ސެމީގައި ސިޓީ އާއި ޕީއެސްޖީގެ ކުރިމަތިލުމެއް

Apr 14, 2021, 9:40 PM
ސިޓީ މޮޅުކޮށްދިން ގޯލު ޖެހުމަށް ފަހު ފޮޑެން އާއި ވޯކާ އެ ޓީމުގެ ކޯޗު ގާޑިއޯލާއާ އެކު އުފާފާޅުކުރަނީ.

ސިޓީ މޮޅުކޮށްދިން ގޯލު ޖެހުމަށް ފަހު ފޮޑެން އާއި ވޯކާ އެ ޓީމުގެ ކޯޗު ގާޑިއޯލާއާ އެކު އުފާފާޅުކުރަނީ.

މިއުނިކް (އޭޕްރީލް 15) - ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ދެ ވަނަ ލެގުގައި މިރޭ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް ދަނޑުގައި 2-1 އިން މޮޅުވެ، މެންޗެސްޓާ ސިޓީން ސެމީ ފައިނަލުގައި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއާ ދެކޮޅަށް ކުޅެން ތައްޔާރުވެއްޖެ އެވެ.

މިދިޔަ އަހަރުގެ ފައިނަލުން ބަލިވި ޕީއެސްޖީ މި ފަަހަރުގެ ސެމީން ފުރުސަތު ހޯދީ އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް ކަޓުވާލުމަށް ފަހު އެވެ. ސިޓީން 2016 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ސެމީން ފުރުސަތު ހޯދީ ދެ ލެގުން ވެސް ޑޯޓްމަންޑް ބަލިކޮށްގެންނެވެ. އެގްރިގޭޓަށް ބަލާއިރު ސިޓީ އަށް ކުރި ލިބުނީ 4-2 އިންނެވެ. ސިޓީ އާއި ޕީއެސްޖީ ކުޅޭ ސެމީ ފައިނަލް މެޗުތައް އޮންނާނީ މި މަހު ފަހު ކޮޅާއި އަންނަ މަހުގެ ކުރީކޮޅުގަ އެވެ.

މިރޭ މެޗު ފަށައިގެން 15 ވަނަ މިނިޓްގައި ޒުވާން އިނގިރޭސި މިޑްފީީލްޑަރު ޖޫޑް ބެލިންހަމް ވަނީ ޑޯޓްމަންޑަށް ލީޑުނަގައިދީފަ އެވެ. މިއީ އުމުރުން 17 އަހަރުގެ ބެލިންހަމް ޗެމްޕިއަންސް ލީގުގައި ޖެހި ފުރަތަމަ ގޯލެވެ. ދެ ވަނަ ހާފްގެ ކުޅުން ފެށިގެން 10 މިނިޓް ތެެރޭ ސިޓީން އެއްވަރުކުރި އެވެ. ސިޓީގެ ގޯލު ޖެހީ ޕެނަލްޓީ އަކުން ރިޔާދު މާރޭޒް އެވެ. މިއީ ޑޯޓްމަންޑްގެ އެމްރޭ ޗާން އޭރިއާ ތެރެއިން ބޯޅައިގައި އަތްލުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ.

މިރޭ ވެސް ސިޓީ މޮޅުކޮށްދިން ގޯލު ޖެހީ ފުރަތަމަ ލެގުގައި ވެސް ސިޓީ މޮޅުކޮށްދިން ޒުވާން މިޑްފީލްޑަރު ފިލް ފޯޑެން އެވެ.

ސިޓީ އެންމެ ފަހުން ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ކުޅުނީ 2016 ވަނަ އަހަރު އެވެ. އެ ފަހަރު ސެމީގައި އެ ޓީމު ވަނީ ރެއާލް މެޑްރިޑް އަތުން ކަޓައިފަ އެވެ. އެންމެ ފަހުން ތިން ސީޒަނުގައި ވެސް ސިޓީ ޗެމްޕިއަންސް ލީގުން ކެޓީ ކުއާޓާ ފައިނަލުންނެވެ. މި މެޗުން މޮޅުވެ، މުބާރާތުގައި އެއް ހަރުފަތް ކުރިއަށްދިޔައިރު، ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ އޭނާގެ ކޯޗިން ކެރިއަރުގައި އަށް ވަނަ ފަހަރަށް ޓީމެއް ގޮވައިގެން މުބާރާތުގެ ސެމީން ފުރުސަތު ހޯދައިފަ އެވެ.

"މިއީ މި ކްލަބް (ސިޓީ)ގެ ތާރީހުގައި ހާއްސަ ކަމަކަށް ނުވެދާނެ. އެއީ ކުރިން އެބައޮތް އެއް ފަހަރު ސެމީ ކުޅެފައި. އެކަމަކު މި ފަހަރު އަހަރެމެން އަތުގައި އެބައޮތް ތާރީހު ބަދަލުކޮށް އާ ކަމެއް ކުރުމުގެ ފުރުސަތު. (ސެމީގެ ފުރުސަތު އަލުން ހޯދުމަކީ) މިއީ މި ޓީމުގެ ހިއްސާ އޮތް ހުރިހާ އެންމެންގެ މަސައްކަތުން ކުރެވުނު ކަމެއް. ބޭނުންވަނީ އިތުރަށް ކުރިއަށްދާން،" ކުރިން ބާސެލޯނާ އާއި ބަޔާނަށް ކޯޗުކޮށްދިން ގާޑިއޯލާ ބުންޏެވެ.

ސިޓީ އަށް މި ފަހަރު ހަތަރު މުބާރާތް ކާމިޔާބު ކުރުމުގެ ފުރުސަތު އެބައޮތެވެ. އެފްއޭ ކަޕް ސެމީގައި އަންނަ ހޮނިހިރު ދުވަހު ޗެލްސީއާ ކުޅުމަށް ފަހު މި މަހު 25 ވަނަ ދުވަހު ލީގު ކަޕް ފައިނަލުގައި ޓޮޓެންހަމާ ކުޅޭނެ އެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި ބޮޑު ލީޑަކާ އެކު އޮތްއިރު، މިރޭ މި ވަނީ ޗެމްޕިއަންސް ލީގުގެ ސެމީން ވެސް ފުރުސަތު ލިބިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox