި ވާދަކުރައްވާނެކަން މެންބަރު ގައުމުތަކަށް އަންގަވާފައި

ޝަކާ، ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައިގައި އަދަބުދީފި

ސްވިޒަލެންޑްގެ ކެޕްޓަން ގްރޭނިޓް ޝަކާ ކޮވިޑް ވެކްސިންގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައިގައި، އޭނާ 150,000 ޑޮލަރުން ޖޫރިމަނާކޮށް ކޮމިއުނިޓީ ސާވިސް ފުރިހަމަކުރުމަށް ޕްރޮސެކިއުޓަރުން ވަނީ އަދަބުދީފައި. ޝަކާ މި ކުށަށް އިއުތިރާފުވެ އަދަބު ގަބޫލުކޮށްފައިވާއިރު، މި މައްސަލައާ ގުޅިގެން އޭނާ މިވަގުތު ހުރީ ގައުމީ ޓީމާ ދުރުގައި

ބިސް ބުރުން ވިސްނަން ޖެހޭ ކަންކަން ގިނަ: ނާދު

މާލެ ރީޖަން ލީގުގެ ޗެމްޕިއަންކަން ހޯދައިގެން ޕްރިމިއާ ލީގަށް ކޮލިފައިވި ބިސް ބުރު ސްޕޯޓްސް ކްލަބުން އެ ލެވެލްގައި ވާދަކުރާއިރު، ތަޖުރިބާކާރު ޓީމުތަކާ ކުޅެވޭ ފަދަ "ނަމެއް" ހޯދަން ޖެހޭ ކަމަށް ކޯޗު ނާދު ބުނެފި. ލީގުގެ ފުރަތަމަ މެޗުން ބަލިވި ނަމަވެސް، ދެވަނަ މެޗު ކާމިޔާބުކޮށްފައިވާ ބިސް ބުރު ޓީމަކީ ލީގުގެ މެދުފަންތީގައި ވާދަކުރާނެ ޓީމެއް

ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު އައިހަމް އަށް

ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު ބޭއްވި އެފްއޭއެމް އެވޯޑްސްގައި، ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު މާޒިޔާގެ އަހުމަދު އައިހަމް (ފަތޯ) ހޯދައިފި. އައިހަމް މި ޝަރަފުވެރި މަގާމު ހޯދާފައިވަނީ ގައުމީ ޓީމާއި ކްލަބް ފެންވަރުގައި ދެއްކި މޮޅު ކުޅުމާ އެކުގައި. އައިހަމްއާ މި އެވޯޑަށް ވާދަކުރީ، ސެންޓޭ އާއި ހަމްޕު

އެފްއޭއެމް އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް އިންމި އަށް

އެފްއޭއެމް އިން އަލަށް ތައާރަފްކުރި އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް، ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) ކާމިޔާބުކޮށްފި. މި އެވޯޑަށް އިންމިއާ އެކު ގައުމީ ޓީމުގެ އިތުރު ހަތަރު ކުޅުންތެރިއަކު ވާދަކުރި

Newsletter

Get the latest news delivered straight to your inbox