ކޮވިޑުގެ ހާލަތު ގޯސްވެ، ތިންވަނަ ފަހަރަށް ފްރާންސް ލޮކްޑައުންކޮށްފި

ފްރާންސްގެ ރައީސް އިމޭނުއެލް މެކްރޯން ޓީވީ މެދުވެރިކޮށް ގައުމާ މުހާތަބު ކުރައްވަނީ-- ފޮޓޯ: އޭއެފްޕީ

ފްރާންސްގެ ރައީސް އިމޭނުއެލް މެކްރޯން ޓީވީ މެދުވެރިކޮށް ގައުމާ މުހާތަބު ކުރައްވަނީ-- ފޮޓޯ: އޭއެފްޕީ

ފްރާންސްގައި ކޮވިޑުގެ ކޭސްތައް އިތުރުވަމުން ދާތީ ލޮކްޑައުންގެ ފިޔަވަޅުތައް ވަރުގަދަކޮށް ގާތްގަނޑަކަށް އެއް މަސް ދުވަހަށް ސްކޫލުތައް ބަންދުކޮށްފި އެވެ.

ރައީސް އިމޭނުއެލް މެކްރޯން ވިދާޅުވީ މަދުވެގެން ތިން ހަފްތާއަށް ސްކޫލުތައް ބަންދުކުރަން ނިންމާފައިވާ ކަމަށާއި އަންނަ ހަފްތާއިން ފެށިގެން ދަރިވަރުންގެ ކިޔެވުން ކުރިއަށް ދާނީ އޮންލައިންކޮށް ކަމަށެވެ.

ޓީވީ މެދުވެރިކޮށް ގައުމާ މުހާތަބު ކުރައްވަމުން މެކްރޯން ވިދާޅުވީ ގައުމު އޮތީ ނާޒުކު ހާލަތެއްގައި ކަމަށާއި އޭޕްރިލް މަސް ވާނީ ކޮވިޑާ ދެކޮޅަށް ކުރާ ހަނގުރާމައިގައި މުހިއްމު މަހަކަށް ކަމަށެވެ.

"މި ވަގުތު ހަރަކާތްތެރިވާން ނުފަށައިފި ނަމަ އަޅުގަނޑުމެންގެ އަތުން ކޮންޓްރޯލް ދޫވެގެން ދާނެ،" މެކްރޯން، 43، ވިދާޅުވި ކަމަށް ބީބީސީގައި ރިޕޯޓުކޮށްފައިވެ އެވެ.

މާޗް މަހުގެ ކުރީކޮޅު ފްރާންސްގެ ބައެއް ހިސާބުތަކުގައި ލޮކްޑައުންގެ ފިޔަވަޅުތަކަށް އަމަލު ކުރަން ފެށިއިރު، ހުރިހާ ޑިސްޓްރިކްޓުތަކުން ވެސް މިހާރު ވަނީ އެ ފިޔަވަޅުތަކަށް އަމަލުކުރަން ފަށާފަ އެވެ.

އެގޮތުން ޒަރޫރީ ބޭނުމަށް ތަކެތި ވިއްކާ ފިހާރަތައް ނޫން އެހެން ހުރިހާ ފިހާރައެއް ބަންދުކޮށްފައި ވާއިރު، މަގްބޫލް ސަބަބެއް ނެތި ދިރިއުޅޭ ގެއާ 10 ކިލޯމީޓަރު ދުރުގެ ސަރަހައްދުތަކަށް ދިޔުން ވަނީ މަނާކޮށްފަ އެވެ.

އޭގެ އިތުރުން ރޭގަނޑު 07:00 ގެ ފަހުން ކާފިއު ހިންގަމުން ދާއިރު، އޮފީސްތައް ބަންދުކޮށް ގޭގައި ތިބެގެން މަސައްކަތް ކުރުމަށް ވަނީ އަންގާފަ އެވެ.

ފްރާންސްގައި ކޮވިޑުގެ ކޭސްތައް އިތުރުވެ، 5،000 އަށް ވުރެ ގިނަ މީހުންނަށް މި ވަގުތު ވެސް ދަނީ އައިސީޔޫގައި ފަރުވާދެމުންނެވެ.

އިއްޔެ އެކަނިވެސް 59،038 މީހުންނަށް ކޮވިޑް ޖެހިފައިވާ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން ބުނެފައިވެ އެވެ.

ކޮވިޑުގެ ހާލަތު ގޯސްވުމާއެކު ލޮކްޑައުންގެ ފިޔަވަޅުތައް ވަރުގަދަ ކުރުން ލަސްވެފައިވާ ކަމަށް ފްރާންސްގެ ބައެއް ފަރާތްތަކުން ގަބޫލުކުރެ އެވެ.

"މިހާރު ވެސް އަޅުގަނޑުމެން އެތައް ވަގުތެއް ބޭކާރުކޮށްފިން. އޭގެ ސަބަބުން ފިޔަވަޅުތައް ހަރުކަށިވެފައި އަމަލުކުރަން ޖެހޭ މުއްދަތު ދިގުވާނެ،" ޕެރިސްގެ ޓެނޮން ހޮސްޕިޓަލުގެ އިންފެކްޝަސް ޑިޒީޒަޒް ޑިޕާޓްމަންޓުގެ ވެރިޔާ ގިލްސް ޕިއަލޫ ވިދާޅުވި ކަމަށް ބީބީސީގައިވެ އެވެ.

ފްރާންސް ލޮކްޑައުން ކުރުމަށް އެ ގައުމުގެ ގިނަ ބަޔަކު ތާއީދު ކުރާ ކަމަށް ހިޔާލު ހޯދުމުގެ ދިރާސާތަކުން ދައްކަ އެވެ. އެގޮތުން އިލޭބް އިންސްޓިޓިއުޓުގެ ދިރާސާގައި ބައިވެރިވި މީހުންގެ 54 އިންސައްތަ ތާއީދު ކުރީ ލޮކްޑައުން ކުރުމަށެވެ.

މިހާތަނަށް ޖުމްލަ 4.6 މިލިއަން މީހުން ފްރާންސްގައި ކޮވިޑަށް ޕޮޒިޓިވްވެފައި ވާއިރު، 95،495 މީހުން ވަނީ މި ބަލީގައި މަރުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

ތޫފާނާ ގުޅިގެން އިންޑިއާގައި 180،000 މީހުން އެހެން ހިސާބުތަކަށް

އިންޑިއާގެ އިރުމަތީ އައްސޭރިފަށަށް އެރި ބާރުގަދަ ތޫފާން "އަރުނަބް" އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 180،000 އަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ. މި ތޫފާނުގެ ސަބަބުން ގަސްތައް ވެއްޓި ކަރަންޓުގެ ޚިދުމަތަށް ބުރޫއަރައި، ދަތުރުފަތުރުތައް މެދުކަނޑާލަން ޖެހުނު ނަމަވެސް، މިހާތަނަށް އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

ނަތަންޔާހޫގެ ޕާޓީއަށް މެޖޯރިޓީއެއް ނުލިބޭނެ

އިސްރާއީލުގެ އިންތިޚާބުގެ އެގްޒިޓް ޕޯލްތަކުން ދައްކާގޮތުގައި، ބޮޑުވަޒީރު ނަތަންޔާހޫގެ ކޯލިޝަނަށާއި އިދިކޮޅު ކޯލިޝަނަށް ވެސް ސަރުކާރެއް އެކުލަވައިލުމަށް ބޭނުންވާ 61 ގޮނޑީގެ އަޣުލަބިއްޔަތެއް ނުލިބެއެވެ. ދެ ފަރާތަށް ވެސް ލިބޭނެ ކަމަށް ލަފާކުރެވެނީ 51 ގޮނޑި ކަމަށްވާއިރު، ސަރުކާރެއް އެކުލަވައިލުމުގައި އަރަބި ޕާޓީތަކުގެ ދައުރު ބޮޑުވާނެ ކަމަށް ބެލެވެއެވެ. މި ނަތީޖާގެ ސަބަބުން އިސްރާއީލުގެ ސިޔާސީ މަސްރަހު އިތުރަށް އޮޅުންބޮޅުންވުމުގެ ފުރުސަތު އެބައޮތެވެ.

ބްރެޒިލްގެ އިދިކޮޅު ލީޑަރު ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެ

މަނީ ލޯންޑަރިންގެ ތުހުމަތުތަކަކާ ގުޅިގެން ޕާސްޕޯޓް ހަވާލުކުރަން ބްރެޒިލްގެ ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވަނިކޮށް، އެ ގައުމުގެ އިދިކޮޅު ލީޑަރު ފްލާވިއޯ ބޮލްސޮނާރޯ ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެއެވެ. އޭނާގެ ޕާސްޕޯޓް ބާތިލްކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އެމެރިކާއަށް ގޮސްފައިވަނީ، އެ ގައުމުން އޭނާއަށް ވިސާ ދޫކޮށްފައިވާކަން ކަށަވަރުވިތާ މާގިނަ އިރުތަކެއް ނުވަނީހެވެ.

މި އަހަރު އެންމެ މަގުބޫލު ލަފުޒަކަށް "މެކްސިންގް" ހޮވައިފި

ޑިކްޝަނަރީ ޑޮޓް ކޮމް އިން 2026 ވަނަ އަހަރުގެ އެންމެ މަގުބޫލު ލަފުޒަކަށް، ކަމެއް އެންމެ ފުރިހަމައަށް ކުރުމުގެ މާނަ ދޭހަވާ "މެކްސިންގް" (maxxing) ހޮވައިފިއެވެ. މި ލަފުޒު ބޭނުންކުރާ މިންވަރު ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 19 ގުނަ އިތުރުވެފައިވާއިރު، މިއީ ހާއްސަކޮށް ޒުވާނުންގެ މެދުގައި އެކި ކަންކަން އެންމެ މަތީ ދަރަޖައަށް ފުރިހަމަކުރުމަށް ބޭނުންކުރާ އިސްތިލާހެކެވެ.

Newsletter

Get the latest news delivered straight to your inbox