ދެކުނު ޗައިނާ ކަނޑުގެ މައްސަލާގައި ފިލިޕީންސް ރުޅި އަތުވެއްޖެ

ދެކުނު ޗައިނާ ކަނޑު-- ފޮޓޯ: ޔޫއެސް ނޭވީ

ދެކުނު ޗައިނާ ކަނޑު-- ފޮޓޯ: ޔޫއެސް ނޭވީ

ދެކުނު ޗައިނާ ކަނޑަށް ޗައިނާއިން އިތުރަށް އަތް ގަދަ ކުރަން އުޅޭ ކަމަށް ފިލިޕީންސްއިން ތުހުމަތުކޮށްފި އެވެ.

ޗައިނާއިން ބުނާ ގޮތުގައި ގުދުރަތީ ގޮތުން މުއްސަނދި ދެކުނު ޗައިނާ ކަނޑައަކީ އެ ގައުމުގެ ބައެކެވެ. އެ ކަނޑުގެ އެކި ހިސާބުތަކުގައިވާ ފަރުތަކުގައި ޗައިނާއިން ވަނީ ރަންވޭތަކާއި ޕޯޓް ފެސިލިޓީތައް ގާއިމްކޮށްފަ އެވެ.

ދެކުނު އިރުމަތީ އޭޝިއާގެ ގިނަ ގައުމުތަކުން އެ ކަނޑުގެ އެކި ސަރަހައްދުތަކަށް ދައުވާ ކުރެ އެވެ. އޭގެ ތެރޭގައި ޓައިވާން، ވިއެޓްނާމް، ފިލިޕީންސް، މެލޭޝިއާ އަދި ބްރޫނާއި ހިމެނެ އެވެ.

އެ ކަނޑުގައި މަނަވަރުތަކަށް މުހިއްމު ރޫޓުތައް ހިމެނޭ އިރު، ތެލާއި ގޭސް އެކި ސަރަހައްދުން ފެނުމުގެ ފުރުސަތު އޮތް ކަމަށް ވެއެވެ.

މިދިޔަ މަހު ޗައިނާގެ 200 ބޯޓު ވަނީ އެ ކަނޑުގައި ފިލިޕީންސްއާ ގާތުގައިވާ ވިޓްސުން ފަރާ ދިމާލުން ދަތުރުކޮށްފަ އެވެ.

އެ މައްސަލާގައި ފިލިޕީންސްއިން ހިތްހަމަނުޖެހުން ފާޅުކުރުމުން މިހާރު އެ ބޯޓުތައް އޮތީ ދެ ގައުމުން ވެސް ދައުވާ ކުރާ ސްޕްރެޓްލީ އައިލެންޑްސް ކައިރީގަ އެވެ.

ފިލިޕީންސްއިން ބުނެފައި ވަނީ ބޯޓުތައް އެ ސަރަހައްދުގައި ބޭއްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށެވެ. ނަމަވެސް ޗައިނާއިން ބުނީ އެއީ އަސްކަރީ މަނަވަރު ނޫން ކަމަށެވެ. އެކަމަކު ފިލިޕީންސްއިން ޗައިނާގެ އެ ވާހަކަ ގަބޫލެއް ނުކުރެ އެވެ.

"މި ސަރަހައްދުގައި ޗައިނާއިން އަސްކަރީ އުޅަނދުތައް ދުއްވުމަކީ އެ ގައުމުން ހުޅަނގު ފިލިޕީންސް ކަނޑުގެ އިތުރު ސަރަހައްދުތައް އަތުލަން ބޭނުންވާކަން އަންގައިދޭ ކަމެއް،" ފިލިޕީންސްގެ ޑިފެންސް ސެކެޓްރީ ޑެލްފިން ލޮރެންޒާނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފިލިޕީންސްއަށް ނިސްބަތްވާ ސްކާބޮރޯ ޝޯލް އާއި މިސްޗީފް ރީފް މީގެ ކުރިން ޗައިނާއިން އަތުލާފައިވާ ކަމަށާއި އަދިވެސް މަސައްކަތް ކުރަމުން ދަނީ ފިލިޕީންސްގެ އިސްތިގްލާލަށް އުނިކަން އަންނަ ގޮތަށް ކަމަށެވެ.

ދެކުނު ޗައިނާ ކަނޑަކީ ހަމައެކަނި ޗައިނާގެ ނުފޫޒު ހިނގާނެއް ތަނެއް ނޫން ކަމަށް 2016 ވަނަ އަހަރު ބައިނަލްއަގްވާމީ ޓްރައިބިއުނަލް އަކުން ވަނީ ކަނޑައަޅާފަ އެވެ. އެކަމަކު އެ ނިންމުމަށް އަމަލު ކުރަން ޗައިނާއިން ބޭނުމެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

ތޫފާނާ ގުޅިގެން އިންޑިއާގައި 180،000 މީހުން އެހެން ހިސާބުތަކަށް

އިންޑިއާގެ އިރުމަތީ އައްސޭރިފަށަށް އެރި ބާރުގަދަ ތޫފާން "އަރުނަބް" އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 180،000 އަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ. މި ތޫފާނުގެ ސަބަބުން ގަސްތައް ވެއްޓި ކަރަންޓުގެ ޚިދުމަތަށް ބުރޫއަރައި، ދަތުރުފަތުރުތައް މެދުކަނޑާލަން ޖެހުނު ނަމަވެސް، މިހާތަނަށް އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

ނަތަންޔާހޫގެ ޕާޓީއަށް މެޖޯރިޓީއެއް ނުލިބޭނެ

އިސްރާއީލުގެ އިންތިޚާބުގެ އެގްޒިޓް ޕޯލްތަކުން ދައްކާގޮތުގައި، ބޮޑުވަޒީރު ނަތަންޔާހޫގެ ކޯލިޝަނަށާއި އިދިކޮޅު ކޯލިޝަނަށް ވެސް ސަރުކާރެއް އެކުލަވައިލުމަށް ބޭނުންވާ 61 ގޮނޑީގެ އަޣުލަބިއްޔަތެއް ނުލިބެއެވެ. ދެ ފަރާތަށް ވެސް ލިބޭނެ ކަމަށް ލަފާކުރެވެނީ 51 ގޮނޑި ކަމަށްވާއިރު، ސަރުކާރެއް އެކުލަވައިލުމުގައި އަރަބި ޕާޓީތަކުގެ ދައުރު ބޮޑުވާނެ ކަމަށް ބެލެވެއެވެ. މި ނަތީޖާގެ ސަބަބުން އިސްރާއީލުގެ ސިޔާސީ މަސްރަހު އިތުރަށް އޮޅުންބޮޅުންވުމުގެ ފުރުސަތު އެބައޮތެވެ.

ބްރެޒިލްގެ އިދިކޮޅު ލީޑަރު ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެ

މަނީ ލޯންޑަރިންގެ ތުހުމަތުތަކަކާ ގުޅިގެން ޕާސްޕޯޓް ހަވާލުކުރަން ބްރެޒިލްގެ ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވަނިކޮށް، އެ ގައުމުގެ އިދިކޮޅު ލީޑަރު ފްލާވިއޯ ބޮލްސޮނާރޯ ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެއެވެ. އޭނާގެ ޕާސްޕޯޓް ބާތިލްކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އެމެރިކާއަށް ގޮސްފައިވަނީ، އެ ގައުމުން އޭނާއަށް ވިސާ ދޫކޮށްފައިވާކަން ކަށަވަރުވިތާ މާގިނަ އިރުތަކެއް ނުވަނީހެވެ.

މި އަހަރު އެންމެ މަގުބޫލު ލަފުޒަކަށް "މެކްސިންގް" ހޮވައިފި

ޑިކްޝަނަރީ ޑޮޓް ކޮމް އިން 2026 ވަނަ އަހަރުގެ އެންމެ މަގުބޫލު ލަފުޒަކަށް، ކަމެއް އެންމެ ފުރިހަމައަށް ކުރުމުގެ މާނަ ދޭހަވާ "މެކްސިންގް" (maxxing) ހޮވައިފިއެވެ. މި ލަފުޒު ބޭނުންކުރާ މިންވަރު ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 19 ގުނަ އިތުރުވެފައިވާއިރު، މިއީ ހާއްސަކޮށް ޒުވާނުންގެ މެދުގައި އެކި ކަންކަން އެންމެ މަތީ ދަރަޖައަށް ފުރިހަމަކުރުމަށް ބޭނުންކުރާ އިސްތިލާހެކެވެ.

Newsletter

Get the latest news delivered straight to your inbox