މިއީ ސިޓީގެ ފެންވަރު ސާބިތުކޮށްދޭންޖެހޭ ވަގުތެއް: ގާޑިއޯލާ

Apr 14, 2021, 8:37 AM
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ.-- ފޮޓޯ؛ އޭއެފްޕީ

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ.-- ފޮޓޯ؛ އޭއެފްޕީ

މިއުނިކް (އޭޕްރީލް 14) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ދެ ވަނަ ލެގުގައި މިރޭ ބޮރޫޝިއާ ޑޯޓްމަންޑް ދަނޑުގައި މެންޗެސްޓާ ސިޓީން ކުޅޭ މެޗަކީ އެ ޓީމުގެ ފެންވަރު ސާބިތުކޮށްދޭންޖެހޭ ވަގުތެއްގައި ކުޅެން ޖެހިފައިވާ މެޗެއް ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ސިޓީ ދަނޑުގައި މިދިޔަ ހަފްތާގައި ކުޅުނު ފުރަތަމަ ލެގުން އެ ޓީމުން ވަނީ ފަހު ވަގުތު ޖެހި ގޯލާ އެކު 2-1 އިން ޑޯޓްމަންޑް ބަލިކޮށްފަ އެވެ. ރަށުންބޭރުގައި ޖެހި ގޯލާ އެކު މިރޭ ޑޯޓްމަންޑް އަމިއްލަ ދަނޑުގައި ނުކުންނާނީ ވަރަށް ބޮޑު އިތުބާރަކާ އެކު މެޗުގެ ނަތީޖާ އަނބުރާލުމަށެވެ. ގާޑިއޯލާ ބުނީ ސިޓީން ޖެހޭނީ ހުރިހާ ހާލަތަކަށް ތައްޔާރުވެ، އަމިއްލަ ފެންވަރު ސާބިތުކޮށްދޭން ކަމަށެވެ.

އަނެއްކޮޅުން މިދިޔަ ތިން ސީޒަނުގައި ވެސް ސިޓީ ޗެމްޕިއަންސް ލީގުން ކެޓީ ކުއާޓާ ފައިނަލުން ކަމަށްވާއިރު، އެކަން ބަދަލުކުރުން ވެސް އެއީ މުހިއްމު ކަމެއްގެ ގޮތުގައި ބަލަން ޖެހޭ ކަމަށް ގާޑިއޯލާ ބުންޏެވެ.

"މިއީ މި ޓީމުގެ ފެންވަރު ސާބިތުކޮށްދޭން ޖެހޭ ވަގުތެއް ކަމަށް ދެކެން. އަހަރެމެން އެބަޖެހޭ އަނެއް ހަރުފަތަށް ދާން. މިދިޔަ އަހަރުތަކުގައި އަހަރެމެން ވަރަށް މަސައްކަތްކުރިން ސެމީ ފައިނަލަށް. މި ފަހަރު އެންމެ ފުރަތަމަ އަމާޒަކީ ވެސް ކުރިން ނުވެ އޮތް ކަންތައް ކުރުން،" ގާޑިއޯލާ ބުންޏެވެ.

ކުއާޓާ ފައިނަލް ދެ ވަނަ ލެގުގެ މެޗަށް ނުކުންނައިރު، ޕްރެޝަރު އޮތީ ސިޓީ އަށް ކަމަށް ބުނެ، މީޑިއާގައި ދެކެވޭ ވާހަކަތަކަށް ގާޑިއޯލާ ވަނީ ޖަވާބު ދީފަ އެވެ.

"ހަގީގަތަށް ވިސްނަންޏާ ޕްރެޝަރު އޮތީ އަހަރެމެންނަށޭ ބުނެވިދާނެ. އެއީ މީޑިއާ އިން ބޮޑެތި އުއްމީދުތަކެއް ކުރަނީ ސިޓީގެ ކިބައިން ކަމަށްވާތީ. އެ ޗެލެންޖް ނަގަން އަހަރެމެން މި ތިބީ ތައްޔާރަށް،" ގާޑިއޯލާ ބުންޏެވެ.

ޗެމްޕިއަންސް ލީގުގައި އެންމެ ފަހުން ޑޯޓްމަންޑުން އަމިއްލަ ދަނޑުގައި އިނގިރޭސި ޓީމުތަކާ ދެކޮޅަށް ކުޅުނު ދެ މެޗުން ވަނީ ބަލިވެފަ އެވެ. އެއީ 2018 އާއި 2019 ވަނަ އަހަރު ޓޮޓެންހަމް އަތުންނެވެ. މީގެ ކުރިން ޑޯޓްމަންޑް ވަނީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި 2012 ވަނަ އަހަރު އަމިއްލަ ދަނޑުގައި ސިޓީއާ ބައްދަލުކޮށްފަ އެވެ. އެ މެޗުން ސިޓީ ބަލިވީ 1-0 އިންނެވެ.

މިރޭގެ މެޗުގައި ސިޓީގެ ސާޖިއޯ އަގުއޭރޯ އާއި ޑޯޓްމަންޑްގެ ޖޭޑަން ސަންޗޯ އަށް ނުކުޅެވޭނެ އެވެ. އަދި ޑޯޓްމަންޑްގެ މާކޯ ރެއުސް އާއި މެޓް ހަމެލްސް އަށް ވެސް މިރޭ ސިޓީއާ ދެކޮޅަށް ކުޅެވޭނެކަން ޔަގީނެއް ނޫނެވެ. ޑޯޓްމަންޑް ދަނޑުގައި ސިޓީއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ. g

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox