އުރުދުންގެ އަމީރު ހަމްޒާއަށް ބަގާވާތުގެ ތުހުމަތު

އަމީރު ހަމްޒާ -- ފޮޓޯ: އޭއެފްޕީ / އަޓިލާ ކިސްބެނެޑެކް

އަމީރު ހަމްޒާ -- ފޮޓޯ: އޭއެފްޕީ / އަޓިލާ ކިސްބެނެޑެކް

އުރުދުންގެ ކުރީގެ ވަލީ އަހުދު މަސައްކަތް ކުރެއްވީ ގަބީލާތަކުގެ ވެރިންނާ ގުޅިގެން ސަރުކާރާ ދެކޮޅަށް ބަގާވާތް ހިންގަން ކަމަށް ބޮޑުވަޒީރުގެ ނައިބު ތުހުމަތު ކުރައްވައިފި އެވެ.

އައިމަން ސަފާދީ ތުހުމަތު ކުރެއްވި ގޮތުގައި އަމީރު ހަމްޒާ ބިން ހުސެއިން އުޅުއްވީ ދައުލަތުގައި ހަމަނުޖެހުން އުފައްދާ، ބަގާވާތެއް ހިންގެވުމަށެވެ.

އަމީރު ހަމްޒާ މި ވަގުތު ހުންނެވީ ގޭ ބަންދުގައި ކަމަށް ވިދާޅުވާ ވީޑިއޯއެއް އިއްޔެ ބީބީސީން ވަނީ އާއްމުކޮށްފަ އެވެ. ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށް އުރުދުންގެ އަސްކަރިއްޔާއިން ބުނެ އެވެ.

އިއްޔެ އާއްމުކުރި ވީޑިއޯގައި އަމީރު ހަމްޒާ ވަނީ އެމަނިކުފާނާ ދެކޮޅަށް ކުރާ ތުހުމަތުތައް ދޮގުކުރައްވާފަ އެވެ. ނަމަވެސް ސަރުކާރުގެ ވެރިންނަކީ ކޮރަޕްޓު ބައެއްގެ ގޮތުގައި ސިފަކުރެއްވި އެވެ.

އަމީރު ހަމްޒާ ގޭ ބަންދުގައި ހުންނެވިއިރު، ބަގާވާތް ކުރަން އުޅުނު ކަމުގެ ތުހުމަތުގައި މިހާތަނަށް 16 މީހަކު ހައްޔަރުކޮށްފައި ވެއެވެ. އޭގެ ތެރޭގައި ހަމްޒާގެ އެއް ބަފާ ބޭބޭފުޅު އަދި ރަސްގެފާނު އަބްދުﷲ ގެ ކުރީގެ އެޑްވައިޒަރު ވެސް ހިމެނިވަޑައިގަންނަވަ އެވެ.

އަމީރު ހަމްޒާއަކީ ކާކު؟

އަމީރު ހަމްޒާއަކީ ކުރީގެ ރަސްގެފާނު ހުސެން އާއި އެމަނިކުފާނު އެންމެ ލޯބިވެ ވަޑައިގެންނެވި އަނބިކަނބަލުން ރާނީ ނޫރަށް ލިބިވަޑައިގެންނެވި އެންމެ ދޮށީ ދަރިކަލުންނެވެ. އިނގިރޭސިވިލާތާއި އެމެރިކާއިން ތައުލީމް ހާސިލްކުރެއްވުމަށް ފަހު ހަމްޒާ ވަނީ އުރުދުންގެ އަސްކަރިއްޔާއަށް ހިދުމަތް ކުރައްވާފަ އެވެ.

އަމީރު ހަމްޒާއަކީ ވަލީއަހުދު ކަމަށް ކަނޑައެޅީ 1999 ގައެވެ. ބައްޕާފުޅު އަދި އޭރުގެ ރަސްގެފާނު ހުސެއިން، ހަމްޒާ ސިފަކުރެއްވީ އެމަނިކުފާނުގެ "ލޮލުގެ ނޫރު" ގޮތުގަ އެވެ. ނަމަވެސް ރަސްގެފާނު އަވަހާރަވުމާއެކު އަމީރު ހަމްޒާއަކީ ތަހުތުގެ މަސްއޫލިއްޔަތު އަދާކުރެވޭ ވަރަށް ވުރެ ޒުވާން ބޭފުޅެއް ކަމަށް ކަނޑައެޅި އެވެ.

އެހެންކަމުން ހަމްޒާގެ ބަދަލުގައި ރަސްގެފާނަކަށް ވެވަޑައިގެންނެވީ އަބްދުﷲ އެވެ. ހަމްޒާއަކީ ވަލީއަހުދު ކަމަށް ކަނޑައަޅާފައި އޮތް އޮތުން ރަސްގެފާނު އަބްދުﷲ ބާތިލްކުރެއްވީ 2004 ގައެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޔޫކޭ ގްރީން ޕާޓީގެ ލީޑަރު އިޒްރޭލަށް އެތެރެވުން މަނާކޮށްފި

ޒަޔަނިސްޓް ފިކުރަކީ ނަސްލީ ތަފާތުކުރުމެއް ކަމަށް ކަނޑައަޅައި އިނގިރޭސި ގްރީން ޕާޓީން ގަރާރެއް ފާސްކުރުމާ ގުޅިގެން، އެ ޕާޓީގެ ލީޑަރު ޒެކް ޕޮލާންސްކީ އިޒްރޭލަށް އެތެރެވުން އެ ގައުމުން މަނާކޮށްފިއެވެ. އިޒްރޭލުން މި ނިންމުން ނިންމީ އެ ގަރާރަކީ ޔަހޫދީންނާ ދެކޮޅު އަމަލެއް ކަމަށް ބުނެފައިވަނިކޮށް، ގްރީން ޕާޓީގެ ގަރާރުގައި ވަނީ ފަލަސްތީނުގެ ބިމުގައި ޑިމޮކްރެޓިކް ދައުލަތެއް ގާއިމުކުރުމަށް ބާރުއަޅާފައެވެ.

އަންހެން ނޫސްވެރިންނަށް ދިއްލީ ފުލުހުން ޖިންސީ ފުރައްސާރަކޮށްފި

އިންޑިއާގެ އިލެކްޝަން ކޮމިޝަނަރުގެ އިސްތިއުފާއަށް ގޮވާލައި ދިއްލީގައި ކުރި މުޒާހަރާއެއްގެ ތެރެއިން، ފުލުހުންގެ ފަރާތުން ޖިންސީ ފުރައްސާރަ ކުރިމަތިވި ކަމަށް ތިން އަންހެން ނޫސްވެރިއަކު ތުހުމަތުކޮށްފިއެވެ. މި މައްސަލަ ދިއްލީ ފުލުހުންގެ ކްރައިމް ބްރާންޗުން މިހާރު ތަހުގީގު ކުރަމުންދާއިރު، ނޫސްވެރިންނަށް ކުރިމަތިވި މި ހާދިސާއާ ގުޅިގެން ސިޔާސީ ފަރާތްތަކާއި ޕްރެސް ކްލަބުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

އިންޑިއާ އިލެކްޝަންސްގެ ޗީފްގެ އިސްތިއުފާއަށް ގޮވާ މުޒާހަރާ

އިންޑިއާގެ ވޯޓާ ރޯލަށް ގެނައި ބަދަލުތަކާ ގުޅިގެން، އެ ގައުމުގެ އިލެކްޝަން ކޮމިޝަނުގެ އިސްވެރިޔާ އިސްތިއުފާ ދެއްވުމަށް ގޮވާލައި ކުރާ މުޒާހަރާތައް ވަނީ ވަރުގަދަވެފައެވެ. އިދިކޮޅު ލީޑަރުން އިސްވެ ތިއްބަވައި ކުރިއަށްގެންދާ މި މުޒާހަރާތަކުގެ ބައިވެރިން ތުހުމަތުކުރާ ގޮތުގައި، މި ބަދަލުތަކަކީ ވެރިކަންކުރާ ބީޖޭޕީއަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށް ގެނައި ބަދަލުތަކެކެވެ. މުޒާހަރާތައް ހުއްޓުވުމަށް ފުލުހުން ދަނީ ގިނަ ބަޔަކު ހައްޔަރުކޮށް، އެއްވުން މަނާ ސަރަހައްދުތަކުން މީހުން ދުރުކުރަމުންނެވެ.

ހޫތީން ބަލިކުރަން ޔަމަނުން އަސްކަރީ ބޮޑު އޮޕަރޭޝަނެއް ފަށައިފި

ޔަމަނުގެ ސަރުކާރުގެ ބާރުގެ ދަށުން ބޭރުވެފައިވާ ސަރަހައްދުތައް އަނބުރާ ހޯދުމަށްޓަކައި، ސައުދީ އަރަބިއްޔާގެ އެހީތެރިކަމާއެކު ހޫތީންނާ ދެކޮޅަށް އަސްކަރީ ބޮޑު އޮޕަރޭޝަނެއް ވަނީ ފަށާފައެވެ. މި ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން ހޫތީން ވަނީ ސައުދީގެ އަރަމްކޯ މަރުކަޒުތަކަށް މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފައިވާ ކަމަށް ބުނެފައެވެ.

ކޯ-ޕައިލެޓާއި އޮސްޓްރޭލިއާއާ އޮތް ގުޅުން ބަލަނީ

ފްލައިދުބާއީގެ ފްލައިޓެއް ހައިޖެކްކުރަން އުޅުނު ކޯ-ޕައިލެޓަކީ އޮސްޓްރޭލިއާގައި ކިޔަވައި، އެ ގައުމުގެ ހަރުކަށި ފިކުރުގެ މަރުކަޒުތަކާ ގުޅުން އޮތް މީހެއްކަމަށް ތުހުމަތު ކުރެވޭތީ އޮސްޓްރޭލިއާގެ ކައުންޓާ ޓެރަރިޒަމް ޔުނިޓުން އެކަން ތަހުގީގު ކުރަން ފަށައިފިއެވެ. ޔޫއޭއީން ޓެރަރިސްޓް ހަމަލާއެއްގެ ގޮތުގައި ސިފަކުރި މި ހާދިސާގައި، ކޯ-ޕައިލެޓް ވަނީ ކޯރާޑިއަކުން ކެޕްޓަނަށް ހަމަލާދީ ބޯޓު ވައްޓާލަން މަސައްކަތް ކޮށްފައެވެ. ނަމަވެސް ބޯޓު ވަނީ ކޮންޓްރޯލްގެ ދަށަށް ގެނެސް ސަލާމަތްތެރިކަމާއެކު ޖައްސާފައެވެ.

ޖަޕާނުގައި މަރުގެ މައްސަލައެއްގައި އެމެރިކާ ސިފައިންގެ މީހެއް

ޖަޕާނުގެ އޮކިނާވާގައި އަންހެނަކު މަރާލައި ފޭރުނު ކަމުގެ ތުހުމަތުގައި އެމެރިކާގެ މެރިން ސިފައިންގެ މީހަކު ހައްޔަރުކުރުމާ ގުޅިގެން، ޖަޕާނު ސަރުކާރުން އެމެރިކާއަށް ރަސްމީކޮށް އިހުތިޖާޖު ހުށަހަޅައިފިއެވެ. މި ހާދިސާ ކުށްވެރިކުރައްވައި ބޮޑުވަޒީރު ޓަކައިޗީ ވަނީ މައްސަލައިގެ ތަހުގީގަށް އެމެރިކާގެ އެއްބާރުލުން ދިނުމަށާއި، މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ފިޔަވަޅު އެޅުމަށް ގޮވާލައްވާފައެވެ.

Newsletter

Get the latest news delivered straight to your inbox