ޗައިނާއާ ގުޅުން ގާތް، ދޭތެރެ ޖައްސާނެ ކަމެއް ނެތް!

ފޮރިން މިނިސްޓަރު ޝާހިދު "އަދަދު"އަށް އިންޓަވިއު ދެއްވަނީ: ޗައިނާއާ ޖައްސަން އުޅެގެން ފައިދާއެއް ނުލިބޭނެ ކަމަށް ވިދާޅުވި. --ހުސެއިން ވަހީދު | އަދަދު

ފޮރިން މިނިސްޓަރު ޝާހިދު "އަދަދު"އަށް އިންޓަވިއު ދެއްވަނީ: ޗައިނާއާ ޖައްސަން އުޅެގެން ފައިދާއެއް ނުލިބޭނެ ކަމަށް ވިދާޅުވި. --ހުސެއިން ވަހީދު | އަދަދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ފެށުމާ އެކު ޗައިނާއާ އޮތް ގާތް ގުޅުމަށް އަސަރުކޮށްފައިވާ ކަމުގެ ފާޑުކިޔުން ބޮޑެވެ. މި ތުހުމަތުތައް ގުޅުވަނީ ތަރައްގީގެ މަޝްރޫއުތަކުގައި ވެސް އިންޑިއާ އިން އެހީ ހޯދުމާ އެކު މި ސަރުކާރުން އެ ގައުމާ އެކު ބާއްވާ ގާތް ގުޅުމާ އެވެ. މިއާއެކު ޗައިނާގެ ގުޅުމަށް އަސަރުކޮށްފައިވާ ކަން ދޭހަވަނީ, ރާއްޖެ އާއި ޗައިނާއާ ގުޅޭ ގޮތުން މި ސަރުކާރުގެ ބައެއް ބޭފުޅުން އަމާޒުކުރާ ހަމަލާތަކާއި ދައްކާ ވާހަކަތަކުންނެވެ.

އެކަމަކު ދެ ގައުމުގެ ގުޅުމާ މެދު ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު ދެއްވާ ޖަވާބަކީ މި އެވެ;

ޗައިނާއާ އަޅުގަނޑުމެންނާ އޮތީ ވަރަށް ހާއްސަ ގުޅުމެއް، ވަރަށް ގާތް.

ޗައިނާ އިން އުފެދިގެން އައި ކޮރޯނާ ވައިރަހުން މުޅި ދުނިޔެ ބަލިމަޑުކަމެއްގެ ތެރެއަށް ވެއްޓުނުއިރު، އެ ގައުމަކީ އެ ބަލީގެ ނުރައްކަލުން ވަރަށް ކާމިޔާބުކަމާ އެކު އަރައިގަތް ގައުމެއް ވެސްމެ އެވެ. މިފަދަ ދަނޑިވަޅުތަކުގައި ޗައިނާއަކީ އަބަދުވެސް ރާއްޖެއާ އެކު އޮންނަ ގައުމެކެވެ. އެކަމަކު މިފަހަރު ރާއްޖެއަށް އެހީވުމުގައި ޗައިނާއިން އެ ދީލަތިކަން ނެތްކަން ބުނެ ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ.

ބަލިމަޑުކަމުން އަރައިގަތުމަށް ޗައިނާއާ ވާދަވެރި، އިންޑިއާއިން ރާއްޖެއަށް ޓީމެއް ފޮނުވައި އެހެން ގޮތްގޮތުން ވެސް އެހީވިއިރު އެއާ އަޅާ ކިޔަނީ ޗައިނާއާ އެވެ. ޗައިނާއިން ރާއްޖެއާމެދު ހިމޭން ގޮތެއް ގެންގުޅުމެވެ. މިހާރު ކޮވިޑްގެ ވެކްސިނާ ހަމައަށް ރާއްޖޭގައި ކަންކަން ދިޔައިރު ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ގުޅުމުގެ ވާހަކަ އަނެއްކާވެސް ގަދަވީ އެވެ. އެހެންވީ، ޗައިނާއިން ރާއްޖެއަށް ވެކްސިން ހަދިޔާކުރި ނަމަވެސް އެ ބަލައި ދާން ޖެހުމުންނެވެ.

"ދެ ގައުމު ވެސް ގާތް, އެހީތެރިކަން ދޭ"

މިނިސްޓަރު ޝާހިދު "އަދަދު"އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި، ދާހިލީ ހިޔާލު ތަފާތުވުންތައް ބޭނުންކޮށްގެން ގައުމުގެ ތަރައްގީގެ ބައިވެރިންނަށް ނިސްބަތްކޮށް އެއް ބަޔަކު އަނެއް ބަޔަކު ޖައްސަން މަސައްކަތް ކުރުމަކީ ރައްޔިތުންނަށް ފައިދާ ކުރާނެ ގޮތެއް ނޫނެވެ.

"ހަގީގަތަކީ އިންޑިއާ އާއި ޗައިނާއާ ދެ ގައުމު ވެސް އަޅުގަނޑުމެންނަށް އެހީތެރިކަން ދިން،" ޝާހިދު ވިދާޅުވި އެވެ.

"ޗައިނާއިން ހަމަ ހިލޭ، ހަމަ ހިލޭ ވެކްސިން ދިނީ އިނގޭތޯ،"

ޗައިނާ އާއި އިންޑިއާ އިން ވެސް ރާއްޖެއަށް ދެ ލައްކަ ވެކްސިން ޑޯޒް ހަދިޔާ ކުރި އެވެ. އޭގެ ތެރެއިން އިންޑިއާއިން ހަދިޔާކުރި ވެކްސިން އެންމެ ފުރަތަމަ ޖަހާފައިވާއިރު ޗައިނާއިން ހަދިޔާކުރި ވެކްސިން މިހާރު ގެންދަނީ ޖަހަމުންނެވެ.

"ދެން އަޅުގަނޑުމެން ބަލަންވީ އިންޑިއާއިން ދިނީ ކިހާވަރެއްތޯ، ޗައިނާއިން ދިނީ ކިހާވަރެއްތޯ، އުފުލީ ކޮން ބައެއްތޯ، ބަލާ ފޮނުވަން ޖެހުނީ ކޮން ބައެއްތޯ،" ޝާހިދު ވިދާޅުވި އެވެ.

ދެން އެކަހަލަ ވާހަކަތައް ދައްކައިގެން ފިތުނަ އުފައްދަން މަސައްކަތް ކުރުމަކީ ޝާހިދު ވިދާޅުވި ގޮތުގައި، ދިވެހިންނަށް ފައިދާއެއް އޮތް ކަމެއް ނޫނެވެ.

ގައުމަށް ފައިދާ ވަނީ އެންމެންނާ ގުޅުން ބަދަހިކޮށް, ތަރައްގީގެ ބައިވެރިންގެ ގޮތުގައި ދެކިގެން ކުރިއަށް ގޮސްގެންކަން ޝާހިދު ފާހަގަ ކުރައްވަމުން ވިދާޅުވީ އެ މަންޒަރު ކޮވިޑްގެ ތެރޭގައި ވަަރަށް ބޮޑަށް ފެނިގެން ދިޔަ ކަމަށެވެ.

"އަޅުގަނޑު ވަރަށް ގިނަ ގައުމުތަކެއްގެ ހާރިޖީ ވަޒީރުން ވާހަކަ ދައްކަމުން ދިޔައިން، އެ ބޭފުޅުންގެ ކަންބޮޑުވުން އެބަހުރި އެ ގައުމުތަކަށް ވެކްސިން ނުލިބޭތީ، ލިބޭނީ ކޮން ދުވަހެއްގައި ކަމެއް ނޭނގޭތީ، ވެކްސިންގެ ހަމައެކަނި ވީ އަކުރު އިވިފައި ތިބި ގައުމުތައް ވެސް މަދެއް ނޫން،" ޝާހިދު ވިދާޅުވި އެވެ.

"އެހެންނަމަވެސް އަޅުގަނޑުމެންގެ ބޮޑު އާބާދީއަކަށް ވެކްސިން ޖެހިފައި މިތިބީ،"

ޝާހިދު ވިދާޅުވި ގޮތުގައި، ރާއްޖެއަށް ފައިދާވަމުން ދަނީ އިންޑިއާ އެކު ވެސް ޗައިނާއާ އެކު ވެސް އަދި އެހެން ގައުމުތަކާއެކު ވެސް މި ސަރުކާރުން ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ސަބަބުން ކަމަށެވެ.

އެންމެންނާ އެކުވެރިކަން ބާއްވާތީ، އެންމެންނާ ގުޅިގެން މަސައްކަތް ކުރާތީ އެންމެންނާ އެކު ވާހަކަ ދައްކާތީ އޭގެ ނަތީޖާ މިއީ.

ޗައިނާ އިން ދިން ޔަގީންކަން: ލޯން ދެއްކުން ފަސްކޮށްދޭނެ

ކުރީގެ ސަރުކާރުގައި ޗައިނާއާ ގުޅުން ގާތެވެ. ނަތީޖާއަކީ ގިނަ މަޝްރޫއުތަކަށް ޗައިނާ އިން ލޯނު ނެގުމެވެ. އެ ލޯނު ދެއްކުމުގެ މުއްދަތު ޖެހުނީ ކޮވިޑާއެކު ނެގި އިގުތިސޯދީ ބޮޑު ރާޅުގެ ތެރޭގަ އެވެ. އެހެންވެ، އެކަމުގެ ކަންބޮޑުވުންތަކާއެކު ޗައިނާ ލޯނުތައް ރީސްޓްރަކްޗާ ކުރުމުގެ މަޝްވަރާތައް އެ ގައުމާއެކު ފެށި އެވެ. އޭގެ ތެރެއިން ލުއިތަކެއް މިހާރު ވެސް ވަނީ އެ ގައުމުން ހޯދައިދީފަ އެވެ.

"ޖީ20 ގައުމުތަކުގެ އެއްބަސްވުމެއްގެ ދަށުން ޗައިނާއިން ވެސް އަޅުގަނޑުމެން ނަގާފައިވާ ލޯނުތަކުގެ ރީޕޭމަންޓް މިހާރު ވަނީ ފަސްކޮށްދީފަ. އަދި އެއްބަސްވުމުގެ ތެރޭގައި ނުހިމެނޭ ލޯނުތަކާ ގުޅިގެން ވެސް އަޅުގަނޑުމެން މި ދަނީ ޗައިނާ ސަރުކާރާއެކު ވާހަކަ ދައްކަމުން،" ޝާހިދު ވިދާޅުވި އެވެ.

"އެ ލޯނުތައް ވެސް ހިމެނޭ ގޮތަށް ޗައިނާ ސަރުކާރުން އަޅުގަނޑުމެންނަށް ޔަގީންކަން ދީފައި އެބަ އޮތް ލޯނުތައް އަނބުރާ ދެއްކުން ފަސްކޮށް ދޭނެކަން."

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox