ސަކާގެ އަނިޔާ ސީރިއަސްވެ އާސެނަަލަށް ކަންބޮޑުވުން

Oct 24, 2026, 12:31 PM
އާސެނަލްގެ ވިންގް، ބުކާޔޯ ސަކާ.-- ފޮޓޯ: ގެޓިއިމޭޖަސް

އާސެނަލްގެ ވިންގް، ބުކާޔޯ ސަކާ.-- ފޮޓޯ: ގެޓިއިމޭޖަސް

ލަންޑަން (އޮކްޓޫބަރު 24) - އާސެނަަލަށް ކުޅެމުން އަންނަ އިނގިރޭސި ތަރި، ބުކާޔޯ ސަކާ އަށް ލިބިފައިވާ އަނިޔާ ސީރިއަސްވެ އެ ކްލަބަށް ކަންބޮޑުވުން އިތުރުވެއްޖެ އެވެ. 

ޗެމްޕިއަންސް ލީގުގައި މި ހަފްތާގައި އާސެނަލުން 2-2 އިން ބަޔާން މިއުނިކާ އެއްވަރުވި މެޗުގެ ކުރީކޮޅުގައި ސަކާ، 25، ގެ ފަޔަށް ލިބުނު އަނިޔާގެ ސަބަބުން ޖެހުނީ އޭނާ ބަދަލުކުރާށެެވެ. ސަކާގެ އަނިޔާގެ ތަފްސީލް ދެނެގަންނަން މިހާތަނަށް ގިނަ ޓެސްޓްތަކެއް އާސެނަލުން ވަނީ ހަދައިފަ އެވެ. އަދި، އިއްޔެ ހެދި އެމްއާރްއައި އަށް ފަހު، އާސެނަލްގެ މެޑިކަލް ޑިޕާޓްމަންޓުން ކަނޑައަޅާފައިވަނީ، ހަ ހަފްތާ މަދުވެގެން ކުޅުމާ ދުރުުގައި ހުންނަން ޖެހޭނެ ކަމަށެވެ. 

އެކަމަކު، ފާއިތުވި ސީޒަންތަކުގައި ވެސް ސަކާ އަށް ފަލަމަސްގަނޑުގެ އެކި އަނިޔާތައް ކުރިމަތިވެފައިވާތީވެ، މި ފަހަރު ވެސް އޭނާގެ ރިކަވަރީ މުއްދަތަށް ކޮންމެ ވެސް ވަރެއްގެ ލަސްވުމެއް އައުން އެކަށީގެންވެ އެވެ. އެހެންކަމުން، ސަކާ އަށް ޔަގީންކަމާ އެކު ކުޅުމަށް އެނބުރި އަންނަން ދެ މަހަށް ވުރެން ގިނަ ދުވަސް ނެގުމުގެ ފުރުސަތު އެބައޮތެވެ. 

އާސެނަލްގެ ވިންގް، ބުކާޔޯ ސަކާ: ބަޔާން މެޗުގެ ތެރެއިން އަނިޔާވެގެން ދަނޑުމަތީގައި.
އާސެނަލްގެ ވިންގް، ބުކާޔޯ ސަކާ: ބަޔާން މެޗުގެ ތެރެއިން އަނިޔާވެގެން ދަނޑުމަތީގައި.

އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނީ، ސަކާގެ އަނިޔާގެ ކަންކަން މިއައީ ޓީމަށް ވަރަށް ގިނަ މެޗުތަކެއް ކުޅެން ހުރި މުއްދަތެއްގައި ކަމަށެވެ. އަދި، އަނިޔާގެ ހުރިހާ މައުލޫމާތެއް ހޯދުމަށްޓަކައި ކުރިއަށް ހުރި ދުވަސްތަކުގައި ވެސް އިތުރު ޓެސްޓްތަކެއް އާސެނަލުން ކުރިއަށްގެންދާެނެ ކަމަށް އާޓެޓާ ވަނީ ބުނެފަ އެވެ. 

މިދިޔަ ސީޒަނުގައި ވެސް އަނިޔާގެ ސަބަބުން ގިނަ މެޗުތަކެއް ގެއްލުނު ސަކާ އަށް ފީފާ ވޯލްޑް ކަޕްގައި ވެސް އަނިޔާގެ ކުދި މައްސަލަތަކެއް ދިމާވި އެވެ. އެ ގޮތުން، މިދިޔަ ޖެނުއަރީ މަހު އުނަގަނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުން މެޗަކުން ބަދަލުކުރަން ޖެހުނުއިރު، ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ހެދި މަހަކަށް ކުޅުމާ ދުރުގައި ހުންނަން ޖެހުނެެވެ. 

ސަކާ ވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރުގައި ފަލަމަސްގަނޑަށް ލިބުނު އަނިޔާ އަކުން ރަނގަޅުވާން އޮޕަރޭޝަނެއް ވެސް ކޮށްފަ އެވެ. އެ ފަހަރު އޭނާ އަށް ކުޅުމަށް އެނބުރި އާދެވުނީ، 101 ދުވަސް ފަހުންނެވެ. 

އިނގިރޭސި ޕްރިމިއާ ލީގުގެ މި ހަފްތާގެ މެޗުތަކުގައި އާސެނަލުން ބައްދަލުކުރަން އޮތީ އަމިއްލަ ދަނޑުގައިި އެވަޓަންއާ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޗެލްސީ ބަލިކޮށް ޓޮޓެންހަމް އިން ހިންދެމިލައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީގެ މައްޗަށް 2-0 އިން ކުރިހޯދައި، ޓޮޓެންހަމް އިން އެ ޓީމުގެ ދަނޑުގައި 37 އަހަރު ތެރޭ ދެވަނަ ފަހަރަށް ތާރީހީ މޮޅެއް ހޯދައިފި. ޗެލްސީގެ ކީޕަރު އަތުން ބައިކޮޅަށް ވަން ލަނޑަކާއި މަތީސް ޓެލް ޖެހި ގޯލުން ޓޮޓެންހަމް މޮޅުވިއިރު، މި މެޗުގައި ޗެލްސީގެ ތަރި ކޯލް ޕާމާ އަށް ވަނީ ރަތް ކާޑު ދައްކާފައި.

ރިޒޭ ދެއްކި ތަފާތާ އެކު ވިކްޓަރީން އޮޑި ބަލިކޮށް ލީޑުގައި

އަހުމަދު ރިޒްވާން (ރިޒޭ) ކާމިޔާބުކުރި ދެ ލަނޑާއެކު، އޮޑި ސްޕޯޓްސް ކްލަބް 2-0 އިން ބަލިކޮށް ވިކްޓަރީން ލީގު ތާވަލުގެ އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މޮޅާއެކު ވިކްޓަރީން 16 ޕޮއިންޓް ހޯދާފައިވާއިރު، އެ ޓީމަކީ މިހާތަނަށް ލީގުގައި ބަލިނުވެ އޮތް ދެ ޓީމުން ކުރެ އެއް ޓީމު.

ވިލާ އިން ސިޓީގެ ރެކޯޑް ނިމުމަކަށް، އާސެނަލް ފައިދާނަގައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި އެސްޓަން ވިލާ އަތުން 2-1 އިން ބަލިވެ މެންޗެސްޓާ ސިޓީގެ މޮޅުވުމުގެ ސިލްސިލާ ނިމުމަކަށް އައިއިރު، އެވަޓަން ބަލިކޮށް އާސެނަލުން ވަނީ ސިޓީއާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފައެވެ. ނަމަވެސް، ލަނޑުގެ ތަފާތުން ސިޓީ އަދިވެސް ތާވަލުގެ އެއްވަނައިގައި އޮތްއިރު، އާސެނަލް އޮތީ ދެވަނައިގައެވެ.

ބޮޑު މޮޅެއް ހޯދައި ނިއު އިން އީގަލްސްގެ ރެކޯޑް ނިމުމަކަށް

ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސް 7-1 އިން ބަލިކޮށް، ނިއު ރޭޑިއަންޓް ލީގުގެ ދެ ވަނަ އަށް ޖެހިލައިފި. މި ނަތީޖާއާއެކު މި ސީޒަނުގައި އީގަލްސް ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑަށް ނިމުން އައިސްފައިވާއިރު، ދެ ޓީމަށްވެސް މިހާރު ލިބިފައިވަނީ 11 ޕޮއިންޓު.

ކޮމްޕެނީ ޓީމާ ގުޅޭނީ އެއްކޮށް ފިޓްވުމުން: ބަޔާން

ބަޔާން މިއުނިކްގެ ކޯޗު ވިންސެންޓް ކޮމްޕެނީގެ ސިއްހީ ހާލަތު ގޯސްވެގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާތީ، އޭނާ އަލުން ޓީމާ ގުޅޭނީ ފުރިހަމައަށް ފިޓްވުމުން ކަމަށް އެ ކްލަބުން ބުނެފި. ކޮމްޕެނީއަށް ފަރުވާދެމުންދާ މި ދަނޑިވަޅުގައި ޓީމުގެ ތަމްރީނުތަކާއި ކުރިއަށް ހުރި މެޗުތަކުގައި އިރުޝާދުދޭނީ އެސިސްޓަންޓް ކޯޗުން

ފަލަސްތީނު 17 އަހަރުން ދަށުގެ ޓީމު ރާއްޖެ އަށް

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު ތަމްރީނު ކޭމްޕަކަށް މި މަހު ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައި. މި ދަތުރުގައި ކ. ގުރައިދޫގައި ކޭމްޕްކޮށް، ރާއްޖޭގެ ޒުވާން ޓީމާ ދެކޮޅަށް ދެ މެޗެއް ކުޅުމަށް ވަނީ ނިންމާފައި. މިއީ އޭއެފްސީ ކޮލިފައިންއަށް ތައްޔާރުވުމުގެ ގޮތުންނާއި ދެ ގައުމުގެ ގުޅުމަށް ފައިދާކުރާނެ ކަމެއް.

ކޮންޓޭ، މެންޗެސްޓާ ޔުނައިޓެޑާ ގުޅޭ ވާހަކަތައް ދޮގުކޮށްފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވުމަށް މަޝްވަރާކުރަމުންދާ ކަމަށް މީޑިއާތަކުން ފަތުރާ ޚަބަރުތައް އެންޓޯނިއޯ ކޮންޓޭ ދޮގުކޮށްފި. އޭނާ ބުނިގޮތުގައި އެއްވެސް ކްލަބަކާއެކު މިހާތަނަށް މަޝްވަރާކޮށްފައި ނުވާނެ ކަމަށާއި، އޭނާ ބޭނުންވަނީ އިހުތިރާމާއެކު ކުރިއަށްދެވޭނެ ރަނގަޅު ޕްރޮޖެކްޓެއް.

Newsletter

Get the latest news delivered straight to your inbox