ރަށުތެރޭ ދެކެވޭ ވާހަކަތަކަށް އާތީ ސަމާލުކަމެއް ނުދޭނެ

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ވެލެންސިއާގެ ކޯޗު މުހައްމަދު އާތިފް (އާތީ).-- ފޮޓޯ: ހުސެއިން ވަހީދު / އަދަދު

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ވެލެންސިއާގެ ކޯޗު މުހައްމަދު އާތިފް (އާތީ).-- ފޮޓޯ: ހުސެއިން ވަހީދު / އަދަދު

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މެޗުތަކަށް ތައްޔާރުވާއިރު ރަށުތެރޭގައި ދައްކާ ވާހަކަތަކަށް މާ ބޮޑު ސަމާލުކަމެއް ނުދޭނެ ކަމަށް ކްލަބް ވެލެންސިއާގެ ކޯޗު މުހައްމަދު އާތިފް (އާތީ) ބުނެފި އެވެ.

ލީގުގައި މިރޭ ވެލެންސިއާ އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ މެޗު ކުޅޭއިރު، މެޗުގެ ކުރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާތީ ވަނީ ވެލެންސިއާ އަށް އަމާޒުވާ ދެ ކަމަކާ ގުޅޭގޮތުން ވާހަކަ ދައްކައިފަ އެވެ. އެއީ ވެލެންސިއާ އަށް ނިސްބަތްވާ ކުޅުންތެރިން ސަސްއާ ގުޅުން އޮތުމާއި ރެފްރީން ވެލެންސިއާ ކޮޅަށް ބުރަވާ ގޮތަށް ނިންމުންތައް ނިންމާކަމަށް ބުނެ ކުރެވޭ ތުހުމަތާ ބެހޭގޮތުންނެވެ.

ކްލަބް ގްރީން ސްޓްރީޓްސް އަތުން ވެލެންސިއާ މޮޅުވި މެޗަށް ފަހު ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ވަނީ ވެލެންސިއާއާ ދެކޮޅަށް ކުޅޭ މެޗުތަކުގައި ރެފްރީންގެ ނިންމުންތައް ހުންނަނީ ވަކި ކޮޅަކަށް ކަމަށް ބުނެފަ އެވެ. އޭނާ އިޝާރާތްކުރީ ވެލެންސިއާ އަށް ފައިދާވާގޮތަށް ނިންމުންތައް އައުމާ ބެހޭގޮތުންނެވެ.

Advertisement

ވެލެންސިއާ ކޮޅަށް ބުރަވާ ގޮތަށް ރެފްރީގެ ނިންމުންތައް އާދޭތޯ ސުވާލުކުރުމުން އާތީ ބުނީ އެ ފަދަ ގޮތްގޮތަށް އޭނާ ކުޅުނު ދުވަސްވަރު ވެސް ވާހަކަތައް ދެކެވޭ ކަމަށެވެ.

"އަޅުގަނޑުމެން ކުޅުނުއިރުގައި ވެސް މެނޭޖްމަންޓުގައި ނޫނީ އެފްއޭ ހިންގަން ތިބެނީ ކޮންމެވެސް ޓީމަކަށް ނިސްބަތްވާ ނޫނިއްޔާ ބަޔަކު ގަބޫލުކުރާ ބަޔަކު ތިބެނީ. އެއީ ދެކެވޭ ވާހަކަތަކެއް. މިހިސާބަށް އައިއިރު ވެސް އަޅުގަނޑަށް އެއްގޮތަކަށް ވެސް ފާހަގައެއް ނުކުރެވޭ. ދެން އޭރު އަޅުގަނޑުމެން ކުޅުނުއިރު ވެސް އެ ވާހަކަތައް ދެއްކީމު. ދެން މިހާރު ޔަންގް ޕްލޭޔަރުން ނޫނީ ކޯޗުން ވެސް އެ ވާހަކަ ދައްކަނީ ކަންނޭނގެ،" ކުރިން ފުރަތަމަ ޑިވިޝަންގެ ގިނަ ގިނަ ކްލަބްތަކަށް ކޯޗުކޮށްދިން އާތީ ބުންޏެވެ.

"މީގެ ތެރޭގައި ގިނަ ދުވަސްވާ ވަރަކަށް ކަންނޭނގެ މި އެތި ގެޓްވާނީ (އެނގޭނީ). އެއީ އަބަދުވެސް ކޮންމެވެސް ކްލަބަކަށް ނިސްބަތްވާ ބަޔަކު އެފްއޭ މި ލީޑްކުރަނީ. އެ ނޫން ދުވަހެއް ނާންނާނެ ކަންނޭނގެ. އެއީ ކްލަބަކަށް ނިސްބަތްނުވާ އިންޑިވިޖުއަލް ބަޔަކަށް އެފްއޭގެ ޕްރެޒިޑެންޓަށް ކުރިމަތިނުލެވޭ ކަންނޭނގެ. މާދަމާގެ ޕްރެޒިޑެންޓް ވެސް އަންނާނީ ކްލަބަކުން،"

އާތީ ބުނީ މީހެއްގެ ވިސްނުން އަނެއް މީހަކަށް ބަދަލުނުކުރެވޭނެ ކަމަށެވެ. އަދި އަމިއްލަ ވިސްނުމުގައި އެ މީހެއް ބޭނުންވާ ވާހަކަ ދެއްކޭނެ ކަމަށާއި އެ ގޮތުން މީހެއްގެ މިނިވަންކަމުގެ ވިސްނުމުގައި ބުނާ އެއްޗެއް ވިއްދައި އެ އަށް ރައްދުދީ އެއްޗެއް ބުނުން ރަނގަޅެއް ނޫން ކަމަށް އާތީ ބުންޏެވެ.

ވެލެންސިއާ އިން ކުޅުންތެރިއަކާ ކޮންޓްރެކްޓް ހެދުމަށް ފަހު އެ ކުޅުންތެރިޔާ އަށް 100 ޕަސެންޓް އިތުބާރުކުރާ ކަމަށް އާތީ ބުންޏެވެ.

"މިސާލަކަށް ކުޅުންތެރިންނަށް ބަލާއިރު ޓީމުތަކަށް ކުޅުންތެރިން ގޮސްފައި ތިބިއިރު އަޅުގަނޑުމެން ވަރަށް ކުޑައިރުއްސުރެ ގެންގުޅުނު ކުޅުންތެރިން ޓީމުތަކުގެ މި ތިބީ. ދަރިން ކަހަލަ ކުޅުންތެރިން ހުރިހާ ޓީމަކަށް ވެސް މި ކުޅެނީ. އަޅުގަނޑުމެން ހުންނަ ޓީމާ ދެކޮޅަށް ވެސް ދަރިން ކުޅެމުން އެ ދަނީ. އެހެންވީމަ އަޅުގަނޑުމެން ވަރަށް އިތުބާރުކުރަން ހަމަ." އާތީ ބުންޏެވެ.

"ރަށުތެރޭގައި ދެކެވޭ ވާހަކަތަކަށް ފޯކަސް އެއް ނުކުރަން. ބޭރު ތެރޭ ދެކެވޭ ވާހަކަ އަކީ އޭގެ އަށް އެއްވެސް ގޮތަކަށް ވިސްނާ އެއްޗެއް ނޫން،"

ލީގުގެ ފުރަތަމަ ބުރުގައި ވެލެންސިއާ އާއި ސަސް ކުޅުނު މެޗު ވަނީ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ. އެހެން މެޗުތަކެކޭ އެއްގޮތަށް ރަނގަޅަށް ތައްޔާރުވެ، ވެލެންސިއާ އިން އަމާޒުހިފާނީ މޮޅަކަށް ކަމަށާއި އެކަމަކު ވިސްނަން ޖެހޭ ކަމަކީ ފުރަތަމަ ބުރަށް ވުރެ މިހާރު މި ދެ ޓީމު ވެސް ރަނގަޅުވާނެ ކަން ކަމަށް އާތީ ބުންޏެވެ.

ސަސް އެންމެ ފަހުން ކުޅުނު މެޗުގައި މާޒިޔާ ހިފެހެއްޓީ ވަރަށް ޑިފެންސިވް ކުޅުމެއް ދައްކައިގެންނެވެ. އެ ގޮތަށް ވަރަށް ބޮޑަށް ފަހަތަށް ޖެހިގެން ސަސް އިން ވެލެންސިއާއާ ދެކޮޅަށް ނުކުމެފިނަމަ އެ ފަދަަ ހާލަތަކަށް ވެލެންސިއާ ތައްޔާރުވާނަންތޯ ސުވާލުކުރުމުން އާތީ ބުނީ ކޮންމެ ޓީމެއް ވެސް މެޗަކަށް ނުކުންނާނީ ވަރަށް ގިނަ ގޮތްގޮތުން ތައްޔާުރުވެގެން ކަމަށެވެ.

"ކޮންމެ ޓީމެއް ވެސް ގެންގުޅޭނެ އޭ ޕްލޭނެއް ބީ ޕްލޭނެއް ދެން ގޮތެއް ނެތީމަ ސީ ޕްލޭނެއް. އެ ޕްލޭންތަކުގެ ތެރޭގައި އެހާ ޑީޕްކޮށް (ވަރަށް ބޮޑަށް ފަހަތަށް ޖެހިގެން) ކުޅެންޏާ ވެސް ކޯޗުން ހަމަ ހުންނާނީ ޕްލޭޔަރުންނަށް ބުނެދީފައި. ދެން މެޗެއް ފެށީމަ އެނގޭނީ ކިހިނެއްތޯ ވާނީ. ސަސް ވެސް ހުރިހާ މެޗެއްގައި ވެސް އެހެނެއް ނޫން ކުޅެނީކީ. ސަސް ކުޅޭނެ ގޮތެއް ނޭނގެ. ހަަމަ ވަރަށް ހައި ޕްރެސިން އެއްވެސް ޖައްސަފާނެ،" އާތީ ބުންޏެވެ.

މިދިޔަ ސީޒަނުގެ މެދުތެރެެއިން ދަ ގްރާންޑޭ ދޫކޮށްލުމަށް ފަހު މި ސީޒަން ފެށެން ކުޑަ ދުވަސްކޮޅަކަށް ވެފައި ހުއްޓައި ވެލެންސިއާއާ ގުޅުނު އަހުމަދު އިމާޒް (އާއްކޮ)ގެ ފިޓްނަސް ރަނގަޅުވަމުން އަންނަ ކަމަށް އާތީ ވަނީ ބުނެފަ އެވެ.

އެހެން ޓީމުތަކެކޭ އެއްގޮތަށް ވެލެންސިއާ ވެސް ގާތްގާތުގައި މެޗުތައް ކުޅޭތީ އަނިޔާގެ މައްސަލަ އާއި ސަސްޕެންޝަންގެ މައްސަލަތައް ކުރިމަތިވާނެ ކަމަށް އާތީ ބުންޏެވެ. އެ ފަދަ ހާލަތްތަކަށް ވިސްނައި ޓީމު އެކުލަވާލާއިރު، ވެލެންސިއާގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ބޭނުންކުރާނީ އެ މެޗެއްގައި އޭނާގެ ބޭނުން އެންމެ ރަނގަޅަށް ހިފޭނެ ގޮތަށް ކަމަށް ބުންޏެވެ. ސަބަބަކީ މިހާރު ސްޕެއިނުގެ ފޯވާޑް ބޯހަސް މާޓިން ހުރުމުންނެވެ.

ވެލެންސިއާ މި ވަގުތު އޮތީ 10 މެޗުން 18 ޕޮއިންޓާ އެކު ލީގުގެ ދެ ވަނައިގަ އެވެ. އެއް ވަނައިގައި އޮތް މާޒިޔާ އަށް ވަނީ 11 މެޗުން 25 ޕޮއިންޓް ލިބިފަ އެވެ. ވެލެންސިއާ އިން މިރޭ ސަސް ބަލިކޮށްފިނަމަ މާޒިޔާއާ ދެމެދު އޮތް ފަރަގު ހަތަރު ޕޮއިންޓަށް ކުޑަކުރެވޭނެ އެވެ.

ސަސް އާއި ވެލެންސިއާ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 9 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގައްދޫ ބަލިކޮށް ވިކްޓަރީ އަށް ލީގުގެ އެއް ވަނައިގައި ލީޑެއް

ދިވެހި ޕްރިމިއާ ލީގުގައި ގައްދޫ ޓީމު 2-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބުން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް އައްމަޑޭ އާއި މާއި ކާމިޔާބުކޮށްދިންއިރު، އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ތަޖުރިބާކާރު ކުޅުންތެރިޔާ އަކޫ ވަނީ ދެ އަހަރަށް ފަހު އަލުން ކުޅުމަށް އެނބުރި އައިސްފައި

އާސެނަލަށް މުހިންމު މޮޅެއް، ޔުނައިޓެޑްގެ ދަށް ރެކޯޑް ކުރިއަށް

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން ނޮޓިންހަމް ފޮރެސްޓް ބަލިކޮށް ތާވަލުގެ ދެވަނައަށް ޖެހިލިއިރު، ލީޑްސްއާ އެއްވަރުވެ މެންޗެސްޓާ ޔުނައިޓެޑުން ވަނީ ފާއިތުވި 40 އަހަރުގެ އެންމެ ދަށް ފެށުން ރެކޯޑްކޮށްފައި. މިރޭގެ އެހެން މެޗުތަކަށް ބަލާއިރު ބްރައިޓަން އާއި ބޯންމައުތުން ވަނީ ބޮޑު މޮޅެއް ހޯދާފައި

އިންފަންޓީނޯ ނުރަސްމީ ދަތުރުފުޅެއްގައި ބަންގްލަދޭޝް އަށް

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މޮރޮކޯއިން ބޫޓާނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބަންގްލަދޭޝްގައި މަޑުކުރައްވައި، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ އިސްވެރިންނާ ބައްދަލުކުރައްވައިފި.

ޗެލްސީގެ ކީޕަރު މާޓިނޭޒް ދަތްދޮޅީގެ އޮޕަރޭޝަނެއް ކޮށްފި

އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީގެ ކީޕަރު މާޓިނޭޒްގެ ދަތްދޮޅިއަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ވަނީ ކާމިޔާބު އޮޕަރޭޝަނެއް ކޮށްފައި. މި އަނިޔާގެ ސަބަބުން ކުރިއަށް ހުރި މުހިންމު މެޗުތަކެއް އޭނާއަށް ގެއްލޭނެތީ، ބަދަލުގައި ދެން ފެންނާނީ ޒުވާން ކީޕަރު މައިކް ޕެންޑާސް.

ކޯޗަކަށް ޝާކިއްޓެ، ވޯލްޑް ކަޕަށް ރާއްޖެ ސްކޮޑު ފައިނަލްކޮށްފި

މި މަހު އަޒަރުބައިޖާންގައި ބާއްވާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ވާދަކުރާ ރާއްޖޭގެ ޓީމުގެ ކޯޗަކަށް އަހުމަދު ޝާކިރު (ޝާކިއްޓެ) ހަމަޖައްސައި، މުބާރާތަށްދާ ސްކޮޑު ފައިނަލްކޮށްފި. ފީފާގެ ހުރިހާ މެމްބަރު ގައުމުތަކަށް ފުރުސަތު ދީގެން ކުރިއަށްގެންދާ މި މުބާރާތުގައި ރާއްޖެ ހިމެނެނީ ފްރާންސާއި ސައުތު އެފްރިކާ ފަދަ ގައުމުތަކާ އެކު އެއް ގްރޫޕެއްގައި

ސްޓްރާސްބޯ ބަލިކޮށް ޕީއެސްޖީ އަށް ޖެހިޖެހިގެން ހަ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ ކުޅުނު މެޗުން ސްޓްރާސްބޯ އަތުން 3-1 އިން މޮޅުވެ، ޕީއެސްޖީން ހުރިހާ މުބާރާތެއްގައި ޖެހިޖެހިގެން ހަވަނަ މޮޅު ހޯދައިފި. ސްޓްރާސްބޯއިން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، ޕީއެސްޖީން މެޗުގެ ނަތީޖާ އަނބުރާލީ ފަހު 15 މިނެޓުގެ ތެރޭގައި ޖެހި ތިން ގޯލުން.

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

Newsletter

Get the latest news delivered straight to your inbox