ވެންޓިލޭޓަރު މައްސަލަ އަލުން ބަލައިދޭން އިދިކޮޅުން ކުއްލި މައްސަލައެއް ހުށަހަޅައިފި

މަޑުއްވަރީ ދާއިރާގެ އިދިކޮޅު މެމްބަރު އާދަމް ޝަރީފް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: މަޖިލިސް

މަޑުއްވަރީ ދާއިރާގެ އިދިކޮޅު މެމްބަރު އާދަމް ޝަރީފް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: މަޖިލިސް

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ގެންނަން ހަވާލުކުރި ވެންޓިލޭޓަރުތައް ނުލިބުނު މައްސަލާގައި ފުރިހަމަ ތަހުގީގެއްކޮށް އެކަމުގައި ޝާމިލްވާ ފަރާތްތައް އިންސާފުގެ ކުރި މައްޗަށް ގެނައުމަށް ގޮވާލައި، އިދިކޮޅުގެ ފަރާތުން ކުއްލި މައްސަލައެއް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލާގައި އޭރުގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ހިމެނޭ ގޮތުން 11 މީހެއްގެ މައްޗަށް މަގާމުގެ ނާޖައިޒު ފައިދާ ނަހަމަ ގޮތުގައި ބޭނުން ކުރި ކަމުގެ ދައުވާ ކުރަން އޭސީސީއިން ބޮޑު ތަހުގީގެއް ހިންގުމަށްފަހު ފޮނުވި އެވެ. ނަމަވެސް އެ މައްސަލާގައި ދައުވާ ކުރެވެން ނެތް ކަމަށް ޕީޖީ އޮފީހުން ނިންމި އެވެ. އެ ނިންމުމާ ގުޅިގެން އޭސީސީއިން ހިތްހަމަނުޖެހުން ފާޅުކޮށް ރިވިއުކޮށްދޭން އެދުނު ނަމަވެސް ނިންމުން ބަދަލު ކުރެވެން ނެތް ކަމަށް ޕީޖީއިން ވަނީ އަންގާފަ އެވެ.

ޕީޖީގެ ނިންމުމާއެކު، އާއްމުންގެ އިތުރުން ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އަދި މަޖިލީހުގެ ސާފު އަގުލަބިއްޔަތު އޮންނަ އެމްޑީޕީގެ ތެރޭގައި އެ މައްސަލަ ހޫނުވެފައިވަނިކޮށް، އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި އެ މައްސައިގައި އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރައްވާފައިވަނީ، ރައްޔިތުންގެ ގިނަ އަދަދެއްގެ ފައިސާ އެކަމުގައި ގެއްލިފައި ވާއިރު، އެންމެ ކުޑަމިނުން އެ ފައިސާ އަނބުރާ ހޯދަން ސަރުކާރުން މަސަައްކަތް ނުކުރުމެވެ.

އެކަމުގައި އެމްޑީޕީގެ މެންބަރުންގެ ކަންބޮޑުވުން ބޮޑުއިރު، އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލަ ބަލައިގެންފައިވަނީ، އެމްޑީޕީގެ މެންބަރުންގެ ވޯޓާއެކު، އެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 32 މެންބަރުންގެ އިއްތިފާގުންނެވެ.

ވެންޓިލޭޓަރުތައް ހޯދަން ހަވާލުކުރި ގޮތުގެ މައްސަލައިގައި ކުރީގެ ހެލްތު މިނިސްޓަރު އަބްދުالله އަމީން އާއި އެ މިނިސްޓްރީގެ 11 މުވައްޒަަފަކަށް ދައުވާ ނުކުރަން ޕީޖީގެ ނިންމެވުން ތިން ވަނަ ފަހަރަށް މުރާޖައާކޮށްދޭން އެދޭނެ ކަަމަށް އޭސީސީން ވަނީ ބުނެފަ އެވެ. ދައުވާކުރަން ބޭނުންވާ އުންސުރުތައް އެ މައްސަލައިގައި ހަމަނުވާ ކަމަށް ޕީޖީ ވިދާޅުވި ނަމަވެސް އޭސީސީން އެކަން ގަބޫލެއް ނުކުރެ އެވެ. އެ ކޮމިޝަނުން ބުނަނީ އެ މައްސަލައިގައި މިހާތަނަށް ހޯދިފައިވާ ކަންކަމުން ދައުވާ ނުކުރެވެންވީ ސަބަބެއް ނެތް ކަމަށެވެ.

ދުބާއީގެ އެގްޒެކިއުޓާސްއާ ހަވާލުކުރީ 75 ވެންޓިލޭޓަރު ހޯދުމަށެވެ. މީގެތެރެއިން ރާއްޖެއަށް ފޮނުވީ 15 ވެންޓިލޭޓަރެވެ. ބާކީ ވެންޓިލޭޓަރުތައް ފޮނުވާނެ ކަމުގެ ޔަގީންކަމެއް ހެލްތު މިނިސްޓްރީއަށް ނެތުމުން މައްސަަލައިގައި އެޓާނީޖެނެރަލްގެ ލަފައަކަށް ވަނީ އެދިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox