ވޯޓުލާން އެންމެ މަދުން ނުކުންނަ އިންތިހާބަށް ވެދާނެ!

Apr 7, 2021, 3:44 AM
ވޯޓުލާ މަރުކަޒުތަކަށް ވޯޓު ފޮށި ފޮނުވުމުގެ މަސައްކަތުގައި ކޮމިޝަންގެ މުވައްޒަފުން ހަރަކާތްތެރިވަނީ. -- ފޮޓޯ: ހުސެއިން ވަހީދު / އަދަދު

ވޯޓުލާ މަރުކަޒުތަކަށް ވޯޓު ފޮށި ފޮނުވުމުގެ މަސައްކަތުގައި ކޮމިޝަންގެ މުވައްޒަފުން ހަރަކާތްތެރިވަނީ. -- ފޮޓޯ: ހުސެއިން ވަހީދު / އަދަދު

ކައުންސިލް އިންތިހާބުތަކުގައި ވޯޓުލުމުގެ ފޯރި ކުޑަ އެވެ. މިހާތަނަށް ބޭއްވި ތިން އިންތިހާބުގައި ވޯޓުލީ މީހުންގެ ނިސްބަތް ރިޔާސީ އިންތިހާބުތަކާއި މަޖިލީސް އިންތިހާބުގައި ވޯޓުލާ މީހުންނަށް ވުރެން ދަށެވެ. އެކަން އެހެން އޮއްވައި, އަންނަ ހޮނިހިރުދުވަހު ބާއްވާ އިންތިހާބުގައި ވޯޓުލާން ނުކުންނަ މީހުންގެ ނިސްބަތް މާބޮޑަށް ވެސް ދަށް ވެދާނެ ކަމަށް ބެލެވެ އެވެ.

ވޯޓުލުމުގެ ޝައުގުވެރިކަން އެހެން ފަހަރުތަކަށް ވުރެން މި އިންތިހާބުގައި ކުޑަވެފައިވާ އެއް ސަބަބަކީ ކޮވިޑް-19ގެ ބަލިމަޑުކަމެވެ. ވޯޓާ ގާތްވިއިރު, ކޮވިޑް ރާއްޖެ އިން ފެނުނު ފަހުން ހާލަތު ގޯސް ނުވާ މިންވަރަށް ބައެއް ރަށްތަކުގައި ވަނީ ބަލި ފެތުރިފަ އެވެ. މި ހާލަތުގައި ވޯޓުލާން ދިއުމަކީ މުހިއްމު ކަމެއްގެ ގޮތުގައި ގަބޫލުނުކުރެވޭ ބަޔަކު އެބަތިއްބެވެ.

އެންމެ ފުރަތަމަ ފަހަރަށް 2011 ވަނަ އަހަރު ބޭއްވި ކައުންސިލްތަކުގެ އިންތިހާބު

ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ 223،975 މީހުންގެ ތެރެއިން 161،510 މީހަކު ވަނީ ވޯޓު ލައިފަ އެވެ.

Advertisement

އެއީ ވޯޓުލުމުގެ ހައްގު ލިބުނު މީހުންގެ ތެރެއިން 72 ޕަސެންޓެވެ.

އޭގެ ތިން އަހަރު ފަހުން 2014 ގައި ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

  • ވޯޓުލާފައި ވަނީ ހައްގު ލިބޭ 240،220 މީހުންގެ ތެރެއިން 154،942 މީހުން.
  • އެއީ ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ ތެރެއިން 64.5 ޕަސެންޓު މީހުން.
  • އެހެންކަމުން ފުރަތަމަ އިންތިހާބަށްވުރެ މި އިންތިހާބުގައި ވޯޓުލީ މީހުންގެ ނިސްބަތް 7.5 ޕަސެންޓު ދަށްވި

މީގެ ހަތަރު އަހަރު ކުރިން 2017 ގައި ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

މި އިންތިހާބުގައި 255،987 މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބުނު އިރު އޭގެ ތެރެއިން ވޯޓުލާފައި ވަނީ 168،951 މީހުން

އެއީ ހައްގު ލިބުނު މީހުންގެ ތެރެއިން 65.9 ޕަސެންޓު މީހުން.

އިލެކްޝަންސް ކޮމިޝަނުން އާއްމުކޮށްފައިވާ ވޯޓާސް ރަޖިސްޓްރީގައިވާ ގޮތުން މި އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު 273،128 މީހުންނަށް ލިބެ އެވެ.

މި އިންތިހާބުގައި 50 ޕަސެންޓް ވެސް ނުނިކުމެދާނެ

އިލެކްޝަންސް ކޮމިޝަނާއި ސިޔާސީ ޕާޓީތަކުން ވެސް ގަބޫލުކުރާ ގޮތުގައި މި އިންތިހާބަކީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ މަދުން މީހުން ވޯޓުލީ އިންތިހާބަށް ވުން ގާތެވެ.

"ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި، މިފަހަރު ހާއްސަކޮށް، މުޅި ރާއްޖޭގެ ޓާންއައުޓް އުޅޭނީ [ލަފާ ކުރެވޭ ގޮތުގައި] ބިލޯ 50 ޕަސެންޓުގަހެން،" އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް "އަދަދު" ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.

އިންތިހާބުގައި ވޯޓުލާން ނުކުންނަ މީހުންގެ ނިސްބަތް ދަށްވާނެ ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން ވެސް ލަފާ ކުރެ އެވެ. އެ ޕާޓީގެ ކެމްޕެއިން މެނޭޖަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ ވޯޓުލާ މީހުންގެ ނިސްބަތް ދަށްވާނެ ކަމަށް ބެލެވޭ އެންމެ ބޮޑު އެއް ސަބަބަކީ ކޮވިޑް-19 އަށް އަޅާފައިވާ ފިޔަވަޅުތަކެވެ.

"އަޅުގަނޑުމެންނަށް ލަފާ ކުރެވޭ ޓާންއައުޓް ދަށް ވާނެ ކަމަށް. ކޮންމެ ގޮތެއް ވިޔަސް މިއީ އާންމު ހާލަތެއް ނޫން. އިލެކްޝަންސް ކޮމިޝަނުން އެބަ ބުނޭ މޮނިޓަރިންގަ ހުރި ރަށްތަކަށް ވެސް ދަތުރު ކުރެވޭނެ ކަމަށް ވޯޓު ލާން. އެކަމަކު މިފަދަ ރެސްޓްރިކްޝަންސްތަކުން ވޯޓުލުމަށް އާންމުންގެ އޮތް ޝައުގުވެރިކަން އެބަ ގެއްލޭ،" އޭނާ ވިދާޅުވި އެވެ.

މުއާޒް ވިދާޅުވި ގޮތުގައި މިފަދަ ބޮޑު ސިއްހީ ބަލިމަޑުކަމެއްގެ ތެރޭގައި ވޯޓުލުމާ ގުޅޭ ގޮތުން ސަރުކާރާއި ކަމާބެހޭ އިދާރާތަކުން އާންމުން ހޭލުންތެރި ކުރުވުމަށް އެކަށީގެންވާ މަސައްކަތެއް ވެސް ކޮށްފައެއް ނުވެ އެވެ.

އެކަމަކު ވޯޓުލާން ނިކުންނާނެ މީހުންގެ ނިސްބަތާ މެދު ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އިން ހިޔާލު ތަފާތެވެ. އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ ކޮވިޑް-19 ގެ ހާލަތާއެކު ވެސް ގިނަ އަދަދެއްގެ ބަޔަކު ވޯޓުލާން ނިކުންނާނެ ކަމަށް ލަފާ ކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެން ލަފާ ކުރާ ގޮތުގައި ގާތްގަނޑަކަށް 78 ނޫނީ 80 ޕަސެންޓް މީހުން ވޯޓުލާން ނިކުންނާނެ،" އޭނާ ވިދާޅުވި އެވެ.

ވޯޓުލުމުގެ ބައެއް ކަންކަން އާންމު އުސޫލުން ނުހިނގާނެކަން އެމްޑީޕީ އިން ވެސް ގަބޫލުކުރެ އެވެ. އެގޮތުން ވޯޓު ކިއުތައް އާދަޔާ ހިލާފަށް ދިގުވުމަކީ ވެސް މިފަހަރު ކުރިމަތިވާނެ މައްސަލައެއް ކަމަށް ހަސަން ލަތީފް ދެކެވަޑައިގަންނަވަ އެވެ.

"އެކަމަކު އެމްޑީޕީ ހުރިހާ ކަމަކަށް ވެސް ހަމަ ތައްޔާރު. ވޯޓުލާން މީހުން ގެންދިއުމާ، ވޯޓުލާ ސަރަހައްދުގެ ހުރިހާ ކަމަކަށް ވެސް އަޅުގަނޑުމެން މިހުރީ ތައްޔާރަށް ހަމަ،" އޭނާ ވިދާޅުވި އެވެ.

އިންތިހާބުގެ ޓާންއައުޓް ދަށްވިޔަސް ނަތީޖާއާ މެދު ގާނޫނީ ގޮތުން އުފައްދާނެ ސުވާލެއް ނެތެވެ.

"ސުވާލަކީ އެހާ މަދު ބައެއް ވޯޓުލައިގެން އެ ވޯޓުގެ ނަތީޖާއަކީ ގަބޫލު ކުރެވޭނެ ނަތީޖާއެއްހޭ. އޭގައި ނެތް ގަބޫލު ނުކުރެވޭނެ ކަމުގެ ގާނޫނީ އެއްވެސް ހަމައެއް. ވޯޓުލާ ބަޔަކު ލާ ވޯޓެއްގެ އެންމެ ގިނަ ވޯޓް ހޯދާ ކެންޑިޑޭޓަކު އިންތިހާބު ވަނީ. އެހެންވީމައި ގާނޫނީ އެއްވެސް ހުރަހެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.

*ކުށެއްގެ އިސްލާހު: މި ލިޔުމުގައިވާ ހިސާބު ކުރުމުގައި ޖެހިފައިވާ އޮޅުމެއް ވަނީ އިސްލާހު ކުރެވިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox