މިޔަންމާގެ ބަގާވާތާ ދެކޮޅަށް ރީތީގެ ރާނީއެއްގެ އަޑު

ހަން ލޭ -- ފޮޓޯ: މިސް ގްރޭންޑް އިންޓަނޭޝަނަލް

ހަން ލޭ -- ފޮޓޯ: މިސް ގްރޭންޑް އިންޓަނޭޝަނަލް

ރީތީގެ ރާނީ ހޮވާ މުބާރަތްތަކުގައި ބައިވެރިވާ މީހުން ދައްކާ ވާހަކަތަކަށް ގިނަ ފަހަރު މާ ބޮޑު ސަމާލުކަމެއް ނުލިބެ އެވެ. އެހެންކަމުން "މިސް ގްރޭންޑް މިޔަންމާ" ހަން ލޭ އޭނާގެ ގައުމުގައި ހިނގަމުންދާ އަސްކަރީ ބަގާވާތާ ދެކޮޅަށް ދެއްކި ވާހަކަ ވީ ތަފާތު ކަމަކަށެވެ.

"މިއަދު، އަޅުގަނޑުގެ ގައުމު، މިޔަންމާގައި ... އެތައް ބަޔަކު ދަނީ މަރުވަމުން،" ތައިލެންޑުގައި އޮތް މިސް ގްރޭންޑް އިންޓަނޭޝަނަލް 2020 ހަފްލާގައި ވާހަކަދައްކަމުން ލޭ ބުންޏެވެ.

"މިޔަންމާއަށް އެހީވެދީ. އަޅުގަނޑުމެންނަށް މިހާރުން މިހާރަށް ބައިނަލްއަގްވާމީ އެހީ ބޭނުންވޭ."

މީގެ މަހެއްހާ ދުވަސް ކުރިން، އުމުރުން 22 އަހަރުގެ ހަން ލޭ އުޅުނީ މިޔަންމާގެ އެންމެ ބޮޑު ސިޓީ ޔަންގޯންގެ މަގުމައްޗަށް ނިކުމެ، އަސްކަރީ ބަގާވާތާ ދެކޮޅަށް އަޑު އުފުލުމުގަ އެވެ. އެ ގައުމުގައި ހަމަނުޖެހުން ފެށުނީ ފެބްރުއަރީ އެއްވަނަ ދުވަހު އަސްކަރިއްޔާއިން ވެރިކަމުގެ ބާރުތައް އަތުލާ، އިންތިހާބީ ލީޑަރުން ހައްޔަރު ކުރުމުންނެވެ.

އެ ބަގާވާތާ ދެކޮޅަށް އެތައް ހާސް ބަޔަކު މަގުތަކަށް ނިކުތުމުން، އެމީހުން ފޮނުވާލުމަށް އަސްކަރިއްޔާއިން ދަނީ ބާރުގެ ބޭނުންކޮށް، ބަޑި ޖަހަމުންނެވެ.

ހަމަނުޖެހުމުގައި އެންމެ ލޭ އޮހޮރުވުން ބޮޑު ދުވަހަކަށްވީ 100 އަށް ވުރެ ގިނަ މީހުން މަރުވި މިދިޔަ ހޮނިހިރު ދުވަހެވެ. އެއާއެކު މަރުވި މީހުންގެ ޖުމްލަ އަދަދު 500 އަށް ވުރެ މަތިވީ އެވެ. އޭގެ ތެރެއިން 43 އަކީ ކުޑަކުދިން ކަމަށް "ސޭވް ދަ ޗިލްޑްރަން" ޖަމިއްޔާއިން ބުނެފައި ވެއެވެ.

ޔުނިވާސިޓީ އޮފް ޔަންގޯންގައި ސައިކޮލޮޖީން މަތީ ތައުލީމް ހާސިލްކުރަމުންދާ ހަން ލޭ ރީތީގެ ރާނީ ހޮވާ މުބާރާތުގައި މިޔަންމާގެ ސިޔާސީ މަޝްރަހުގެ ވާހަކަ ދައްކަން ނިންމީ ބައިނަލްއަގްވާމީ ފަރާތްތަކުގެ ސަމާލުކަން ހޯދުމަށެވެ.

"މިޔަންމާގައި ދަނީ ނޫސްވެރިން ހައްޔަރު ކުރަމުން. އެހެންވެ އަޅުގަނޑު ނިންމީ ވާހަކަދައްކަން،" ބެންކޮކްގައި ހުރެ ފޯނު މެދުވެރިކޮށް ބީބީސީއަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައި ވެއެވެ.

ލޭ މިހާރު އެންމެ ކަންބޮޑުވަނީ އޭނާ އެ މުބާރާތުގައި ދެ މިނެޓު ވަންދަން ދެއްކި ވާހަކައިގެ ސަބަބުން އަސްކަރިއްޔާގެ ރާޑަރަށް އޭނާ އަރާފައި ވާނެތީ އެވެ. އެ ބިރުވެރިކަމުގެ ސަބަބުން ލޭ ނިންމާފައި ވަނީ ކުރިއަށް އޮތް ތިން މަސް ދުވަހު ތައިލެންޑުގައި މަޑު ކުރުމަށެވެ.

އޭނާ ބުނީ ތައިލެންޑަށް ފުރިއިރު ވެސް ނުރައްކާ އޮތް މިންވަރާ މެދު ވިސްނުނު ކަމަށާއި މިހާރު އެންމެ ހާސްވަނީ އާއިލާއަށް ވާނެ ގޮތަކާ މެދު ކަމަށެވެ.

އަޅުގަނޑުގެ އެކުވެރިން ނަސޭހަތްދިނީ އެނބުރީ މިޔަންމާއަށް ނުދިޔުމަށް. -- ހަން ލޭ

ލޭގެ ކަންބޮޑުވުން އެފަދަ ގޮތަކަށް ހުރިއިރު، މިދިޔަ ހަފްތާގައި އަސްކަރިއްޔާއިން ވަނީ މިޔަންމާގެ 18 ސެލެބްރިޓީންނާއި ސޯޝަލް މީޑިއާ އެކްޓިވިސްޓުން އަދި ދެ ނޫސްވެރިން ހައްޔަރު ކުރުމުގެ އަމުރު ނެރިފަ އެވެ. އެ އެންމެންނަކީ ވެސް ބަގާވާތާ ދެކޮޅަށް ވާހަކަދައްކާފައިވާ މީހުންނެވެ.

ލޭ ބުނީ މުބާރާތުގައި އޭނާ ދެއްކި ވާހަކައަށް ފަހު އަސްކަރިއްޔާގެ އެއްވެސް އޮފިޝަލަކު އޭނާއަށް ގުޅާފައި ނުވާ ކަމަށެވެ. ނަމަވެސް ސޯޝަލް މީޑިއާ މެދުވެރިކޮށް އިންޒާރު ލިބެމުންދާ ކަމަށް ބުންޏެވެ.

ލޭ އާއެކު މުޒާހަރާގައި ބައިވެރިވި ގިނަ ދަރިވަރުން މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އެއް ދަރިވަރަކު މަރުވެފައިވާ ކަމަށް އޭނާ ބުންޏެވެ.

އޭނާ މުޒާހަރާގައި ބައިވެރިއެއް ވެސް ނުވޭ. އޭނާ ދިޔެއީ ރެސްޓޯރެންޓަކަށް ކޮފީ ބޯން. އެ ތަނުން ނިކުމެ ރޭގަނޑު ގެޔަށް ދަނިކޮށް ބަޑި ޖަހާ މަރާލީ. -- ހަން ލޭ

އެސިސްޓެންސް އެސޯސިއޭޝަން ފޯ ޕޮލިޓިކަލް ޕްރިޒަނާސް ޖަމިއްޔާއިން ލަފާކުރާ ގޮތުގައި ހަމަނުޖެހުމުގައި މިހާތަނަށް 2،500 މީހުން ވަނީ ޖަލުތަކުގައި ބަންދުކޮށްފަ އެވެ.

ލޭ ބުނީ މި ވަގުތު އޭނާގެ އާއިލާ ތިބީ ރައްކާތެރިކޮށް ކަމަށާއި ނަމަވެސް މިޔަންމާގައި އިންޓަނެޓުގެ ހިދުމަތް ކަނޑަމުން ދާތީ އާއިލާއާ ގަވާއިދުން ވާހަކަ ނުދެއްކޭ ކަމަށެވެ.

ރީތީގެ ރާނީ މުބާރާތުގައި ލޭ ދެއްކި ސިޔާސީ ވާހަކަތަކަކީ އާއްމުކޮށް އެފަދަ މުބާރާތަކުން ފެންނަ މަންޒަރެއް ނޫނެވެ. މުބާރާތުގެ ކުރިން "މިސް ގްރޭންޑް ކެމްބޯޑިއާ" ލިވް ޗިލީ ވަނީ ސިޔާސީ ވާހަކަ ނުދެއްކުމަށް ވެސް ބައިވެރިންގެ ކިބައިން އެދިފަ އެވެ. ނަމަވެސް ލޭ ބުނީ މުބާރާތުގައި އެ ވާހަކަ ދެއްކުމަކީ އޭނާގެ ޒިންމާއެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

ތޫފާނާ ގުޅިގެން އިންޑިއާގައި 180،000 މީހުން އެހެން ހިސާބުތަކަށް

އިންޑިއާގެ އިރުމަތީ އައްސޭރިފަށަށް އެރި ބާރުގަދަ ތޫފާން "އަރުނަބް" އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 180،000 އަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ. މި ތޫފާނުގެ ސަބަބުން ގަސްތައް ވެއްޓި ކަރަންޓުގެ ޚިދުމަތަށް ބުރޫއަރައި، ދަތުރުފަތުރުތައް މެދުކަނޑާލަން ޖެހުނު ނަމަވެސް، މިހާތަނަށް އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

ނަތަންޔާހޫގެ ޕާޓީއަށް މެޖޯރިޓީއެއް ނުލިބޭނެ

އިސްރާއީލުގެ އިންތިޚާބުގެ އެގްޒިޓް ޕޯލްތަކުން ދައްކާގޮތުގައި، ބޮޑުވަޒީރު ނަތަންޔާހޫގެ ކޯލިޝަނަށާއި އިދިކޮޅު ކޯލިޝަނަށް ވެސް ސަރުކާރެއް އެކުލަވައިލުމަށް ބޭނުންވާ 61 ގޮނޑީގެ އަޣުލަބިއްޔަތެއް ނުލިބެއެވެ. ދެ ފަރާތަށް ވެސް ލިބޭނެ ކަމަށް ލަފާކުރެވެނީ 51 ގޮނޑި ކަމަށްވާއިރު، ސަރުކާރެއް އެކުލަވައިލުމުގައި އަރަބި ޕާޓީތަކުގެ ދައުރު ބޮޑުވާނެ ކަމަށް ބެލެވެއެވެ. މި ނަތީޖާގެ ސަބަބުން އިސްރާއީލުގެ ސިޔާސީ މަސްރަހު އިތުރަށް އޮޅުންބޮޅުންވުމުގެ ފުރުސަތު އެބައޮތެވެ.

ބްރެޒިލްގެ އިދިކޮޅު ލީޑަރު ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެ

މަނީ ލޯންޑަރިންގެ ތުހުމަތުތަކަކާ ގުޅިގެން ޕާސްޕޯޓް ހަވާލުކުރަން ބްރެޒިލްގެ ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވަނިކޮށް، އެ ގައުމުގެ އިދިކޮޅު ލީޑަރު ފްލާވިއޯ ބޮލްސޮނާރޯ ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެއެވެ. އޭނާގެ ޕާސްޕޯޓް ބާތިލްކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އެމެރިކާއަށް ގޮސްފައިވަނީ، އެ ގައުމުން އޭނާއަށް ވިސާ ދޫކޮށްފައިވާކަން ކަށަވަރުވިތާ މާގިނަ އިރުތަކެއް ނުވަނީހެވެ.

މި އަހަރު އެންމެ މަގުބޫލު ލަފުޒަކަށް "މެކްސިންގް" ހޮވައިފި

ޑިކްޝަނަރީ ޑޮޓް ކޮމް އިން 2026 ވަނަ އަހަރުގެ އެންމެ މަގުބޫލު ލަފުޒަކަށް، ކަމެއް އެންމެ ފުރިހަމައަށް ކުރުމުގެ މާނަ ދޭހަވާ "މެކްސިންގް" (maxxing) ހޮވައިފިއެވެ. މި ލަފުޒު ބޭނުންކުރާ މިންވަރު ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 19 ގުނަ އިތުރުވެފައިވާއިރު، މިއީ ހާއްސަކޮށް ޒުވާނުންގެ މެދުގައި އެކި ކަންކަން އެންމެ މަތީ ދަރަޖައަށް ފުރިހަމަކުރުމަށް ބޭނުންކުރާ އިސްތިލާހެކެވެ.

Newsletter

Get the latest news delivered straight to your inbox