ޔުއެފާ އިން ޔުނައިޓެޑް ޖޫރިމަނާކޮށްފި

Apr 15, 2021, 10:01 AM
ޔުނައިޓެޑްގެ ކެޕްޓަން މެގުއާ ވަނީ ދެ ކާޑު ހަމަވުމުގެ ސަބަބުން މިރޭގެ މެޗަށް ސަސްޕެންޑްވެފައި.-- ފޮޓޯ: އޭއެފްޕީ

ޔުނައިޓެޑްގެ ކެޕްޓަން މެގުއާ ވަނީ ދެ ކާޑު ހަމަވުމުގެ ސަބަބުން މިރޭގެ މެޗަށް ސަސްޕެންޑްވެފައި.-- ފޮޓޯ: އޭއެފްޕީ

ޒިއުރިކް (އޭޕްރީލް 15) - ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި މިދިޔަ ހަފްތާގައި ގްރަނާޑާއާ ދެކޮޅަށް ކުޅުނު މެޗުގައި މެންޗެސްޓާ ޔުނައިޓެޑްގެ ފަސް ކުޅުންތެރިއަކަށް ރީނދޫ ކާޑު ދައްކާފައިވާތީ ޔުއެފާ އިން އެ ޓީމު ޖޫރިމަނާކޮށްފި އެވެ.

ގްރަނާޑާ ދަނޑުގައި 2-0 އިން ޔުނައިޓެޑް މޮޅުވި މެޗުގައި މެޗުގައި އެ ޓީމުގެ ހެރީ މެގުއާ، ލޫކް ޝޯ، ސްކޮޓް މެކްޓޮމިނޭ، ޕައުލް ޕޮގްބާ، އަދި ނަމަންޏާ މަޓިޗް އަށް ވަނީ ރީނދޫ ކާޑު ދައްކައިފަ އެވެ. ފަސް ރީނދޫ ކާޑު ދެއްކުމާ އެކު ޔުއެފާގެ ކޮންޓްރޯލް، އެތިކްސް އެންޑް ޑިސިޕްލިނަރީ ބޯޑުން ވަނީ ޔުނައިޓެޑްގެ މައްސަލަ ބަލައި އެ ކްލަބް 7000 ޔޫރޯ (8,387 ޑޮލަރު) އިން ޖޫރިމަނާކޮށްފަ އެވެ. އަދި ޖޫރިމަނާ ދައްކަން ވަނީ 90 ދުވަހުގެ މުއްދަތެއް ދީފަ އެވެ.

ފުރަތަމަ ލެގުގައި ދެއްކި ކާޑުތަކުގެ ސަބަބުން މެގުއާ އާއި ޝޯ އަދި މެކްޓޮމިނޭ އަށް މިރޭ ޔުނައިޓެޑް ދަނޑުގައި ކުޅޭ ދެ ވަނަ ލެގުގައި ނުކުޅެވޭނެ އެވެ.

ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާގެ ނަޒަރުގައި އޭނާގެ ޓީމަށް ފަސް ރީނދޫ ކާޑު ދެއްކުން ހައްގެއް ނޫނެވެ. އޭނާ ބުނީ އެ މެޗުގެ ރެފްރީ އަށް އެ ކަންތައްތައް އެ އަށް ވުރެ ރަނގަޅަށް ހައްލުކުރެވޭނެ ކަމަށެވެ.

"ޓީމުގެ މުހިއްމު ތިން ކުޅުންތެރިއަކު ނުލައި ކުޅެން ޖެހުން އެއީ ފަސޭހަކަމަކަށް ނުވާނެ. އެކަމަކު އެކަން ކުރަން ޖެހިފައި މި އޮތީ. ކުޑަ ހިތްހަމަޖެހުމެއް އެބައޮތް. އެއީ ރަނގަޅު ލީޑެއްގައި އޮތުން،" ސޯލްޝެއާ ބުންޏެވެ.

މިރޭ ދެ ގޯލުގެ ތަފާތުން ބަލިނުވެއްޖެނަމަ ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ޔުނައިޓެޑަށް ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުން ފުރުސަތު ލިބޭނެ އެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ސެމީން ޔުނައިޓެޑް ބަލިވީ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ސެވިއްޔާ އަތުންނެވެ.

ޔުނައިޓެޑުން ޔޫރޮޕާ ލީގުގައި އަމިއްލަ ދަނޑުގައި އެންމެ ފަހުން ކުޅުނު 16 މެޗުން ވެސް ބަލިވެފައިނުވެ އެވެ. އެކަމަކު އެންމެ ފަހުން ކުޅުނު ދެ މެޗުން ވަނީ ރެއާލް ސޮސިއެޑާޑާއި އޭސީ މިލާން އަތުން އެއްވަރުވެފަ އެވެ.

ގްރަނާޑާ އާއި ޔުނައިޓެޑް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 00:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox