ރަސްގެފާނަށް ފާޑުވިދާޅުވާތީ އުރުދުންގެ އަމީރު ހަމްޒާ ގޭ ބަންދުގައި

އަމީރު ހަމްޒާ 2004 ގައި. އެމަނިކުފާނަކީ އުރުދުންގެ ކުރީގެ ވަލީއަހުދު -- ފޮޓޯ: ގެޓީ އިމޭޖަޒް

އަމީރު ހަމްޒާ 2004 ގައި. އެމަނިކުފާނަކީ އުރުދުންގެ ކުރީގެ ވަލީއަހުދު -- ފޮޓޯ: ގެޓީ އިމޭޖަޒް

އުރުދުންގެ ސަރުކާރަށް ފާޑުކިޔާ ފަރާތްތަކާ ދެކޮޅަން ހިންގާ ކެމްޕެއިނެއްގެ ދަށުން އެ ގައުމުގެ ކުރީގެ ވަލީއަހުދު އަމީރު ހަމްޒާ ބިން ހުސެއިން މި ވަގުތު ހުންނެވީ ގޭ ބަންދުގައި ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

އެކަން ހާމަކުރެއްވީ ހަމްޒާގެ ގާނޫނީ ވަކީލު ބީބީސީއާ ހިއްސާކުރެއްވި ވީޑިއޯއެއް މެދުވެރިކޮށެވެ. އަމީރު ހަމްޒާއަކީ ރަސްގެފާނު އަބްދުﷲ އާ އެއް ބަފާ ކޮއްކޮ އެވެ. އެ ވީޑިއޯގައި ހަމްޒާ ވަނީ ގައުމުގެ ވެރިންނަށް ކޮރަޕްޝަނުގެ ތުހުމަތު ކުރައްވާފަ އެވެ.

"މިއަދު ހެނދުނު އުރުދުންގެ އަސްކަރީ ބާރުގެ ވެރިޔާ އަޅުގަނޑަށް ޒިޔާރަތްކޮށް، ބޭރަށް ނިކުތުމާއި، މީހުންނާ ބައްދަލުކޮށް ވާހަކަދެއްކުން މަނާ ކަމަށް ވިދާޅުވި. އެއީ މީގެ ކުރިން އަޅުގަނޑު ބައިވެރިވި ބައްދަލުވުންތަކުގައި ރަސްގެފާނާއި ސަރުކާރަށް ފާޑުކިޔާފައި ވާތީ،" ހޮނިހިރު ދުވަހު ރިކޯޑު ކުރި އެ ވީޑިއޯގައި ވެއެވެ.

Advertisement

ރަސްގެފާނަށް ފާޑުވިދާޅުވީ ސީދާ ހަމްޒާ ނޫން ކަމަށް އަސްކަރިއްޔާއިން ބުނި ނަމަވެސް އުރުދުންގައި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން އެއްވެސް ވަރަކަށް ނެތް ކަމަށް ހަމްޒާގެ ވީޑިއޯގައި ވިދާޅުވި އެވެ.

އެއްޗެއް ބުނެފި ނަމަ ނުވަތަ ހިޔާލެއް ފާޅުކޮށްފި ނަމަ، ގަނާ ކުރުމާއި ހައްޔަރު ކުރުމާއި ފުރައްސާރަ އާއި އިންޒާރުގެ ޝިކާރައަކަށް ނުވެ އެއްވެސް މީހަކު ސަލާމަތް ނުވާނެ ދަރަޖައެއް ކަންކަން ވަނީ ގޮސްފައި.

ހަމްޒާ ގޭ ބަންދުގައި ހުންނެވި ކަމަށް ވިދާޅުވާ ވީޑިއޯއެއް އާއްމުވެފައި މި ވަނީ އުރުދުންގައި ހިންގަން އުޅުނު ބަގާވާތަކާ ގުޅިގެން ގިނަ ބަޔަކު ހައްޔަރު ކުރަމުންދާ ދަނޑިވަޅެއްގަ އެވެ. ނަމަވެސް ހަމްޒާ ހުންނެވީ ގޭ ބަންދުގައި ނޫން ކަމަށް އެ ގައުމުގެ އަސްކަރިއްޔާއިން ބުނެ އެވެ.

އެކަމަކު ގައުމުގެ ސަލާމަތާއި ހަމަޖެހުމަށް ގެއްލުން ލިބޭ ފަދަ އަމަލުތައް ކުރުން ހުއްޓާލުމަށް ހަމްޒާއަށް އަންގާފައިވާ ކަމަށް އަސްކަރިއްޔާއިން ބުންޏެވެ. ރައްދުގައި ހަމްޒާ ވިދާޅުވީ އެމަނިކުފާނު ގާނޫނާ ހިލާފު އެއްވެސް ކަމެއް ނުކުރާ ކަމަށާއި ސަރުކާރާ ދެކޮޅަށް ރޭވުންތަކެއް ނުރާވާ ކަމަށެވެ.

އުރުދުންގެ ސިޔާސީ މަޝްރަހު މިފަދަ ހާލަތެއްގައި އޮތް އިރު، މެދުއިރުމަތީގެ ގައުމުތަކުން ވަނީ މިހާރުގެ ރަސްގެފާނު އަބްދުﷲ އަށް ތާއީދު އޮތްކަން ހާމަކޮށްފަ އެވެ. އެގޮތުން މިސްރާއި ސައުދީ އަރަބިއްޔާއިން ވެސް ތާއީދު ކުރަނީ ރަސްގެފާނު އަބްދުﷲ އަށެވެ. އޭގެ އިތުރުން އެމެރިކާއިން ވެސް ބުނެފައި ވަނީ ރަސްގެފާނު އަބްދުﷲ އަކީ މުހިއްމު ބައިވެރިއެއް ކަމަށެވެ.

އަމީރު ހަމްޒާއަކީ ކާކު؟

އަމީރު ހަމްޒާއަކީ ކުރީގެ ރަސްގެފާނު ހުސެން އާއި އެމަނިކުފާނު އެންމެ ލޯބިވެ ވަޑައިގެންނެވި އަނބިކަނބަލުން ރާނީ ނޫރަށް ލިބިވަޑައިގެންނެވި އެންމެ ދޮށީ ދަރިކަލުންނެވެ. އިނގިރޭސިވިލާތާއި އެމެރިކާއިން ތައުލީމް ހާސިލްކުރެއްވުމަށް ފަހު ހަމްޒާ ވަނީ އުރުދުންގެ އަސްކަރިއްޔާއަށް ހިދުމަތް ކުރައްވާފަ އެވެ.

އަމީރު ހަމްޒާއަކީ ވަލީއަހުދު ކަމަށް ކަނޑައެޅީ 1999 ގައެވެ. ބައްޕާފުޅު އަދި އޭރުގެ ރަސްގެފާނު ހުސެއިން، ހަމްޒާ ސިފަކުރެއްވީ އެމަނިކުފާނުގެ "ލޮލުގެ ނޫރު" ގޮތުގަ އެވެ. ނަމަވެސް ރަސްގެފާނު އަވަހާރަވުމާއެކު އަމީރު ހަމްޒާއަކީ ތަހުތުގެ މަސްއޫލިއްޔަތު އަދާކުރެވޭ ވަރަށް ވުރެ ޒުވާން ބޭފުޅެއް ކަމަށް ކަނޑައެޅި އެވެ.

އެހެންކަމުން ހަމްޒާގެ ބަދަލުގައި ރަސްގެފާނަކަށް ވެވަޑައިގެންނެވީ އަބްދުﷲ އެވެ. ހަމްޒާއަކީ ވަލީއަހުދު ކަމަށް ކަނޑައަޅާފައި އޮތް އޮތުން ރަސްގެފާނު އަބްދުﷲ ބާތިލްކުރެއްވީ 2004 ގައެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

ތޫފާނާ ގުޅިގެން އިންޑިއާގައި 180،000 މީހުން އެހެން ހިސާބުތަކަށް

އިންޑިއާގެ އިރުމަތީ އައްސޭރިފަށަށް އެރި ބާރުގަދަ ތޫފާން "އަރުނަބް" އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 180،000 އަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ. މި ތޫފާނުގެ ސަބަބުން ގަސްތައް ވެއްޓި ކަރަންޓުގެ ޚިދުމަތަށް ބުރޫއަރައި، ދަތުރުފަތުރުތައް މެދުކަނޑާލަން ޖެހުނު ނަމަވެސް، މިހާތަނަށް އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

ނަތަންޔާހޫގެ ޕާޓީއަށް މެޖޯރިޓީއެއް ނުލިބޭނެ

އިސްރާއީލުގެ އިންތިޚާބުގެ އެގްޒިޓް ޕޯލްތަކުން ދައްކާގޮތުގައި، ބޮޑުވަޒީރު ނަތަންޔާހޫގެ ކޯލިޝަނަށާއި އިދިކޮޅު ކޯލިޝަނަށް ވެސް ސަރުކާރެއް އެކުލަވައިލުމަށް ބޭނުންވާ 61 ގޮނޑީގެ އަޣުލަބިއްޔަތެއް ނުލިބެއެވެ. ދެ ފަރާތަށް ވެސް ލިބޭނެ ކަމަށް ލަފާކުރެވެނީ 51 ގޮނޑި ކަމަށްވާއިރު، ސަރުކާރެއް އެކުލަވައިލުމުގައި އަރަބި ޕާޓީތަކުގެ ދައުރު ބޮޑުވާނެ ކަމަށް ބެލެވެއެވެ. މި ނަތީޖާގެ ސަބަބުން އިސްރާއީލުގެ ސިޔާސީ މަސްރަހު އިތުރަށް އޮޅުންބޮޅުންވުމުގެ ފުރުސަތު އެބައޮތެވެ.

ބްރެޒިލްގެ އިދިކޮޅު ލީޑަރު ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެ

މަނީ ލޯންޑަރިންގެ ތުހުމަތުތަކަކާ ގުޅިގެން ޕާސްޕޯޓް ހަވާލުކުރަން ބްރެޒިލްގެ ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވަނިކޮށް، އެ ގައުމުގެ އިދިކޮޅު ލީޑަރު ފްލާވިއޯ ބޮލްސޮނާރޯ ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެއެވެ. އޭނާގެ ޕާސްޕޯޓް ބާތިލްކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އެމެރިކާއަށް ގޮސްފައިވަނީ، އެ ގައުމުން އޭނާއަށް ވިސާ ދޫކޮށްފައިވާކަން ކަށަވަރުވިތާ މާގިނަ އިރުތަކެއް ނުވަނީހެވެ.

މި އަހަރު އެންމެ މަގުބޫލު ލަފުޒަކަށް "މެކްސިންގް" ހޮވައިފި

ޑިކްޝަނަރީ ޑޮޓް ކޮމް އިން 2026 ވަނަ އަހަރުގެ އެންމެ މަގުބޫލު ލަފުޒަކަށް، ކަމެއް އެންމެ ފުރިހަމައަށް ކުރުމުގެ މާނަ ދޭހަވާ "މެކްސިންގް" (maxxing) ހޮވައިފިއެވެ. މި ލަފުޒު ބޭނުންކުރާ މިންވަރު ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 19 ގުނަ އިތުރުވެފައިވާއިރު، މިއީ ހާއްސަކޮށް ޒުވާނުންގެ މެދުގައި އެކި ކަންކަން އެންމެ މަތީ ދަރަޖައަށް ފުރިހަމަކުރުމަށް ބޭނުންކުރާ އިސްތިލާހެކެވެ.

Newsletter

Get the latest news delivered straight to your inbox